ހުސްނުއްސޫދު އަށް އުއްތަމަ ފަނޑިޔާރު ކަން ދޭންވެގެން ރައީސްއާއެކު ޑީލް ހަދައިފި؟

By admin Mar27,2024

.ސުޕްރީމްކޯޓުގެ ފަނޑިޔާރު ހުސްނުއްސޫދު އަށް ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަން ދިނުމަށްޓަކައި ރައީސް މުއިއްޒުއާ މަޝްވަރާ ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް ބިތުފަންގި މެގަޒިން. އަށް ހަބަރު ލިބިއްޖެ އެވެ.

ހުސްނުއްސޫދަކީ މަދަނީ މައްސަލަތަކުގައި ރާއްޖޭގެ އެންމެ ފުންނާބު އުސް އެއް ލޯޔަރެވެ. ވަކީލެއްގެ ގޮތުގައި ކޯޓުތަކަށް ދިޔައިރު ޖިނާއީ މައްސަލަތަކުގައި ހުސްނުއްސޫދަކީ ކާމިޔާބު ވަކީލެއް ނޫނެވެ. ނާކާމިޔާބު ލޯޔަރެކެވެ އެކަމަކު މަދަނީ މައްސަލަ ތަކުގައި ވަރަށް ކާމިޔާބެވެ .

އުއްތަމަ.ފަނޑިޔާރުކަން ސޫދަށް ދެނީ މިސަރުކާރު ވައްޓާލަން ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކޮށްފި ހިނދެއްގައި ސަރުކާރު ހިމާޔަތް ކުރުމަށް ކަމަށް ވެއެވެ.

މިފަހުން ހުސްނުއްސޫދު ވަނީ ސަރުކާރުން ބޭނުންވި ގޮތަށް ސުޕްރިމް ކޯޓުން ހުކުމެއްވެސް އިއްވާފަ އެވެ. އެހުމަކީ މަޖިލީހުގައި ނެތް ބަޔަކު އެއީ ތިބި ބައެއް ކަމަށް ހަދާފައި ނިންމި ގަޟިއްޔާ އެވެ. އެހެންނަމަވެސް މަޖިލީހުން ވަނީ އެހުކުމަށް ބޮލާލާ ޖަހާފައެވެ. އެއީ އިސްތިއުފާ ދިން 7 މެމްބަރުން ވޯޓު ލާއިރު އެއީ ތިބި ބައެއް ކަމަށް ހަދައިގެން ވޯޓުގެ ނަތީޖާ ނެރުމަށް ހުސްނުއްސޫދަށް ސަރުކާރުން އަންގައިގެން ސުޕްރީމު ކޯޓުން ކުރި ހުކުމަކީ ހަގީގަތުގައިވެސް ތާކުންތާކު ނުޖެހޭ ދޮގު ހުކުމެއް ކަމަށް ވާތީ އެވެ.

ހުސްނުއްސޫދަށް އުއްތަމަ ފަނޑިޔާރު ކަން ދެނީ ރައްޔިތުން އިންތިހާބުކުރާ ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުން ބޭނުންވިއަސް އަޒުލު ނުކުރެވޭނެ ގޮތް ހެދުމަށެވެ. މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި ހާލަތެއްގައި އެއަށް ތަބާވާން ނުޖެހޭނެ ކަމަށާ ރާއްޖޭގެ ރައީސަކީ އެހާލަތުގައި ވެސް މުއިއްޒު ކަމަށް ބުނެ ސުޕްރިމް.ކޯޓުން ވަގުތުން ހުކުމް ނެރެވޭނީ ހުސްނުއްސޫދަށް އުއްތަމަ ފަނޑިޔާރު ކަން ދިނީމާ ކަމަށް ސޫދު ވަނީ ޑިމާންޑު ކޮށްފައި ކަމަށް ވެއެވެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post