ޗައިނާ އާއި ގުޅުން ގާތްކުރުމަށް ރާއްޖެ ނިންމި ނިންމުމާއި ގުޅިގެން ހީނަރުވެފައިވާ އިންޑިއާ އާއި ރާއްޖޭގެ ޒަމާންވީ ގުޅުން ރަނގަޅުކޮށް ބަދަހި ކުރުމަށް އިންޑިއާގެ އިދިކޮޅު ޕާޓީން ބޭނުންވާ ކަމަށް ބުނެފިއެވެ.

އިންޑިއާގެ އިންތިޚާބާއި ދިމާކޮށް އިދިކޮޅު ކޮންގްރެސް ޕާޓީގެ މެނިފެސްޓޯގައިވެސް ވަނީ އެކަން ހިމަނާފައެވެ. އެޕާޓިގެ ރައީސް މަލިކަރުޖުން ޚަރްޖޭ ވިދާޅުވީ ، ނަރެންދުރަ މޯދީ ވެރިކަމަށް ވަޑައިގަތުމަށްފަހު ހުރިހާ ކަމެއް ވެސް އޭނާ ކުރައްވަނީ އޭނާއަށް ފެންނަ އަމިއްލަ ގޮތަކަށް ކަމަށެވެ. އަެިމދިވެހިރާއްޖެ ފަދަ އަވަށްޓެރިގައުމުތަކާ ގުޅުން ހީނަރުވި މައްސަލާގައި މޯދީއަށް ވަރަށްބޮޑަށް ފާޑު ވިދާޅުވި އެވެ

މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި އަބްދުالله މަހުޒޫމް މަޖީދު މޯދީއާ ދެކޮޅަށް ފުރައްސާރަކޮށް ވާހަކަ ދައްކަވައި، ދާދި ފަހުން ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅަށް މަލާމާތް ކުރެއްވުމުން މައްސަލަ އިތުރަށް ހޫނުވެ ރާއްޖެ ބޮއިކޮޓް ކުރުމަށް އިންޑިއާއިން ގޮވަން ފެށިއެވެ.

ދެގައުމުގެ މައްސަލަތައް ހޫނުވުމާއި ގުޅިގެން އިދިކޮޅު އެމްޑީޕީގެ އިސް ލީޑަރުން ވަނީ ރައީސް މުއިއްޒުގެ ސަރުކާރަށް އެ މައްސަލައާ ގުޅިގެން ފާޑުކިޔާފަ އެވެ.އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މޯދީއާ ދެކޮޅަށް ދެއްކެވި ވާހަކަތަކަކީ “ބިރުވެރި” ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށް އެވާހަކަތައް ކުށްވެރި ކުރައްވާފަ އެވެ.

މިހާރު ޑިލީޓްކޮށްފައިވާ ޕޯސްޓުގައި ޝިއުނާ ވަނީ މޯދީއަށް މަލާމާތާއި އިހުތިރާމް ކުޑަ ވާހަކަތަކެއް ލިޔެފައެވެ.  ޒާހިދު ރަމީޒު ވެސް ވަނީ އިންޑިއާގެ ލީޑަރަށް މަލާމާތްކޮށްފަ އެވެ. މި ވާހަކަތަކުގެ ސަބަބުން އިންޑިއާގައި ރާއްޖެއާމެދު ރުޅިވެރިކަން އުފެދުނުއިރު، މިކަންތަކަށް އިޝާރަތްކޮށް ރައީސް މުއިއްޒު ވިދާޅުވީ އެކި މީސްމީހުންގެ ޒާތީ ވިސްނުންތަކަކީ ސަރުކާރުގެ ވިސްނުން ނޫން ކަމަށާ އިންޑިއާއަކީ އަބަބދުވެސް ރާއްޖެއާއިނގުޅުން އޮންނަން ޖެހޭނެ ގައުމެއް ކަމަށެވެ. ވަކި ގައުމެއް އިސްކުރުމެއް ނެތި މިސަރުކާރުން ގެންގުޅޭނީ ހުރިހާ ގައުމުތަކާވެސް އެކުވެރި ސިޔާސަތެއް ކަމަށާ “ޕްރޯމޯލްޑިވްސް” އެއްގެ ގޮތުގައި މުޅި ދުނިޔެއަށް ދިވެހިރާއްޖެ ހުޅުވިފައިވާނެ ކަމަށް ވިދާޅުވެ ދިވެހި ރާއްޖޭގެ ސަރުކާރުން އިންޑިއާގެ ރައްޔިތުންނަކީ ގާތް އެކުވެރިން ކަމުގައި ދެކޭ ކަމަސް ވިދާޅުވެ ، އެ ފުރައްސާރަ ވާހަކަތަކަށް ދެކޮޅު ހެއްދެވި އެވެ.

އިންޑިއާގެ އިދިކޮޅު ޕާޓިން ދިވެހިރާއްޖެއާ ގުޅުން ބަދަހިކުރުމްށް މެނިފެސްޓީގައި ހިމެނި ފަހުން، އިންޑިއާގެ ސަރުކާރުން ވަނީ މީގެ ކުރިން ނުދޭހާ މިންވަރަށް ޒަރޫރީ ކާބޯތަކެތީގެ ކޯޓާގެ މިންވަރު ރާއްޖެއަށް ހުޅުވާލާފަ އެވެ.