ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތި ތަކުގެ ތެރެއިން 1347 ގޯތި ގުޅީފަޅަށް ބަދަލުކުރަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައިވާ ގޮތުގައި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެސަރަޙައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތިކަމަށެވެ.

މި ހިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭ ކަމަށާއި އެހެންވެ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.އެގޮތުން 1250 އަކަފޫޓުގެ 193 ގޯއްޗާއި 1650 އަކަފޫޓުގެ 663 ގޯއްޗާއި 2050 އަކަފޫޓުގެ 487 ގޯތި އަދި 2450 އަކަފޫޓުގެ 4 ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ނިންމާފައިބވާ ކަމަށް ވިދާޅުވިއެވެ.މިގޮތަށް ސަރުކާރުން ނިންމެވުމުން ގިރާވަރުފަޅުން ދެންނެވިފައިވާ ސައިޒުގެ ގޯތި ލިބިފައިވާ ފަރާތްތަކުން އޭޕްރީލް 7 ވަނަ ދުވަހުގެ ހެނދުނު 9 ން އޭޕްރިޅް 14 ވަނަ ދުވަހުގެ ރޭ 11 ޖެހުމާއި ހަމައަށް ބިންވެރިޔާ ޕޯޓަލް ލިންކް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެެވެ.

އެ އަދަދަށްވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުންކަމަށާއި މި ގުރުއަތު ނެގުން އޮންނާނެ ތާރީޚެއް އެ މިނިސްޓްރީން އާންމުކޮށް އިޢުލާނެކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.