ގްރީން ޒޯނަށް މުޒާހަރާ އަށް ވަންނާން ޖެހިދާނެ ކަމަށް ބުނެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އިއްޔެ ވިދާޅުވި ވާހަކަތަކާމެދު އޭނާއާ މިހާތަނަށް އެއްވެސް ސުވާލެއް ނުކުރާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

އިއްޔެ އޮތް ނޫސްވެރިން ގެ ބައްދަލުވުމުގައި މަލީހު ވިދާޅުވީ، ޔާމީނު މިނިވަން ކުރުމަށްޓަކައި މުޒާހަރާ ކުރުމަށް މަގުތަކަށް ނުކުންނާނެ ކަމަށާ ރައީސް އޮފީހަށް ގޮސްވެސް މުޒާހަރާ ކުރާނެ ކަމަށެވެ. މަލީހު އެހެން ވިދާޅުވިއިރު ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް ދޮށަށް އެއްވެ މުޒާހަރާ ކުރުމަކީ ހަމަބުއްދި ހުރި މީހަކު ވިސްނާލިޔަސް ކުރެވިގެން ވާނެ ކަމެއް ނޫނެވެ. ގްރީން ޒޯނުގެ ސަލާމަތަށް ބުރޫއަރާނަމަ އެކަމެއް.ހުއްޓުވެން ޖެހޭނެ އެވެ. ހިފައި ހައްޔަރުކޮށް ގޮޅިއަށް ވެސް ލެވޭނެ އެވެ.

މަގުމަތީގެ ހަރަކާތްތައް ވެސް ފަށާނެ ކަމަށާ މުޒާހަރާ ވެސް ކުރާނެ ކަމަށް މަލީހު ވިދާޅުވި އެވެ. .” ރައީސް އޮފީސް ދޮށަށް ދާން ޖެހިއްޖެއްޔާ އެކަން ވެސް ކުރާނަން،” މަލީހު ވިދާޅުވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް އޮޅުވާލައި މަކަރު ހަދާފައިވާ ކަމަށެވެ.

މަލީހު އިތުރަށް ވިދާޅުވީ މަސް ނިމި އީދާއި ކުރިމަތިލާއިރު ވެސް ޔާމީން އަދިވެސް ހުންނެވީ ބަންދުގައި ކަމަށެވެ. ޔާމީންގެ ޝަރީއަތް އަވަހަށް ބާއްވައި އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށް ޖުޑިޝަރީ އަށް ގޮވާލާ ކަމަށާއި ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާނަމަ އެ ނުފޫޒަށް ނޫނެކޭ ބުނުމަށް ވެސް މަލީހު ގޮވާލެއްވި އެވެ. އަދި ރާއްޖޭގައި ތިން ހަތަރު އިންތިހާބެއް ނިމި، ޔާމީންގެ ތާއީދާއެކު ގެނައި ވެރިކަމެއް އޮތްއިރު ވެސް އެމަނިކުފާނު އަދިވެސް ބަންދުގައި ހުންނަން ޖެހުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

މަލީހު ވަނީ ޔާމީންގެ މިނިވަން ނުކުރާނަމަ މަގުމަތީގެ ހަރަކާތްތައް ވެސް ޕީއެންއެފްގެ ފަރާތުން ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.