މަޖިލިސް ނުލިބިއްޖެއްޔާ ޔާމީން މިނިވަން ނުވާނެ ކަމަށާ ވީ ވައުދުތައް ފުއްދައެއް ނުދެވޭނެ ކަމަށް ނުސީދާކޮށް މުއިއްޒު ވިދާޅުވެއްޖެ

By admin Apr2,2024

ވެވަޑައިގެންނެވި ހުރިހާ ވަޢުދުތައް ފުއްދޭނީ މަޖިލިސް ލިބިގެން ކަމަށް ވިދާޅުވެ މުއިއްޒު އިތުރުފުޅު ހައްދަވައިފި އެވެ.

މުއިއްޒު މިގޮތަށް ވިދާޅުވީ “ރައީސްގެ ޖަވާބު” ޕްރޮގްރާމަށް އާންމު ރައްޔިތަކު ދެންނެވި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ.

މާލެ ސިޓީ، މ.މެޑަލްމާގޭ އިސްމާޢީލް ނިޔާޒް ރިޔާސީ އިންތިޚާބުގައި ވެޑައިގަތް ވައުދުތަކުގެ ތެރެއިން 5 އަހަރުގެ ދައުރުގައި ކިހާ ވައުދެއް ފުއްދޭނެތޯ ދެންނެވި ސުވާލަށް ރައީސް ދެއްވި ޖަވާބުގައި ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވައުދު ވެ ވަޑައިގަތީ އެ ވައުދުތައް ފުއްދުމުގެ ނިޔަތުގައި ކަމަށާއި، އަދި ވީ ވައުދުތައް ފުއްދޭނޭ ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ. ހަމަ އެހެންމެ ފުއްދޭނެ ގޮތް އެމަނިކުފާނަށް އިނގިވަޑައިގަންނަވާތީ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.”އަޅުގަނޑު ވީ ކޮންމެ ވައުދެއް ވީ ފުއްދުމުގެ ނިޔަތުގައި، ފުއްދޭނެ ކަމުގައި ގަބޫލު ކުރެވޭތީވެ، އަދި ފުއްދޭނޭ ގޮތް އަޅުގަނޑަށް އިނގޭތީ، މިކަންކަން މިހާރުވެސް މި 14 ހަފްތާ ތެރޭގައި ފާހަގަވެ ވަޑައިގަންނަވާނެ. 14 ހަފްތާއަށް ކަނޑައެޅި ވައުދުތައް އެ ވަނީ ގާތްގަނޑަކަށް އެވަނީ 100 ޕަސެންޓު ފުއްދިފައި. 97 ޕަސެންޓު ވަރު އަޅުގަނޑުމެންނަށް ފުއްދުނު ހުރިހާ ވައުދެއް.” ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވެ އިތުރުފުޅު ހެއްދެވިއިރު، ވެރިކަން ހޯދީ ރައީސް ޔާމީނު މިނިވަން ކުރާނެ ކަމަށް ވިދާޅުވެ އެވެ. ނަމަވެސް އަދިވެސް ރައީސް ޔާމީނު އެގެންދަވަނީ ހުކުމް.ތަންފީޒު ކުރައްވަމުންނެވެ.

ރައީސް މުއިއްޒުގެ އެންމެ ބޮޑު ވަޢުދުފުޅަކީ ރައީސް ޔާމީނު މިނިވަން ކުރެއްވުމުގެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post