ކުށްކުރާ ކުދިން އިސްލްހުކޮށް އަލުން މުޖުތަމަޢަށް ނެރުމަށްޓަކައި ޚާއްސަ މަރުކަޒެއް ގާއިމް ކުރަން ސަރުކާރުން ނިންމައިފި އެވެ.

އއ.ރަސްދޫގައި ކުޑަކުދިންތަކެއް ކުޑަކުއްޖަކަށް ގަނާކޮށް އަނިޔާކުރި މައްސަލައިގެ ވީޑިއޯ ވައިރަލްވެ ސަރުކާރުގެ ސަމާލުކަމަށް އެކަން އައިސް ހާއްސަ 3 މުއައްސަސާއަކުން އޮފިޝަލުން ހިމެނޭހެން ޓީމެއް އެރަށަށް ގޮސް މައްސަލަ ތަހުގީގު ކުރަމުންދާ މިދަނޑިވަޅުގައި މިރޭ ސަރުކާރުން ވަނީ “އިސްލާހިއްޔާ ގާއިމް ކުރާނެ ކަމަށް އިޢުލާން ކޮށްފަ އެވެ

“ކުޑަކުދިން ގަނާއިން ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ޓާސްކްފޯސް”އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ ވިދާޅުވީ، ކުށުގެ ވެށީގައި ތިބި ކުދިން ރިހިބިލިޓޭޓް ކުރުމަށް ލޯންގް ޓާމް ކެއާ ފެސިލިޓީއެއް އެޅުމަށް ގާނޫނުން ލާޒިމް ކުރާ ކަމަށާ ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުން ފުޅަކީ އެކަމަށްޓަކައިބވަކި ރަށެއް ތަރައްގީ ކުރުމެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ރައީސް މައުމޫނަކީ ވަރަށް ކާމިޔާބު ކަމާއެކު ރާއްޖޭގައި އިސްލާހިއްޔާ ޕްރޮގްރާމް ކުރިޔަށް ގެންދެވި ރައީސެކެވެ.

އެމަނިކުފާނުގެ ޒަޢާމަތުގައި ނުރައްކަލަށް ހުށަހެޅިފައިވާ އަދި އާއިލާތަކަށް ނުބެލެހެއްޓި އަހްލާގު ގޯސް ވުމުގެ ސަބަބުން ކުށްތަަކަށް އަރައިގަންނަ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގައެވެ. އެގޮތުން ފޭދޫ ފިނޮޅުގަ އާއި ހިންމަފުށީގައި އަދި މާފުށީގައި ބައިތިއްބައިގެން އެކުދިންނަށް ތަޢުލީމާއި ތަމްރީނުދީ ހެދިއެވެ. އޭގެތެރެއިން ގިނަ ބަޔަކު ވަނީ މުޖުތަމަޢުގެ ބޭނުން ހިފޭ ރަނގަޅު މީހުންނަށް ހަދައިދީފަ އެވެ.

މާފުށީ އިސްލާހިއްޔާ އުވާލިތާ މިހާރު 21 އަހަރު ވީއެވެ. ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ވަނީދ. ކުޑަހުވަދޫގައި ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒެއް ބިނާކޮށް ކުށުގެ ވެށީގައި ތިބި ކުދިން އެތަނަށް ގެންގޮސް ރިހިބިލިޓޭޓް ކުރުމަށްފަހު މުޖުތަމަޢަށް ނެރުމަށް ޕްލޭން ކޮށްފަ އެވެ.