ގައުމުގެ ހަރު މުދަލާއި ހުރިނަމަ ހުރި ހުރިހާ އެއްޗެއްގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ވެރިކަން ހޯދުމަށްމަށްޓަކައި މޯލްޑިވިއަންގެ ފުލައިޓްތަކުން ފައިސާ ނުދީ ދަރަންޏަށް ކެމްޕޭނު ދަތުރުތައް ކުރި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ހޮވައިގެން ކޯޓަށް ދިޔުމަށް ފުލައިޓު ކުންފުނި މޯލްޑިވިއަން އިން ނިންމައިފިއެވެ.

އެއީ، މިދިޔަ އަހަރު ރައީސް އިބޫ އެމްޑީޕީގެ ފަރާތުން ރާއްޖޭގެ ވެރިކަމަށް ގެންނަން ވެގެން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރު އެމްޑީޕީން މޯލްޑިވިއަންއިން ކޮށްފައިވާ ދަތުރުތަކަށް ދައްކަން ޖެހޭ 5.6 މިލިއަން ރުފިޔާ ދައްކާފައިނުވާތީ އެފައިސާ ހޯދުމަށެވެ.

މިމައްސަލާގައި ފައިސާ ނުދައްކައިފިނަމަ ދައުވާކުރާނެ ކަމަށް މިދިޔަ މަހު ކުރީކޮޅު މޯލްޑިވިއަންއިން އެޕާޓީއަށް ލިއުމުން ވަނީ އަންގާފަ އެވެ. އެހެންނަމަވެސް، ރައްޔިތުންނަށް ހެޔޮއެދޭ ކަމަށް ބުނެ ވަކާލާތުކުރާ އެމްޑީޕީން ދަނީ އެފައިސާ މިހާތަނަށް ވެސް ނުދައްކައި ދިގު ދަންމަނުންނެވެ.