އައްޑޫގެ މެޖޯރިޓީ އެމްޑިޕީއަށް ލިބޭނެކަން ޔަގީންކުރައްވާކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އައްޑޫގެ ދާއިރާތަކަކަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން، ރައީސް ޞާލިޙް ވިދާޅުވީ އައްޑޫ ސިޓީއާ މެދުނތަސައްވަރެއް އޮތީ އެމްޑީޕީގައި ކަމަށާ އައްޑޫއަކީ ކުރިން ހަމަޖެހޭ ފުއްދުންތެރި ރައްޔިތެއް ދިރިއުޅެމުން ދިޔަ އަތޮޅެއް ނަމަވެސް، ހަތްދިހައިގެ އަހަރުތަކުގައި ސަރުކާރުގެ ސިޔާސަތުތަކަށް ގެންނެވި ބަދަލުތަކާއެކު ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަކަމަށެވެ. އެހެންނަމަވެސް ވަކި ބޭފުޅެއްގެ ނަން ފާހަގަ ނުކުރައްވައެވެ.

ރައީސް ޞާލިޙް ވިދާޅުވީ، މުޅިރާއްޖެއަށް އެދެވޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށައިގަތީ އެމްޑީޕީއިން ކަމަށާއި އެމްޑީޕީއިން ކުރި މަސައްކަތުގެ އެންމެ އިސް ސަފުގައި، އައްޑޫ ސިޓީގެ ރައްޔިތުން ހަރަކާތްތެރިވިކަމަށެވެ.

ރައީސް ޞާލިހް ވިދާޅުވީ އައްޑޫ ސިޓީއަށް މި ވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި ވެސް ހަގީގަތުގައި ތަރައްގީގެ މަސައްކަތެއް ކުރެވިފައި އޮތީ އެމްޑީޕީގެ ވެރިކަމެއްގައި ކަމަށާއި ޚާއްސަކޮށް މި ވޭތުވެދިޔަ 5 އަހަރު ކުރެވުނު މަސައްކަތްތައް އައްޑޫ ރައްޔިތުން ފާހަގަކުރާނެ ކަމަށެވެ.