މަޖިލިސް އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ޞާލިޙް ބުނެފި. އެކަމަކު 15 ގޮނޑި ވެސް ނުލިބޭނެ!

By admin Mar27,2024

ވާހަކަދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ބޮޑު ތަފާތަކުން އެ ޕާޓީން ކާމިޔާބު ކުރާނެކަމަށް ވިދާޅުވެ ދޮގު ބުހުތާނު ފޮނި ކަނޑައިފިއެވެ. އަދި އެޕާޓީން އެހެން އެއްވެސް ބަޔަކަށް ތާޢީދު ނުކުރާ ކަމަށާއި، ތާޢީދު ކުރާނީ އެމްޑީޕީން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް އެކަނި ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ އެމްޑީޕީގެ ތާޢީދާއެކު މަޖިލިސް އިންތިޚާބުގައި ނިކުމެފައި ތިބޭނީ އެމްޑީޕީ ކެންޑިޑޭޓުން އެކަނި ކަމަށާއި އެހެން ބަޔަކަށް ތާއީދެއް ނުކުރާނެ އެވެ.

“އަޅުގަނޑުގެ އިލްތިމާސަކީ އެމްޑީޕީގެ މެންބަރުންނަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް؛ އެމްޑީޕީގެ ތިލަފަތާއި އެކީގައި ނިކުމެ ތިބޭނެއޭ އެމްޑީޕީ މެންބަރުން. އެބޭފުޅުންނަށް ތިބޭފުޅުން ވޯޓު ދެއްވާށޭ. އެހެން ބަޔަކު ނުތިބޭނެ އަޅުގަނޑުމެން ތާޢިދުކޮށްފަ. އެހެން ހުރިހާ ދާއިރާ އެއީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންވީ ދައިރާތައް. ނަމަނަމަ ބަޔަކު އެހެން ގޮތަކަށްވެސް މި ވާހަކަ އެބަ ދައްކާ ތިމަންނަ މެންނަކީ އެމްޑީޕީ މީހުންނޭ. ތިމަންނަމެން އެމްޑީޕީއަށް އެންބުރި ދާށޭ މިތިބީ. އަޑު ނާއްސަވައްޗޭ އެވާހަކަ.” ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙު މިހެން ވިދާޅުވެފައިވާއިރު، އެ ޕާޓީން ވަނީ ފެލިދޫ ދައިރާއަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް ތާއީދުކުރަން ނިންމާފައެވެ. އަދި އެޕާޓީން މިހާރު ހިންގަމުންދާ 19 ވަނަ މަޖިލީހުގައި ދަ ޑިމޮކްރެޓްސް ޕާޓީއާއެކުވެސް މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާގެ ތެރެއިން އެމްޑީޕީން 90 ދާއިރާއަކަށް ވާދަކުރުމަށް ވަނީ ނިންމާފައެވެ. އެކަމަކު ނި ލާދީނީ އެމްޑީޕީއަށް 15 ގޮނޑި ވެސް ނުލިބޭނެއެވެ.

.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post