14 މިލިއަނުގެ ޚިޔާނާތުގެ މައްސަލައިގައި ފައްޔާޒަށް ބިރު ދައްކަން ވެގެން މާދަމާ ޕޮލިހަށް ހާޒިރުކުރަނީ؟

By admin Mar27,2024

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަށް ބިރު ދެއްކުމުގެ ގޮތުން ފުލުހަށް ހާޒިރުވާން އަންގައިފިއެވެ. 

މި މައްސަލައިގައި ފައްޔާޒުއާ ސުވާލުކުރަނީ މި މައްސަލައިގައި އާރުޑީސީން ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން ފައްޔާޒަށް މާލީ މަންފާއެއް ލިބިވަޑައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭތީ ކަމަށް ފުލުހުން ފޮނުވާފައިވާ ޗިޓުގައި ވަނީ ބުނެފައެވެ. ފައްޔާޒު ފުލުހަށް ހާޒިރުވާން އަންގަވާފައިވަނީ މާދަމާ މެންދުރު 3:00 އަށެވެ.

ޗިޓު ހިއްސާކުރައްވައި ފައްޔާޒު ވިދާޅުވެފައިވަނީ މިއީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކެއް ކަމަށެވެ. އަދި ތުހުމަތެއް ކުރެވޭނެ އެފަދަ އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށާއި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. 

ކުރީ ސަރުކާރުގައި އުފެއްދި ކުންފުންޏެއްކަމަށްވާ އާރުޑީސީގެ އެކައުންޓަކުން، އެ ކުންފުނީގެ ވެރިއެއްގެ އެކައުންޓަކަށް 14 މިލިއަން ރުފިޔާ ވަދެފައިވާ މައްސަލަ ފެންމަތިވެގެން އެ މައްސަލަ ތަހުގީގުކުރަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ. ފުލުހުން ވިދާޅުވެފައިވާ ގޮތުގައި ޚިޔާނާތްތެރިވިކަމަށް ބެލެވޭ ފައިސާ ކުރީ ސަރުކާރުގެ ބައެއް ވެރިންނާއި އެމީހުންގެ މަސްލަހަތު އޮންނަ ކުންފުނިތަކަށްވެސް ވަދެފައިވާކަން ތަހުޤީޤަށް ހާމަވެއެވެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post