ފައިސާ ޗާޕްކުރަން ޖެހިއްޖެނަމަ އެކަން ކުރަން ޖެހޭ

By admin Mar30,2024

އިޤްތިޞާދީ ޙާލަތުހާލަތު ތަންދޭ ގޮތުން ފައިސާ ޗާޕްކުރަން ޖެހިއްޖެނަމަ އެކަން ކުރަން ޖެހޭކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ރޭ ވިދާޅުވެއްޖެއެވެ.

ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޮތް އެމްޑީޕީ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޞާލިޙް ވިދާޅުވީ، އެމަކުފާނުގެ ވެރިކަމުގައި ފައިސާ ޗާޕުކުރީ ކޯވިޑުގެ ހާލަތުން އަރައިގަތުމަށްކަމަށެވެ.

ފައިސާ ޗާޕްކުރުމާ ބެހޭގޮތުން މިސަރުކާރުން ބުނީ ، ފައިސާ ޗާޕްކުރުން ހުއްޓާލީ މިސަރުކާރުންނެވެ. ނަމަވެސް އިބޫ ބުނީ ފައިސާ ޗާޕުކުރުން ހުއްޓުވީ މިދިޔަ ދައުރުގައި އޭނާ އެވެ.

އިބޫގެ ވެރިކަމުގައި 539 މިލިއަން ޑޮލަރާއި ގާތްކުރާ އަދަދަށް (8.2 ބިލިއަން ރުފިޔާ) ޗާޕްކުރިއިރު، ތިރީގައިމިވަނީ ރައީސް އިބޫ ވިދާޅުވި ފަދައިން “ހާލަތެއް އައިސްގެން” ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ބައެއް ގައުމުތަކުން ގާތްގަނޑަކަށް ފައިސާ ޗާޕްކުރި އަދަދު

2008 ވަނަ އަހަރު އެމެރިކާގައި 4 ޓްރިލިއަން ޑޮލަރު

. 2013 ވަނަ އަހަރު ޖަޕާނުން 1.86 ޓްރިލިއަން ޑޮލަރު

2015 ވަނަ އަހަރު ޔޫރަޕިއަން ޔޫނިއަން އިން 3.09 ޓްރިލިއަން ޑޮލަރު

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post