މާގިރި ހޮޓަލާއި ބައެއް ރިސޯޓްތަކުގައި މިނިސްޓްރީގެ މުވައްޒަފުންނަށް އަލީ ވަހީދު ޖިންސީ ގޯނާކޮށް އަނިޔާލިބުނު މުވައްޒަފުންގެ ދުލުން އެ ވާހަކަ އައްސަވާފައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކީރިތި ކުރެއްވުނު ކަމަށް ވެސް އޭރުގެ ޚަބަރުތަކުގެ ފަލަ ސުރުހީއަށް އަރާފައިވާކަމަށާ، ނަމަވެސް މައްސަލަތައް އޮއްބާލަން ވެގެން އަލީވަހީދު އިނގިރޭސި ވިލާތަށް ފޮނުވާލީ އެމްޑީޕީ ސަރުކާރުން ކަމަށް ޕްރޮގްރެސިވް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

އެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އަލީ ވަހީދުގެ ޖިންސީ އަނިޔާއާއި ރޭޕްގެ ގިނަ މައްސަލަތަކެއް ކުރިން ވެސް ފެންމަތިވެ، މިހާރު އެ މައްސަލަތައް ޕީޖީން އަނބުރާ ގެންގޮސްފައިވަނިކޮށް، އަނެއްކާވެސް އެވާހަކަ ފެންމަތިވުމުން އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް އެމްޑީޕީން ބުނެފައިނުވާތީ ކަންބޮޑުވާ ކަމަށެވެ.

އަލީ ވަހީދު ކަހަލަ ޖިންސީ ގޯނާ ނުވަތަ ރޭޕްގެ ތުހުމަތު އެވަރަށް ކުރެވޭ ބޭފުޅަކު މަޖިލީހަށް އިންތިހާބު ކުރުމަކީ މަޖިލީހުގައި ތިއްބަވާ އަންހެނުންނަށް ވެސް އޮތް ނުރައްކަލެއް ކަމަށްވެސް ހީނާ ވިދާޅުވި އެވެ.