ރަަޝިއާގެ ހަމަލާ: ހައްޔަރުކުރި ޓެރަރިސްޓު ބުނީ ކީކޭކަން އެނގޭތަ؟

By admin Mar23,2024

ރަޝިއާއަށް ކްރޮކަސް ސިޓީ ހޯލުގައި ދިން ޓެރަރިސްޓު ހަމަލާއަށްފަހު ފިލަންވެގެން ދިޔަ އެހަމަލާގަ އެންމެ އިސްކޮށް އުޅުނު މީހާ ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކުރީ ޔުކްރޭނު ބޯޑަރު ކައިރިން ޗެޗްނިއާގެ މިލިޓަރީ މީހުންނެވެ.

ބަންދުގައި ހުރި މީހާ ވަނީ އެ ޖަރީމާއަށް ތައްޔާރުވުމުގެ މަސައްކަތް ކުރިއަށް ދިޔަ ގޮތް ކިޔައިދީފައެވެ. އެގޮތުން އޭނާއަށް 5 ލައްކަ ރުބެލް ދިން ކަމަށާ އެޑްވާންސް.ފައިސާ އަކީ ދެބައިކުޅަ އެއްބައި ކަމަށާ އަނެއްބައި މީހުން މަރާ ބުނުމަށްފަހު ދޭން އެއްބަސްވެފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެއީ އެއްފަހަރާ ގިނަ އަދަދެއްގެ ފައިސާތަކެއް ލިބޭތީ ކުރި ކަމެއް ކަމަށާ ފައިސާ އޮފަރ ކުރީ އަބްދުﷲ ނަމަކަށް ކިޔާ މީހެއް ކަމަށްވެސް އޭނާ ބުނެފައިވާކަމަށް ހަބަރުތައް ބުނެއެވެ.

ކުށްވެރިން ދަތުރުކުރި ކާރު ހުއްޓުވާފައިވަނީ ބްރައިއަންސްކް ސަރަހައްދުގައެވެ. ޖާސޫސީ އިދާރާތަކުން ބުނާ ގޮތުގައި މިހަމަލާއާ ގުޅޭ ބައެއްކަހަލަ ޝައްކުކުރެވޭ ހެކިތައް އެބަ ފެނެއެވެ. އަދި މިކަމުގައި ޝާމިލްވާ ފަރާތްތައް ހޯދާނެ ކަމަށްވެސް ރަޝިއާގެ ރައީސް ޕުޓިން ވިދާޅުވި އެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މަރުވި މީހުންގެ އަދަދު 115 އަށް އަރާފައިވާއިރު، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ޓެރަރިސްޓުން ކޮންސެޓް ހޯލުގައި އަލިފާން ރޯކޮށްލުމާއެކު ގާތްގަނޑަކަށް 13 ހާސް އަކަމީޓަރުގެ ބިމެއް ވަނީ އަލިފާން ރޯވެފައެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މިހަމަލާ މިދިނީ މިދިޔަ ހަފްތާގައި ގިނަބަޔަކަށް އަނިޔާވާނެ ވަރުގެ ހަމަލާތައް ދޭނެކަމަށް ޒެލެންސްކީ ވައުދުވެފައި ވަނިކޮށެވެ. ނަމަވެސް މިހަމަލާއާއި ކިއޭވް އާ ގުޅުމެއް ނެތްކަމަށް ބުނާއިރު ، މިއީ އިސްލާމިކް ސްޓޭޓުން ދިން ހަމަލާއެއްކަމަށް އެޖަމާއަތުން ބުނެއެވެ. އައިއެސް އަކީ މުސްލިމުންގެ ނަމުގައި ތިބި ނަމަވެސް މުސްލިމުންގެ އަގު ވައްޓާލައި މުސްލިމުން ބަދުނާމުކޮށް މުސްލިމުންނާ ދެކޮޅު އަމަލުތައް ހިންގާ ޖަމާއަތެކެވެ. އައިއެސް އަކީ އެމެރިކާއާއި ހުޅަނގުން ފަންޑުކުރާ ބައިގަނޑެކެވެ. މަޤްޞަދަކީ މުސްލިމުން ބައިބައިކޮށްލައި، މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށްބުނެ މުސްލިމުންގެ ބިންތައް ފޭރިގަތުމެވެ. މިކަމުގައި ޔަހޫދީންނާ ކުރިސްޓިއަނުންނާ ބުޑިސްޓުންނާ ހިންދޫން (ކުރުކޮށް ބުނާ ނަމަ ކާފަރުން) އެކަތިގަނޑަކަށް ވެއެވެ. އެކަން ވަނީ ގުރުއާނުގައި ވެސް ވަނީ ކުރައްވާފަ އެވެ

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post

Leave a Reply

Your email address will not be published. Required fields are marked *