ދަގަނޑޭގެ ބޭބެ އަށް ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމް ދީފި

By admin Apr3,2024

ރާއްޖޭގެ ފުޓުބޯޅައިގައި ކުރިން ރަސްކަންކުރި އަލީ އަޝްފާގުގެ ބޭބެ އަދި ނިއުރޭޑިއަންޓާއި ގައުމީ ޓީމުގައިވެސް ކުޅުނު އަޝްފާނަށް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓުރޯލާގެ މަގާމް ދީފި އެވެ.

ޑެޕިއުޓީ ކޮންޓްރޯލަރ މަޤާމަށް އައްޔަން ކުރެވުނު އަޝްފާން އަކީ އިމިގްރޭޝަން އޮފިސަރެއްގެ ގޮތުގައި އެ އިދާރާގައި 18 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ފަރާތެކެވެ. 

މިމަޤާމުގައި ކުރިން ހުންނެވީ އިބްރާހިމް އަޝްރަފްއެވެ. އޭނާ އެ މަޤާމަށް އައްޔަން ކުރީ 2018 ވަނަ އަހަރު ޑިސެމްބަރު މަހުއެވެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post