ހީނާ ވަލީދު “ދުނިޔޭގެ ރައީސް” ސައިޒު ކޮށްފި

By admin Mar26,2024

މާތްވެގެންވާ ރަމަޟާންމަހު ދޮގުހަދައި މަކަރު ހަދައި އޮޅުވާލާތީ އަބްލޯ ޝާހިދަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ބަހުގެ ވަރުގަދަ ހަމަލާތަކެއްދީ ބޭޒާރުކޮށްލެއްވުމަށްފަހު ސައިޒު ކޮށްލައްވައިފި އެވެ.

ދެން އަންނަ ރިޔާސީ އިންތިޚާބެއްގައި އެމްޑީޕީގެ ޓިކެޓުގައި ރައީސުލް ޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެއްވުމުގެ ޢަޒުމުގައި ހުންނެވި ޝާހިދުއަށް އެންސްޕާގެ ވެރިޔާ ބަހުގެ ހަމަލާ ދިނީ ފިތުނަ އުފެދޭ ދޮގުވާހަކަ ލިޔުއްވައި ޝާހިދު ކުރެއްވި އެކްސް ޕޯސްޓަކާ ގުޅިގެންނެވެ.

ޝާހިދު ވިދާޅުވީ ހިތުގެ ބައްޔަށް ފަރުވާ ހޯދަމުންދާ ކުއްޖަކަށް ބޭނުންވާ ބޭސް ގަތުމަށް ފައިސާ ނުދޭ ކަމަށާ ، ދާއިމީ ބަލިތަކަށް ބޭނުންވާ ބޭސް އާސަންދަ މެދުވެރިކޮށް ލިބުމަކީ ކޮންމެ މީހެއްގެ ހައްގެއް ކަމަށެވެ.

ސިއްޙީ ކަންކަމުގައި ބޭރުންހޯދާ ޚިދުމާތާއި، ގަންނަ ބޭހުގެ ބިލްތައް ރިފަންޑް ކުރަނީ އާސަންދަ ކުންފުނިން ނޫންކަން ފާހަގަކުރައްވައި އެންސްޕާގެ ސީއީއޯ ހީނާ ވިދާޅުވީ، ޝާހިދުގެ ޕޯސްޓްގައި ހިމަނާފައިވާ ފަރާތުގެ ބޭސް ގަތުމަށްފަހު ހުށައަޅާފައިިވާ ބިލަށް އެންމެ ފަހުން ފައިސާ ހަމަޖައްސާފައި ވަނީ މިދިޔަ ޑިސެމްބަރުމަހުކަމަށެވެ. 

ރާއްޖެއިން ނުލިބޭ ބޭސް ގަތުމަށްފަހު ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން އެންސްޕާއަށް ބިލް ހުށައެޅުމުން ކޮންމެ ރައްޔިތަކަށްވެސް އެންސްޕާއިން އެފައިސާ ރިފަންޑްކޮށްދޭކަމަށާއި، އެކަން އެގޮތަށް ކުރަނީ ވަކި ސަރުކާރެއް އޮވެގެން ނޫންކަމަށް ހީނާ ވިދާޅުވިއެވެ. 

އަދި ކުރިއަށްއޮތްތަނުގައިވެސް ރާއްޖެއިން ނުލިބޭ ބޭސް އާންމު ރައްޔިތުން އެގޮތަށް ބޭސްގަތުމަށް އެންސްޕާއިން ދޭންޖެހޭ އެހީ ލިބޭނެކަމުގެ ޔަގީންކަން ސީއީއޯ ހީނާ ވަނީ ދެއްވާފައެވެ. އަދި ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ މިވީ ދުވަސްތަކުުގެ ތެރޭގައި އެތައް ފަރާތަކަށް އެގޮތަށް ފައިސާ ރިފަންޑްކޮށްދީފައިވާކަން ހީނާ ވާނީ ފާހަގަކުރައްވާފައެވެ. 

ކުރީގެ ސަރުކާރުން އެންސްޕާ އާއި އާސަންދައިން އުޞޫލުތަކާއި ޚިލާފަށް ސިޔާސީ ކަންކަމަށް ޚަރަދުކޮށްފައިވާކަން ހާމަވާކަން ފާހަގަކުރައްވައި ހިނާ ވަނީ ޤައުމުގެ އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުން ސިޔާސީ މަޤުޞަދުތަކެއް ހާސިލްކުރުމަށް ކަންކަމުގެ ހަޤީގަތް އޮޅޭގޮތަށް ވާހަކަތައް ނުފެތުރުމަށް ގޮވާލައްވާފައެވެ.

ޝާހިދުއަށް ދެއްވި ވަރުގަދަ ބަހުގެ ހަމަލާގައި ހީނާ ކުރެއްވި އެކްސްގައި ނިންމަވާލައްވަމުން ލިޔުއްވާފައިވަނީ “މިދިޔަ ސަރުކާރުގައި ބައި އިލެކްޝަންތަކާއި ދިމާކޮށް، އާސަންދަ އެންސްޕާގެ މޭޒު އެ ދާއިރާތަކުގައި ބަހައްޓައިގެން ތިބޭފުޅުން ބޭނުންވާ ބަޔަކަށް އުސޫލާ ޚިލާފަށް ކަންކަންކޮށްދިންކަން ވަރަށް ސާފު. ތިބޭފުޅުންގެ މިސްރާބު ހުރީ ހަމަ މަގަކަށްނޫން. އަނދަވަޅަކަށް” ކަމަށެވެ.

ހީނާގެ ޕޯސްޓުގައި “ދުނިޔޭގެ ރައީސް” މިފަދައިން ލިޔުއްވީ ރާއްޖޭގެ ޚާރިޖީ ވަޒީރު ކަމުގައި ޢަބްދުﷲ ޝާހިދު އދ.ގެ ޢާއްމު މަޖިލީހުގެ 76ވަނަ ދައުރުގެ ރިޔާސަތާ ޙަވާލުވެވަޑައިގެން ރައީސް ކަމުގެ މަޤާމުގެ ހުވައު ކުރައްވައި އެމަޤާމު ފުރުއްވާފައި ވާތީ ކަމަށް ބެލެވެ އެވެ.

.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post