ޒުވާން އުމުރުގައި ޕެރަލައިޒް ވުމަށް މެދުވެރިވާ މަދުން ނޫނީ ނުފެންނަ ސިންޑްރޯމްސް

ޕެރަލައިސިސް- ހަށިގަނޑުގެ ބައެއް މަސްތަކުގެ މަސައްކަތް ކުރުމަށް ނުކުޅެދިގެން ދިއުމަކީ އިންސާނާގެ ދިރިއުޅުމުގައި ދިމާވާ އެންމެ ނާޒުކު ހާލަތެވެ. ޓްރޮމާ ނުވަތަ ނިއުރޯލޮޖިކަލް ޑިސްއޯޑަރސް ފަދަ އެކި ސަބަބުތަކާހުރެ ޕެރަލައިސިސް ވެދާނެ އެވެ. ނަމަވެސް، ޚާއްޞަކޮށް ޒުވާން ފަރުދުންގެ ތެރޭގައި ޕެރެލައިސިސް އަށް މެދުވެރިވާ މަދުން ނޫނީ ނުފެންނަ ސިންޑްރޯމްތައް ހުރެއެވެ. މި ސިންޑްރޯމްތަކަކީ ބަލިމީހުންނާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ސިންޑްރޯމްތަކެކެވެ.

ޕެރަލައިސިސް އަށް މެދުވެރިވާ މަދުން ނޫނީ ނުފެންނަ ސިންޑްރޯމްތައް ދެނެގަތުން

ޒުވާން އުމުރުގައި މީހާ ޕެރެލައިޒް ކޮށްލާ ވަރަށް މަދުން ނޫނޫ ނުފެންނަ ބައެއް ސިންޑްރޯމްތައް ހުރެއެވެ. އޭގެ ތެރޭގައި:

ގިލަން-ބާރޭ ސިންޑްރޯމް (ޖީބީއެސް):

މިއީ މަދުން ނޫނީ ނުފެންނަ އޮޓޯއިމިއުން ޑިސްއޯޑަރ އެކެވެ. މިކަން ދިމާވަނީ ބެކްޓީރިއަލް އިންފެކްޝަނެއްގެ ސަބަބުންނެވެ. މިއި ހަލުވިކަމާއެކު ދިފާއީ ނިޒާމަށް ހަމަލާދޭ އަދި ހަށިގަނޑުގެ ދިފާއީ ނިޒާމާއި ނާރުތަކަށް ހަމަލާދީ ބަލިކަށިވެ ޕެރެލައިސިސް އަށް މަގުފަހިވާ ކަމެކެވެ.

އެކިއުޓް ފްލެސިޑް މައިލައިޓިސް (އޭއެފްއެމް):

އޭއެފްއެމް އަކީ ނާރުތަކަށް ދިމާވާ މަދުން ނޫނީ ނުފެންނަ ސިންޑްރޯމެކެވެ. މިކަން ދިމާވާ އަސްލު ސަބަބެއް އަދިވެސް ސައެންސްވެރިންނަކަށް ކަށަވަރެއް ނުވެއެވެ. ސީދާ ސަބަބެއް އަދި ނޭނގުނު ނަމަވެސް އެންޓަރޮވައިރަސް ހިމެނޭ ގޮތަށް މިއީ ބައެއް ކަހަލަ ވައިރަސްތަކާ ގުޅިފައިވާ ކަމެއް ކަމަށް ޑޮކްޓަރުންގެ ދިރާސާ ތަކުން ފާހަގަ ކުރެވިފައި ވެއެވެ.

އޭއެފްއެމްގެ ސަބަބުން ސްޕައިނަލްކޯޑަށް އަސަރުކޮށް ބައެއް ފަހަރު އެއް ލިމްބް އަށް ވުރެން ގިނަ ލިމްބަށް އަސަރުކުރެއެވެ. ގުނަވަން ކުއްލިއަކަށް ބަލިކަށިވެ ޕެރެލައިޒް ވާގޮތް މެދުވެރި ވެއެވެ. ލޯވަރ ލިމްބަށް އަސަރުކޮށްފިނަމަ އެހިސާބުން ތިރި ޕެރެލައިޒް ކޮށްލަ އެވެ.

މިއީ ފަރުވާ ނުކުރެވިއްޖެނަމަ ފުރާނަ ހިނަގައިދާނެ ހާލަތެކެވެ.

ޓްރާންސްވަރސް މައިލައިޓިސް:

މިއީ ސްޕައިނަލް ކޯޑް ދުޅަވެ، ބަލިކަށިވުމާއި، ހިއްސުތައް ދެރަވަރުވުމާއި ޕެރެލައިސިސް އަށް މެދުވެރިވާ ނިއުރޯލޮޖިކަލް ޑިސްއޯޑަރ އެކެވެ. ޓްރާންސްވަރސް މައިލައިޓިސް ކޮންމެ އުމުރެއްގައި ވެސް ދިމާވެދާނެ އެވެ.

ނަމަވެސް ފުރާވަރުގެ ކުދިންނާއި ޒުވާން އުމުރުގެ މީހުންނަށް ގިނައިން ދިމާވެފައި ހުރިކަން ޑޮކްޓަރުން ފާހަގަ ކުރެއެވެ. މިއީވެސް އާންމުކޮށް ވައިރަލް އިންފެކްޝަނެއްގެ ސަބަބުން ދިމާވާ ކަމެކެވެ. މިކަމުގެ ސަބަބުން ނާރުތަކުގެ ސެންޓްރަލް ނިޒާމަށް އަސަރުކޮށް މީހާ ޕެރެލައިޒް ކޮށްލައެވެ.

މިއީ މަދުން ނޫނީ ނުފެންނަ ސިންޑްރޯމްތަކެއް ކަމުން މިފަދަ ކަންތައްތައް ދެނެގަތުމަކީ ގިނަފަހަރަށް ވަރަށް ބޮޑު ގޮންޖެހުމެކެވެ

މި ސިންޑްރޯމްތަކަށްވެސް ވަކި ފަރުވާތަކެއް ލިބެން ހުރެއެވެ. ފަރުވާ ދިނުމުގައި ބޮޑަށް ޑޮކްޓަރުން ކުރާކަމަކީ އަލާމާތްތައް މެނޭޖްކުރުމާއި ސަޕޯޓިވް ކެއާ ދިނުމަށެވެ.

އެންމެ ކަާމިޔާބު ފަރުވާ އަކަށް ޑޮކްޓަރުންނަށް ފެނުނީ ސްޓެމް ސެލް ޓްރާންސްޕްލާންޓޭޝަން ނުވަތަ އިމިއުނޯތެރަޕީ އެވެ. މި މަދުން ނޫނީ ނުފެންނަ ސިންޑްރޯމްތަކާ ގުޅިފައިވާ ޕެރަލައިސިސް އަށް ފަރުވާ ދިނުމުގައި ތަޖުރިބާ ކުރާ ކާމިޔާބު ފަރުވާ އެވެ.