އަލީ އާޒިމް ، ވީބީ ޝިޔާމްގެ ކެނޑިޑެންސީ ބާތިލު ކޮށްފި

By admin Mar28,2024

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާއަށް ކުރިމަތިލައްވާ ވީބީ ޝިޔާމްގެ ކެނޑިޑެންސީ ބާތިލު ކޮށްފި އެވެ.

މިފަހަރު ގިނަ ބައެއްގެ ތާއީދު ލިބިފައިވާ އަމިއްލަ ގޮތުން ވާދަކުރައްވާ ޝިޔާމްގެ ކެނޑިޑެންސީ ސުޕްރީމް ކޯޓުން ބާތިލު ކުރީ މިހާރުވެސް އެދާއިރާގެ މެމްބަރު އަލީ އާޒިމް އޭނާގެ ކޮއްކޮގެ ނަމުގައި ކޯޓަށް ވެއްދި މައްސަލައާއި ގުޅިގެން ކުރި ހުކުމުންނެވެ.

އިލްޔާސް އަޙްމަދު ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024
ގައި މާލޭ މެދުހެންވޭރު ދާއިރާ )T02ގެ ގޮނޑިއަށް ވާދަކުރާ ޙަސަން ޝިޔާމްގެ މައްޗަށް ސިވިލްކޯޓުގެ
ކޯޓުގެ ނަންބަރު 2012/C-Cv/1542 ޤަޟިއްޔާއިން ސާބިތުވެފައިވާ ދަރަންޏެއް އެބައޮތް ކަމަށާއި،
އޭނާ އަކީ އެ ޙުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުންގެންދާ ފަރާތެއް ނޫން ކަމަށް ވާތީ، އޭނާ އަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ )ނ( ގެ 1 ވަނަ ނަންބަރާއި
4 ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ
8 ވަނަ މާއްދާގެ )ނ( ގެ )1 )ވަނަ ނަންބަރާއި،
5 ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދު 2024
ގެ 17 ވަނަ މާއްދާގެ )ނ( ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މެންބަރެއްގެ ކިބައިގައި
ފުރިހަމަވާންޖެހޭ ޝަރުޠު ފުރިހަމަވާ މީހެއް ނޫންކަމަށެވެ.

އެއީ، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ފަރާތުން ކްރިސްޓަލް ލެގޫން ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް 16 ފެބުރުވަރީ 2006 ގައި ދޫކޮށްފައިވާ ލޯނަކާ ގުޅޭ މައްސަލައެކެވެ. އެ ލޯނު ފެސިލިޓީގައި ގެރެންޓަރެއްގެ ހައިސިއްޔަތުން ޖާމިނުވެފައިވާ ފަރާތްތަކުގެ ތެރޭގައި ޙަސަން ޝިޔާމް ހިމެނެއެވެ. ސިވިލް ކޯޓުގެ ދަރަނި ސާބިތުވި ޤަޟިއްޔާގައި ކަނޑައަޅައި ލައްވާފައިވާ ދަރަނި ފައިސާ 29 އޮކްޓޫބަރު 2015 ވަނަ ދުވަހުން ފެށިގެން 08( އަށެއް( މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިސްޓަލް ލެގޫން ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް އަށާއި ޙަސަން ޝިޔާމް ހިމެނޭހެން އިތުރު ފަރާތްތަ ކަށް ޙުކުމް ކޮށްފައިވެއެވެ. ދަރަނި ސާބިތުވި ޤަޟި އްޔާއިން ސާބިތުވެފައިވާ ދަރަންޏަކީ ދަރަނި 6 ނެގި ފަރާތާއި ގެރެންޓަރުން އެކު އެކީގައްޔާއި ވަކިވަކީން ޒިންމާވާންޖެހޭ ދަރަންޏެކެވެ.

ނަމަވެސް ޝިޔާމްގެ ފަރާތުން ކޯޓުގައި ބުނީ ދަރަނީގެ ފައިސާއަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިގެންދާނީ ރަހުނު
ވިއްކާލުމަށްފަހު، އެއިން ދަރަނި އަދާނުކުރެވި އޮންނަ ހާލަތެއް އަތުވެއްޖެ ނަމަ، ދަރަނިން ބާކީ ނުދެއްކި
އޮންނަ އަދަދުގެ ތެރެއިން އެއް ގެރެންޓަރުގެ ހައިސިއްޔަތުން ދައްކަންޖެހޭ ސާފު އަދަދެއް އެނގި
ކަށަވަރުވެގެން ދިއުމަށްފަހުގައި ކަމަށާއި، އެ ޙާލަތު އައުމަށް ދާންދެން ޙަސަން ޝިޔާމަކީ ޤާނޫނު ބުނާ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް ނަމަވެސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ )ނ( ގެ 1 ވަނަ ނަންބަރުގައި ބުނެފައިވާ ފަދައިން އެ ސާބިތު
ދަރަނި އަދާކުރަމުން ނުގެންދާ މީހަކު ކަމަށް ނުބެލެވޭނެ ކަމަށެވެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post