ސޮވެރިން ފަންޑުގައި މިހާރު ހުރީ 30 މިލިއަން ޑޮލަރު: މިނިސްޓަރ ސައީދު

By admin Mar25,2024

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށާއި، އަހަރު ނިމޭއިރު އެ ޢަދަދު ވަރަށް ބޮޑަށް އިތުރުކުރެވޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށްގެންދިޔަ ހަރަކާތެއްގައި ރޭ ވާހަކަދައްކަވަމުންނެވެ.

އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، 2018 ވަނަ އަހަރުއި އެމްޑީޕީން ވެރިކަމާއި ހަވާލުވިއިރުގައި 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދަކަށް ފައިސާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރިކަމަށެވެ. ނަމަވެސް އެ ސަރުކާރު ނިމުނުއިރު ހުރީ އެންމެ 3 މިލިއަން ރުފިޔާކަމަށް ސަޢީދު ވިދާޅުވިއެވެ

ކުރީ ސަރުކާރުގައި ފައިސާ ޗާޕްކުރުި ސިޔާސަތަށްވެސް ސަޢީދު ފާޑުވިދާޅުވިއެވެ. އެގޮތުން ޤާނޫނަށް ބަދަލު ގެނެސްގެން ކުރީ ސަރުކާރުގައި ފައިސާ ޗާޕުކުރިއިރު، އެފުރުޞަތު މިސަރުކާރަށްވެސް އޮތްކަމަށް ސަޢީދު ވިދާޅުވިއެވެ. ނަމަވެސް ރައީސް ކުރައްވަން ބޭބުންފުޅު ނުވިކަމަށް އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ. ފައިސާ ޗާޕްކުރުމުގެ ބަދަލުގައި، އިޤްތިޞާދީ ކައުންސިލަށް ރައީސް ދެއްވި އިރުޝާދަކީ ފައިސާ ޗާޕުނުކޮށް ޑޮލަރުގެ ކުރިމަތީގައި ދިވެހި ފައިސާގެ ބާރުގަދަކުރުންކަމަށްވެސް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ. 

ފައިސާ ޗާޕްކުރުމަށް ކުރީ ސަރުކާރުގައި ޤާނޫނަށް އިޞްލާހު ގެނެސް، ތިން އަހަރު ތެރޭގައި 8.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާކަމަށް މަރުކަޒީ ބޭންކުން ވަނީ ވިދާޅުވެފައެވެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post