އަންނަ ހޯމަދުވަހު ހިފާ ކޭތައިން އައު ދިރާސާތައް ކުރުމްށްޓަކައި ސްޕީޑް ބާރު ޑަބްލިއުބީ 57 މަރުކާގެ ޖެޓުތަކެއް ކޭތައާ ދިމާއަށް ފޮނުވުމަށް އެމެރިކާއިން ތައްޔާރުވާން ފަށައިފި އެވެ.

ނާސާގެ ހަބަރުތައް ބުނާ ގޮތުން ގަޑިއަކު 460 މޭލު ބާރުމިނުގައި ދަތުރުކުރެވޭ މި ޖެޓުތައް ފޮނުވާލުމުން ކޭތަ ކޭތަ ވީއްލުމާ ދެމެދު ލިބޭ ވަގުތުގައި ދިރާސާ ކުރަން ލިބޭ ވަގުތު ބިންމަތީގައި ހުންނަ މާސިންގާ ނިޒާމަކަށް ލިބޭ ވަގުތަށް ވުރެ 25 ގުނަ އިތުރު ވަގުތު ލިބިގެން ދާނެއެވެ.

ބިމުގައި ތިބޭ މީހުންނަށް މި ކޭތަ ފެންނަނީ 4 މިނެޓާއި ބައިގެ ވަގުތު ކޮޅަކަށެވެ. ނަމަވެސް ޖެޓްތަކުގައި ކޭތަ އާ އެއްވަރަށް ދަތުރު ކުރުމުން 6 މިނެޓާއި 22 ސިކުންތުގެ ވަގުތެއް ލިބިގެން ދާނެ ކަމަށް ބުނެއެވެ.

އަންނަ ހޯމަ ދުވަހު ފުރިހަމަ އިރުކޭތައެއް ހިފާ އިރު އެ ކޭތަ އެންމެ ރީއްޗަށް ފެންނާނީ އެމެރިކާ ބައްރަށެވެ.

އިރު ހަނދާއި ދުނިޔޭގެ ދައުރު ވުމުގައި އިރު ކޭތަ އާއި ހަނދު ކޭތަ ހިފާ އިރު އިރު ކޭތަ ހިފަނީ އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަނުމުންނެވެ. ހަނދު ކޭތަ ހިފަނީ އިރާއި ހަނދާ ދެމެދަށް ދުނިޔެ ވަނުމުން ހިފަނީ ހަނދު ކޭތައެވެ.