މާތްވެގެންވާ ރޯދަމަހު ރައީސްއާ ބެހޭގޮތުން ޝާހިދު ކަނޑައެޅިގެން ބޮޑު އިތުރުފުޅެއް ހައްދަވައިފި

By admin Mar30,2024

މާތްވެގެންވާ ރަމަޟާން މަހުގައި ފިތުނަ އުފައްދަންވެގެން އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުއިއްޒުއާ ބެހޭގޮތުން ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު ހައްދަވައިފިއެވެ.

ގައުމެއްގެ ރައީސަކު އެގައުމެއްގެ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދާކަށް ބޭނުން ނުވާނެކަން ކިތަންމެ ކުޑަ ކުއްޖަކަށް ވެސް އެނގޭނެއެވެ. އަމުދުން ވޯޓެއް ބޯމަތިވެފައި އޮއްވާ ގައުމެއްގެ ރައީސަކު އުޅުއްވާނީ މީހުން ރުއްސައިގެން ވެސް އިތުރަށް ވޯޓެއް ހޯދުމަށެވެ.

އެހެންނަމަވެސް ޝާހިދު ވިދާޅުވީ ޑރ.މުއިއްޒު މަސައްކަތް ކުރައްވަނީ ނަފްރަތު އުފެއްދުމަށެވެ. އަދި ހައްދަވަނީ އިތުރުފުޅުތައް ކަމަށް ބުނެ ޝާހިދު ވަރަށް ހަޑިކޮށް ދޮގު ހައްދަވައިފިއެވެ.

ޝާހިދަކީ ސިޔާސީ ގޮތުން ކާމިޔާބު މީހެކެވެ. އެހެންނަމަވެސް މާތްވެގެންވާ މިމައްސާރުގައި ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު ހެދުމަކި ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯދުމަށް މަސައްކަތްކުރާ ޢަބްދުﷲ ޝާހިދު ބުނުއްވިއެވެ. ” ޑރ. މުއިއްޒު އުފައްދަވަން ބޭނުންވާ ގައުމިއްޔަތަކީ ނަފުރަތާ ދޮގާ ފިތުނައިގެ ގައުމިއްޔަތެއް. އެ ނޫން އެއްވެސް އެއްޗެއް ނެތް. ޑރ. މުއިއްޒުގެ މުޅި ވެރިކަން ބިނާކުރަން ބޭނުންފުޅުވަނީ އަޅުގަނޑުމެންގެ ތެރެ ބައިބައިކުރުވުން. ދިވެހީންގެ ތެރެއިން އެއްބައި ރައްޔިތުންނަކީ ދިވެހީން ނޫން ކަމަށް ކަނޑައެޅުމަށް. ޑރ މުއިއްޒުގެ ވެރިކަން އެ ގެންގުޅުއްވާ ފަލްސަފާތަކަކީ ދިވެހި ރައްޔިތުން ނޫން ކަމަށް ފާޅުގައި އެމަނިކުފާނުގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުން އެ ގެންދަވަނީ ވިދާޅުވަމުން. އަދި އެ ވާހަކަތައް ވިދާޅުވާއިރު ޑރ. މުއިއްޒު އެބަ އިންނަވާ އެންމެ ކުރީގައި އަތް ތިލަ ބަޑި ޖައްސަވަން.” ޝާހިދު ބުނުއްވި އެވެ.

މި އާޓިކަލުގައި ޝާހިދު އާމެދު ދަރަޖަ ކޮށްފައިވަނީ މެދުމިނުގައެވެ. މާތްކޮށް ދަރަޖަ ކޮށްފައި ނުވަނީ ޝާހިދުގެ މިއާޓިކަލް ގެ ބަސްބަހުގެ ދަރަޖަ ކުރަންޖެހޭ އުސޫލުންނެވެ

ޝާހިދު ބުނުއްވީ ފިތުނަގައިގެ ގައުމިއްޔަތު އުފައްދައިގެން ގައުމުތަކަށް ވެފައިއޮތް ގޮތް ތާރީހުން ފެންނަން އެބަ އޮތް ކަމަށެވެ.އެގޮތުން އަޅުގަނޑުމެންގެ އަޚަކީ އިންސާނެއް ނޫން ކަމަށް ގަބޫލުކުރާ ހިސާބަށް ފިތުނަ އުފެއްދީމާ ގަތުލު އާންމުތައް ދުނިޔޭގައި ހިނގާފައި އެބަ ހުރި ކަމަށާއި ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމުގެ މިސްރާބު ބަދަލުކުރައްވާފައި ހުންނެވީ އެ މިސްރާބަށް ކަމަށްވެސް ޝާހިދު ބުނުއްވިއެވެ.

ޝާހިދު މިމޭރުމުން “ދޮލަނގު ހިފައިގެން ދޮލަނގަށް ދޮގު އެޅީ” ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވެސް ވާދަކުރައްވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދުގެ ކެމްޕޭން ހަަރަކާތެއްގައި ވާހަަކަ ދައްކަވަމުންނެވެ.

ރައީސް މުއިއްޒު އަކީ ވެސް އިންސާނެކެވެ. ދޮގު ހަދާނެ އެވެ. ރައީސަކަށް ވީތީ އިތުރުފުޅުވެސް ހައްދަވާނެއެވެ. އެކަމަކު ޝާހިދު އެދެއްކެވި ސީދާ ބުހުތާނު ރޯ ދޮގު ވާހަކަތަކެކެވެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post