ޙިޒްބުاللهން ރޮކެޓް ޙަމަލާތަކެއްދީ ޔަހޫދީއަކު މަރައިލައިފި

By admin Mar27,2024

ލުބްނާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ޙިޒްބުاللهން ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ރޮކެޓް ޙަމަލާތަކެއް ދީފިއެވެ. ޙިޒްބުاللهގެ ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ލުބްނާނާއި އިސްރާއީލް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ޒަޔަނިސްޓުންގެ ރަށެއް ކަމުގައިވާ ކިރިޔަތް ޝްމޮނޭއަށެވެ.

މިއީ, ލުބްނާނުުގެ ދެކުނުގައި އޮންނަ އަލް-ހައްބާރިއްޔާއަށް ޔަހޫދީ ފައުޖުން ދާދިފަހުން ދީފައިވާ ވައިގެ ޙަމަލާތަކުގައި ލުބުނާނުގެ 7 މީހަކު މަރުވެފައިވާތީ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ޙަމަލާތަކެއް ކަމުގައި ޙިޒްބުاللهން ބުނެއެވެ. އޮކްޓޫބަރު 7ވަނަ ދުވަހު ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އުދުވާންތައް ހިންގަން ފެށި ފަހުން, ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ކޮންމެ ދުވަހަކު ވެސް ދަނީ ޙަމަލާ ބަދަލު ކުރަމުންނެވެ.

ކިރިޔަތް ޝްމޮނޭއަށް ޙިޒްބުاللهން ދިން ވަރުގަދަ ރޮކެޓް ޙަމަލާތަކުގައި ޔަހޫދީ ޢާންމުންގެ އެކަކު ވަނީ މަރައިލާފައެވެ. ޒަޔަނިސްޓު އިސްރާއީލުގެ ކުއްލި ހާލަތްތަކާ ބެހޭ އިދާރާއިން ވަނީ އެ ކަން ކަށަވަރު ކޮށްދީފައެވެ. އެ އިދާރާއިން ބުނީ, ޙިޒްބުاللهގެ ޙަމަލާގައި މަރުވެފައި ވަނީ ކާރުޚާނާއެއްގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމުގައެވެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post