ސަރަހައްދާ ގުޅޭ ކޯޅުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އެމެރިކާ، ޖަޕާން، އޮސްޓްރޭލިއާ އަދި ފިލިޕީންސް ގުޅިގެން ދެކުނު ޗައިނާ ކަނޑުގައި ކަނޑުގެ ހަރަކާތެއް ހިންގާނެކަން އިއުލާން ކޮށްފި އެވެ.

އެމެރިކާ، ޖަޕާން، އޮސްޓްރޭލިއާ އަދި ފިލިޕީންސްގެ ޑިފެންސް ފޯސްތަކުން އޭޕްރީލް ހަތް ވަނަ ދުވަހު “މެރިޓައިމް ކޯޕަރޭޓިވް އެކްޓިވިޓީ” ހިންގާނީ މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑޯ ޕެސިފިކް އަށް ތާއީދު ކުރުމުގެ ގޮތުންނެވެ.

2022ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފިލިޕީންސްގެ ރައީސް ފަރޑިނަންޑް މާކޯސް ޖޫނިއާ ވަނީ އެމެރިކާ އާއި އަދި ޗައިނާއާއި އިދިކޮޅުހެން ހީވާ ހުރިހާ ހުޅަނގުގެ އެހެން ގައުމުތަކާ ގާތް ގުޅުންތަކެއް ބާއްވައި، ޗައިނާ ރުޅިއަންނަ ހުރިހާ ކަމެއްގެ ތެރެއަށް ވަދެފައެވެ. ފިލިޕީންސްގެ މިހާރުގެ ސަރުކާރަކީމއެމެރިކާގެ ޕަޕެޓެކެވެ. ނަމަވެސް ކުރީގެ ރައީސް ބެއިޖިން އަށް ތާއީދުކުރެއެއެވެ.

ބެއިޖިން އިން ދައުވާ ކުރާ ދެކުނު ޗައިނާ ކަނޑުގެ އެކްސްކްލޫސިވް އިގްތިސާދީ ސަރަހައްދުތަކަށް މިގައުމުތަކުން ދެކޮޅު ހަދައެވެ.

ބްރޫނާއީ، މެލޭޝިއާ، ޓައިވާން، އަދި ވިއެޓްނާމްގެ އަރައިރުންތައް ޗައިނާ އާއެކު ކަނޑުގެ ބައެއް ހިސާބުތަކުގައި ވާއިރު، އެ ކަނޑުގެ ތެރެއިން ކޮންމެ އަހަރަކު ތިން ޓްރިލިއަން ޑޮލަރުގެ މުދާ ދަތުރުކުރެ އެވެ.