މަޖިލީހުގެ ސަރޖަންޓް އެޓް އަރމްސްއަށް ޠަލްޙަތު އައްޔަން ކުރައްވައިފި

By admin Mar27,2024

ރައްޔިތުންގެ މަޖިލީހުގެ ސަރޖަންޓް އެޓް އަރމްސްގެ މަގާމަށް ގ. ސާޓަނުގެ، މޭޖަރ (ރިޓަޔަރޑް) ޠަލްޙަތު ޙަސަންފުޅު އައްޔަން ކުރެއްވުމަށް މިއަދު ޖަލްސާގައި ފާސްކޮށްފިއެވެ. 

މަޖިލީހުގެ މިއަދު ޖަލްސާގައި ސަރޖަންޓް އެޓް އަރމްސްގެ މަޤާމަށް ޠަލްޙަތު އައްޔަން ކުރެއްވުމަށް ފާސްކޮށްފައިވަނީ 35 މެންބަރުންގެ ވޯޓުންނެވެ. އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މަޖިލީހުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހުއެވެ. 

މަޖިލީހުން މައުލޫމާތުދެއްވި ގޮތުގައި ޠަލްހަތު މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ އަންނަ ހަފްތާގެ ހޯމަ ދުވަހުއެވެ. 

ޠަލްހަތު ވަނީ ޤައުމީ ދިފާޢީ ބާރުގައި 21 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، މޭޖަރ ޖެނެރަލްގެ މަގާމުގައި ހުންނެވުމަށްފަހު ރިޓަޔަރ ކުރައްވާފައެވެ. އެއަށްފަހު ސްޓެލްކޯގެ ބޯޑު މެންބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ. 

މަޖިލީހުގެ ސަރޖަންޓް އެޓް އަރމްސްގެ މަގާމުގައި ކުރިން ހުންނެވީ މުޙައްމަދު ހަލީމެވެ. އޭނާއާ ގުޅޭ މައްސަލައެއް މަޖިލީހުން ބަލަމުންދާތީ މަގާމުން ވަކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. މިހާތަނަށް އެ މަގާމު އޮތީ ހުސްކޮށެވެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post