ފަތުރުވެރިޔާ އަތުން ފޭރުނު މީހުން ބަންދުކޮށްފި

By admin Apr3,2024

ފުވައްމުލަކު ބީޗުގައި ޑުރޯން ހިފައިގެންހުރި ޓޫރިސްޓުގެ އަތުން ފޭރުނު މީހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނިގޮތުގައިޓުއަރިސްޓުގެ އަތުން ފޭރުނު ތަކެތި މިހާރު ވަމީ ހޯދާފައެވެ.

މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއަކުން ފެންނަ ގޮތުގައި ފަތުރުވެރިޔަކު އަތުން ދިވެހި ދެކުދިން ފޭރުނު ވާހަކަ އެމީހާ ވަނީ ކިޔައިދީފައެވެ. އޭނާ ބުނި ގޮތުގައި ރަށެއްގެ ބީޗުގައި އޭނަ ހުރީ ޑްރޯން ދުއްވާށެވެ. އެހެން ހުއްޓާ އެތަނަށް ދިވެހި ދެ ކުދިން އެތަނަށް އައި ކަމަށާއި އެއީ އުމުރުން 14 އަހަރާއި 17 އަހަރާއި ދެމެދުގެ ދެކުދިން ކަމަށް އެ މީހާ ވަނީ ކިޔައިދީފައެވެ.

އެމީހާ ބުނާގޮތުން އެ ދެކުދިން އައިސް ފުރަތަމަ އޭނާ ކައިރިން އެހީ އެ ޑްރޯންގެ އަގާއި އެއާ ބެހޭ މައުލޫމާތެވެ. އެހެންކަމުން ހުރިހާ މައުލޫމާތެއް ދިނުމަށްފަހު ޑްރޯން ދުއްވާ ނިމިގެން ޑްރޯން އޭނަގެ ތުވާލި ތެރެޔަށް ލުމަށްފަހު މޫދަށް އެރުނެވެ. މޫދަށް އެރުމުން އެ ދެކުދިން ފިލައިގެން ތިބުމަށްފަހު ނުކުމެ ފަތުރުވެރިޔާގެ ދަބަހާއި ޑްރޯންވެސް ވަނީ ނަގާފައެވެ. އޭނަގެ މޮބައިލް ފޯނުވެސް ވަނީ ގެންގޮސްފައެވެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post