އަމިއްލައަށް މޮޅު ކަމަށް ދެކިގެން މޯދީ ގެންދަވަނީ ޤައުމުގެ ކަރާމާތާއި ޑިމޮކްރަސީ ހަލާކު ކުރަމުން ދާ ކަމަށާ ، ވެރިކަމުގައި ދެމިހުރުމަށް އިންޑިއާގެ ގާނޫނު އަސާސީ ބަދަލުކުރުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ރޭވުންތައް ރާވަމުން ދާ ކަމަށް އިންޑިއާގެ ކޮންގްރެސްގެ ކުރީގެ ރައީސް ސޯނިއާ ގާންދީ ވިދާޅުވެއްޖެ އެވެ.

ސޯނިއާ ގާންދީ ވަނީ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން އިދިކޮޅު ލީޑަރުންނަށް ޕާޓީ ބަދަލުކުރުމަށް މަޖުބޫރު ކުރި ކަމަށްވެސް ތުހުމަތު ކޮށް ފައެވެ.

މޯދީ ގެންދަވަނީ ޑިމޮކްރަސީ ހިތަށް އެރި ގޮތަކަށް މާނަކޮށް، ވަކިބަޔަކަށް ވަކި ނަސްލަކަށް ފުރައްސާރަކުރަމުންނެވެ. ހާއްސަކޮށް މުސްލިމުންނަށް އަނިޔާކޮށް ގެދޮރުން ނެރެފައިވާކަން ނޫސްތަކުން ފެންނާން އެބައޮތެވެ. ސޯނިއާ ގާންދީ ވިދާޅުވީ ފާއިތުވި 10 އަހަރު މޯދީ ކަންތައް ކުރެއްވީ ގޯސްކޮށެވެ.