“ގޮނޑި ގެއްލޭ”ބިލް ކޮމެޓީން ފާސްކޮށްފި

By admin Mar29,2024

މެމްބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމުގެ ގޮތުން އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެންޓި ޑިފެކްޝަން ބިލް ކޮމިޓީން ފާސްކޮށްފި އެވެ.

އެ ބިލުގައި ވާ ގޮތުން، މެމްނަރުކަމުން އިސްތިއުފާ ދޭންޖެހޭ ހާލަތްތަކެއް ވެއެވެ. އެއީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރަކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވުން އަދި އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުން ހިމެނެއެވެ. 3 ވަނަ ކަމަކީ އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމެވެ.

ބިލުގައިވާ ގޮތުން އެ ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މެންބަރަކު “މެންބަރުކަމުން އިސްތިއުފާ ދޭންވާނެ” އެވެ. އެކަމަކު އިސްތިއުފާ ނުދީފިނަމަ ދެން ވާނެ ގޮތެއް އެ ބިލްގައި ބަޔާންކޮށްފައެއްނުވެ އެވެ. އެހެންކަމުން މިބިލު މިގޮތަށް އޮވެ ފާސްވެ ތަސްދީގު ކޮށްފިނަމަ ޕާޓީ ބަދަލު ކުރިޔަސް ގޮނޑި ނުގެއްލޭނެ ކަމަށް ބުނެ ސުޕްރީމު ކޯޓަށް ދިޔުމުގެ ފުރުސަތު އޮންނާނެ އެވެ. ސަބަބަކީ ދެމާނަ ދޭހަވާ ގޮތަށް މިބިލުގައި ކަންތައްތައް ފާހަގަ ކޮށްފައި ހުރުމުންނެވެ.

އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ ކަމަކީ ރިކޯލް ވޯޓު ނެގޭ ގޮތަށް ކުރިން އޮތް ބައި މި ބިލުން މުޅިން އުނިކޮށްފައި ވާތީއެވެ. އެހެންކަމުން މެމްބަރު ރިޝްވަތު ނަގައިގެން ޕާޓީ ބަދަލު ކުރިޔަސް އެދާއިރާގެ ރައްޔިތުންނަށް ކުރެވޭނެ ކަމެއް ނޯންނާނެ އެވެ. މިހާރެކޭ ތަފާތެއް ނެތެވެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post