މަޖިލިސް އިންތިހާބުގެ ކުރިން ޔާމީނު މިނިވަން ނުކުރުމަށް މުއިއްޒު ވިދާޅުވި!

By admin Apr1,2024

ކޮރަޕްޝަނުގެ ދައުވާތަކެއް ސާބިތުވުމާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމް ތންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލާގައި ސުޕްރިމް ކޯޓުން އިންތިހާބުގެ ކުރިން ގޮތް ނިންމައިގެން ނުވާނެ ކަމަށް ހުސްނުއްސޫދަށް އެންގެވީ ރައީސް މުއިއްޒު ކަމަށް ވެ އެވެ.

މުއިއްޒު ރިޔާސީ އިންތިހާބުން މޮޅުވުމާއެކު ހަމަ އެހަފްތާގައި ޝަރީއަތް ބާއްވައި ޔާމީނު މިނިވަން ކުރުމަށް ތާވަލު ކުރަން އުޅުނު ކަމަށް ވެއެވެ. އަދި އެކަން ސީދާ ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށާ ނަމަވެސް އެވާހަކަ އެގޮތަށް ވިދާޅުވުމަށް ޔާމީނު ބޭނުންފުޅު ނުވަނީ ކަމަށްވެސް ހަބަރު ލިބެ އެވެ.

މިވާހަކަތަކަށް ބާރުލިބޭ އަނެއް ހެއްކަކީ، ސީދާ ރައީސް ޔާމީނުވެސް ވަނީ އިސްތިއުނާފު މައްސަލަ އަވަސް ކުރެއްވުމަށް މުއިއްޒު ބޭނުންފުޅު ނުވާކަމަށާ ކޯޓަށް އަތްބާނުއްވަވާކަމަށް ނުސީދާކޮށް ވިދާޅުވެފަ އެވެ.

“މުއިއްޒު ކުރައްވާ މަސައްކަތެއް ނޯންނާނެ އަޅުގަނޑު މިނިވަން ކުރާކަށް. އަޅުގަނޑަށް އެނގިފަ އޮތް ގޮތުގަ ވެއްޖިއްޔާ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ،” ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީނު ވިދާޅުވީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވިއިރު، އެ މަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ބޭއްވި މުޒާހަރާތައް ކުރިއަށްގެންދިޔަ ގޮތް ބެއްލެވި ކަމަށެވެ. މުއިއްޒު ހަމަ ގެއަކަށް ވަޑައިގެންނަވާއިރަށް އެބަ ބުނޭ މުއިއްޒޭ ވަރަށް އިތުރުފުޅު ހައްދަވާފައޭ ތިހިރީ. ދެން މުއިއްޒު މި ވިދާޅުވަނީ ކިހިނެއް ހެއްޔޭ ބުނެބަލާށޭ، ބުނީމަ، މީގަ ހަމަ ކަނބަލުން ގިނައީ، ބުނަނީ މުއިއްޒު ތިހުންނެވީ ވައުދު ނުފުއްދަވައޭ. ބުނާއިރަށް ބޯހުރާނީ، [ރައީސް ވިދާޅުވަނީ] ނޫނެކޭ، [ގޭގެއިން ބުނަނީ] ރައީސް ޔާމީން އަދިވެސް ވީއްލާކަށް ނޫޅުއްވަމޭ، މުއިއްޒު މިހެން އެހެން ވިދާޅުވީމެއްނޫންހޭ، ދެން [ރައީސް] މި ވިދާޅުވަނީ އެކަމުގަ ހާދަ މަސައްކަތެއް ތިމަންނަ އެބަ ކުރަމޭ،” ޔާމީން ސަމާސާ ރާގަކަށް ވިދާޅުވި އެވެ.

ރައީސް ޔާމީން މިނިވަން ކުރެއްވުމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ކުރީން ވިދާޅުވެފައި ވަނީ އެމަމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން ކޯޓްތައް ހިންގަނީ ނުފޫޒެއް ނެތި ކަމަށެވެ. ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވެއްޖެ ކަމަށް ވިދާޅުވި ނަމަވެސް، ޖުޑިޝަރީއަށް އެމަނިކުފާނު ނުފޫޒު ނުފޯރުއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post