ޓައިވާނަށް ބިންހެލުން – ޖަޕާނާއި ފިލިޕީންސްގެ އިންޒާރު ދަށްކޮށްފި!

By admin Apr3,2024

ޓައިވާނަށް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސް ހަތަރު މީހުން މަރުވެ އިމާރާތްތަކާއި ޓަނަލްތަކުގައި މީހުން ތާށިވެފައިވާއިރު ޖަޕާނަށް ސުނާމީގެ އިންޒާރު ދީފި އެވެ.

ޓައިވާނުގެ ޗިޕް އުފައްދާ ކުންފުނި ޓީއެސްއެމްސީން ބުނީ މުވައްޒަފުންގެ ސަލާމަތަށްޓަކައި ހްސިންޗޫ އާއި ޓައިވާންގެ ދެކުނުގައި ހުރި ބައެއް ފެކްޓްރީތައް ހުސްކޮށްފައިވާ ކަމަށާއި ނަމަވެސް ސޭފްޓީ ސިސްޓަމްތައް އާންމު ގޮތެއްގައި ހިނގަމުންދާ ކަމަށް އިތުރަށް ބުނެފައިވާ ކަމަށެވެ. ޓީއެސްއެމްސީ އަކީ އެޕަލް އާއި އެންވީޑިއާ ފަދަ ޓެކް ފަރުމާތަކަށް ސެމީކޮންޑަކްޓަރ އުފައްދާ ބޮޑު ކުންފުންޏެކެވެ.

އެމެރިކާގެ ޖިއޮފިޒިކަލް އިންސްޓިޓިއުޓް އުސްގްސް އިން ބުނާ ގޮތުގައި ބިންހެލުން އައިސްފައިވަނީ ވެރިރަށް ޓައިޕޭގެ ދެކުނުން ގާތްގަނޑަކަށް 155 ކިލޯމީޓަރު ދުރުގައި އޮންނަ ހުއާލިއަން ސިޓީގެ އިރުދެކުނު 18 ކިލޯމީޓަރު ދުރުން 34.8 ކިލޯމީޓަރުގެ އަޑިންނެވެ.

މިބާރުގަދަ ބިންހެލުމަށަފަހު ޖަޕާނާއި ފިލިޕީންސް އަށް 6.4 ގެ ބާރުމިނުގައި އިތުރު ބިންހެލުމެއް އައެވެ. ދެވަނަ ބިންހެލުން އައީ ހުއާލިއެން ސިޓީގެ އިރުއުތުރުން 11 ކިލޯމީޓަރު ދުރުގައި އޮންނަ ކަނޑުގެ ސަރަހައްދުގައި 11.8 ކިލޯމީޓަރުގެ އަޑިންނެވެ. 

މިއީ ފާއިތުވި 25 އަހަރަށްފަހު އެގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. 1999 ވަނަ އަހަރު 7.6 ގެ ބާރުމިނުގައި އައި ބިންހެލުމަކީ އެގައުމަށް އައި އެންމެ ބޮޑު ބިންހެލުން ކަމުގައި ރެކޯޑް ކުރެވިފައި ވެއެވެ. އެފަހަރު 2400 މީހުން މަރުވިއެވެ.


އަވަށްޓެރި ޖަޕާނުގައި މީގެ ކުރިން ކަމާބެހޭ ފަރާތްތަކުން އިންޒާރު ދީފައި ވަނީ 3 މީޓަރާއި ހަމައަށް ސުނާމީ ރާޅުތައް އެގައުމުގެ ހުޅަނގު ދެކުނު އައްސޭރީގެ ބޮޑެތި ސަރަހައްދުތަކަށް ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާގެ އެޖެންސީން ފަހުން އިންޒާރު ދަށްކުރި ނަމަވެސް ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހު “އެފަދަ ބާރުގަދަ އަފްޓާޝޮކްތަކަށް ސަމާލުވުމަށް” ރައްޔިތުން ވަނީ އެދިފަ އެވެ.

ފިލިޕީންސުން ވަނީ ބިންހެލުން އައިތާ މާގިނައިރުތަކެއް ނުވެ ސުނާމީގެ އިންޒާރު ދީ، ރައްޔިތުން އުސް ބިންތަކަށް ބަދަލުވުމަށް އިލްތިމާސްކޮށްފަ އެވެ – ފަހުން އެ އިދާރާއިން ވަނީ އެކަން ކެންސަލްކޮށްފަ އެވެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post