ދިވެހިންގެ މަގުބޫލް ނައިޓްކުލަބުގައި ރޯވެ 29 މީހުން މަރުވެއްޖެ

By admin Apr3,2024

ތުރުކީގެ އިސްތަންބޫލްގައި ހުރި ނައިޓްކުލަބެއްގައި އިއްޔެ ރޯވެ 29 މީހުން މަރުވެއްޖެ އެވެ.

މިހާދިސާ ހިނގީ އިއްޔެ މެންދުރުފަހު އެވެ. ނަމަވެސް ސީދާ ސަބަބެއް ނޭނގެ އެވެ. ހާދިސާގައި ސަލާމަތްވި މީހަކު ބުނީ އޭނާ ދިޔައީ މަރާމާރުގެ މަސައްކަތަކަށް ކަމަށާ އަލިފާން ރޯވީ ވެލްޑިން ކުރުމުގެ ތެރޭގައި ގޭސް ފުޅިއެއްގައި ރޯވެެގެންނެވެ.

މަސްދަރުތައް ބުނާ ގޮތުގައި އީދުވިލޭރެއަށް ތައްޔާރުކުރަމުންދިޔަ ބެޝިކްތާޝްގެ މަޝްހޫރު ކުލަބު ކަމަށްވާ މަސްކުރޭޑް ގައި ހިނގި މި އަލިފާނުގެ ހާދިސާގައި އިތުރު ބަޔަކު ޒަހަމްވިއިރު އެކަކު ވަނީ ސީރިއަސް ހާލަތުގަ އެވެ. އަލިފާންގަނޑު ނިއްވާލެވުނީ ރާއްޖެއިން އިރު އޮއްސުނުފަހުން ކަމަށްވާއިރު މިއީ ތުރުކީއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަނެކެވެ.

އަނދައި ހުލިވި މި ނައިޓްކުލަބަކީ ދިވެހި ޒުވާނުންގެ ތެރޭގައިވެސް ވަރަށް މަގުބޫލު ނައިޓްކުލަބެކެވެ. 16 ބުރީގެ އިމާރާތުގައި ހުރި ނައިޓްކުލަބުގައި ރޯވި އިރު މިހާދިސާ ގައި އިމާރާތުގެ 4 ފަންގިފިލާ ވަނީ އަނދާފައެވެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post