ތަހުގީގު: ޑުރޯން އަށްފަހު، ރާއްޖެ މަސްތުވާތަކެތީގެ ހަބަކަށް ހެދުމުގެ ނުރައްކާތެރި ޕްލޭން

By admin Mar14,2024

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް މަސްތުވާ ތަކެތީގެ ޝިޕްމެންޓު ހިފައިގެން ބޭރުގެ ބޯޓު ފަހަރު އަންނަނީ ސިޔާސީ ބައެއް ފަރާތްތައް އަޑީގައި ތިބެގެންނެވެ.

މިއީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށް ޔަގީންކަމާއެކު އެނގިވަޑައިގަންނަ ކަމަކަށް ނުވާތީ އެމަނިކުފާނަށް ވެސް މިކަމުގައި ހެއްދެވޭނެ ގޮތެއް ނެތްކަން ބިތުފަންގި ޑޮޓް ކޮމް އަށް ވަނީ އެނގިފަ އެވެ.. ދަށުން މަސައްކަތްކުރާ މީހުންނަށް އިތުބާރުކޮށްފައި މަސްތުވާ ތަކެތި ޓުރެފިކް ކުރުން ހުއްޓުވުމަށް ކިތަންމެ އިހުލާސްތެރި މަސައްކަތެއް ކުރެއްވިޔަސް ކައިރީގައި ތިއްބެވި މީހުންނާއި އެމީހުންނާއި ގުޅިފައިވާ ޑުރަގު ލޯޑުންގެ ރޭވުން ރައީސް މުއިއްޒު އަކަށް އެނގިވަޑައި ނުގަންނަވައެވެ.

ރާއްޖޭގެ ވަރަށް ގިނަ މީހުންނަށް މަސްތުވާ ތަކެތި ސަޕްލައިކުރާ ފަރާތްތައް އެނގެއެވެ. ބޮޑަށް އެނގެނީ ދޫނިދޫ އާއި މާފުށީ ޖަލަށް ލާފައި ތިބި ބޭރުގެ އެކިއެކި ޑުރަގު ޓުރެފިކަރުން ދިވެހިންނާއި މަސްހުނި ކުރުމުގެ ސަބަބުން ނެވެ. ރާއްޖެއަށް އެންމެ ފުރަތަމަ ސިލިންޑަރެއްގެ ތެރޭގައި ގެނައި 28 ކިލޯ އަކީ މީގެ ފެށުމެވެ. އޭތި ބަސްޓު ވުމާއެކު އެމައްސަލާގައި ހިމެނޭ މީހަކު ދޫނިދޫގައި ތަޅުވަތަޅުވާފައި ފަހުން ދޫކުރީ ސިޔާސީ ފަރާތްތަކެއްގެ އެއްބާރުލުން ލިބިގެންނެވެ.

އަެގެފަހުން ދެން އައީވެސް އެއިން ފެޅި ގޮއްޕަކުން ގެނައި ތަކެއްޗެވެ. މިގޮތަށް 50 ކިލޯ 100 ކިލޯ އަދި 400 ކިލޯއާ ހަމަޔަށް ފަހުން އެތެރެވާން ފެށިއެވެ. މިތަކެތި އެތެރެވުމުގައި ރާއްޖޭގެ ކޯސްޓުގާޑުގެވެސް ހިއްސާ އޮވެއެވެ. އެމީހުންމަށް 1 މިލިއަން ރުފިޔާ ދިނީމާ ބޭރުގެ ބޯޓު އަންނަ ސަރަހައްދާއި ދިވެހި އުޅަނދު ބައްދަލުކުތާ ސަރަހައްދު “އޮމާން ކޮށްލައެވެ”. އެހެންކަމުން ފަސޭހަކަމާއެކު މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ވެއެވެ.

ބޮޑެތި މަސްތުވާ ތަކެތީގެ ޝިޕްމެންޓު ގެންނަން ފައިސާ ހޯދަނީ ކިހިނެއް؟

ބޭރުގެ މާފިޔާ ޑުރަގު ލޯޑުން ރާއްޖެއަށް މަސްތުވާ ތަކެތި ފޮނުވައިދެނީ އެޑްވާންސަށް ވަކި ވަރަކާށް ޑޮލަރާއި ގެރެންޓާއަކު ބެހެއްޓީމަ އެވެ. ފައިސާ ހަވާލުކުރަން ޖެހެނީ ޑުބާއީ އިންނެވެ. ފައިސާ ހަވާލުކުރާތާ ހަފްތާއެއްތެރޭ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ޝިޕްމެންޓު ކައިރި ކުރެއެވެ. 2 ލައްކަ ޑޮލަރާއި މީހަކު ބަހައްޓައިފިނަމަ 400 ނުވަތަ 500 ކިލޯވެސް ގެނެސްދެއެވެ. އާންމުކޮށް ކައިރިކުރަނީ ރ.އަތޮޅު ބ. އަތޮޅު، ލ. އަތޮޅު އަދި ހުވަދޫ އަތޮޅާއި ދިމާލުން 100 މޭލާއި 300 މޭލާއި ދެމެދަށެވެ.

އެމްޑީޕީ ސަރުކާރަކީ މަސްތުވާ އެއްޗިއްސާއި ދެކޮޅު ސަރުކާރަކަށްވީ ފަހަރެއްގައިވެސް ދިވެހިންދެކެ ލޯބިވާތީކީއެއް ނޫނެވެ. މަސްތު ކުޅީގައި މުއްސަނދިވަނީ އެމްޑީޕީ ފިކުރާއި އިދިކޮޅު ސިޔާސީ ފަރާތްތައް ކަމަށްވާތީއެވެ. އެހެންކަމުން އެމްޑީޕީން ބޭނުންވީ އެމީހުންގެ މުއްސަނދިވާ ދޮރުތައް ބަންދުކުރާށެވެ. އެގޮތުން 6 މީހަކު އެމްޑީޕީން ލޭބަލްވެސް ކުރިއެވެ. އެމީހުންގެ ވަނަވަރު ކިޔުން މުހިއްމެއް ނޫނެވެ. ބިތުފަންގި ޑޮޓް ކޮމް އަށް މުހިއްމީ ރައްޔިތުންނަށް އަސްލު ސަބަބު އޮަލުންފިލުވައިދޭށެވެ.

ކޮންމެޔަކަސް ޑުރަގު އެތެރެވުން ހުއްޓުވުމަށް އެކި ދުވަސްވަރު އެކިކަހަލަ ފިޔަވަޅުތައް އަޅައި އެންމެފަހުން ކަނޑުގެ ސަރަހައްދު ކަމުގައިވާ މައި ދޮރާށްޓަށް އެމްޑީޕީން ފާރަވެރިވިއެވެ. އިންޑިއާއަށް ކަނޑުގެ ސަރަހައްދު މޮނިޓަރ ކުރަން ހަވާލުކުރީ ހަމައެކަނި އެބޭނުމުގައެވެ. އޭގެ ނަތީޖާ ވަރަށް ރަނގަޅެވެ. 1 ބިލިއަން ރުފިޔާ އާއި ގާތްކުރާ އަދަދަކަށް މަސްތުވާ ތަކެތި އިންޑިއާ ސިފައިންގެ އެހީގައި ރާއްޖެއަށް އެތެރެވުން ހުއްޓުވިއެވެ.

ދެންވީ ކިހިނެއް؟

ޑުރަގު ތައް ބަސްޓުވެ ބޭރުގެ ކޮޅުތަކުން ފައިސާ ހޯދަން ޑިމާންޑުކުރަން ފަށައިފިއެވެ. ޕާކިސްތާނުގައި ދެ ދިވެހީން ރަހީނު ވެސް ކުރިއެވެ. އެހެންކަމުން މަސްތުވާތަކެތި ގެންނަން އެއްކަލަ އިންވެސްޓުކުރި ސިޔާސީ މީހުންގެ ކައިރިއަށް ބޯއީސްތައް ދާން ފަށައިފިއެވެ. ދެން ޝިޕްމެންޓެއް ގެނެވޭނީ ކުރިން ބަސްޓުވި އެއްޗިއްސަށް ފައިސާ ދިނީމާ ކަމަށް ބުނާތީއެވެ. އެހެންކަމުން މިމައްސަލަ ހައްލުކުރަން ސިޔާސި މީހުން ދެން ހެދީ އިތުރު ފޯމިއުލާއެކެވެ. އެއީ ދެން ގެންނަ ޝިޕްމެންޓުން ކޮޅަށް ދައްކަންޖެހޭ ފައިސާ ކުރިން ދޭ އަދަދަށްވުރެ ދެގުނަ އިތުރު ކުރުމެވެ. މަސްތުވާ ތަކެތީގެ އަގު މާލޭގައި ބޮޑުވީ އެހެންވެ އެވެ. ކުރިން 100 ރުފިޔާއަށް ގަންނަ ޕީސްގަނޑުން ރަނގަޅު 5 ޝޮޓު ޖަހާލެވޭއިރު މިހާރު 100 ރުފިޔާއަށް ގަންނަ ޕީސްގަނޑުން ޖެހެނީ އެންމެ ޝޮޓެކެވެ. އެހެންކަމުން ވަބާގައި ޖެހިފައިވާ ކުދިން މަގުފޭރިގަނެގެންނާ އެކި ގޮތްގޮތުން މަރުވެގެން 500 ރުފިޔާ ހޯދައިގެން ނޫނީ އެކުދިންގެ ސިކު ފިލުވާލެވޭ ވަރުގެ ޕީސްގަނޑެއް ގަންނާކަށް ނުލިބެއެވެ.

އިންޑިއާ އައުޓް ކެމްޕޭން

އިންޑިއާ ސިފައިން ދިވެހި ކަނޑުގެ ރާޑަރުތައް ބަލަހައްޓާހާ ހިނދަކު ރާއްޖެއަށް މަސްތުވާ ތަކެތީގެ ބޮޑު ޝިޕްމެންޓެއް އެތެރެ ކުރުން އެއީ މުސްތަހީލު ކަމެކެވެ. އެހެންކަމުން ކެމްޕޭނަށް ޕާޓީ ބޮޑުކުރުމަށާ މަޖިލިސް މެމްބަރުން ގަތުމަށާއި ގޭންގުތައް ކޮންޓުރޯލް ކުރުމަށްޓަކައި މަސްތުވާ ތަކެތީގެ ބޮޑު ޝިޕްމެންޓް ރާއްޖެ އެތެރެކުރަން އެބަޖެހެއެވެ. ސަބަބަކީ އެއިން ލިބޭ ފައިސާ އިންތިހާއަށް ގިނަވީމައެވެ. ހެރޮއިން ކިލޯއެއް 9000 ޑޮލަރަށް ގަންނަން ލިބޭއިރު ރާއްޖޭގައި އޭތި ވިއްކަނީ އެންމެ އަގުހެޔޮކޮށްވެސް 700 އަށް ގުރާމެކެވެ. ނަމަވެސް އިންޑިއާ ސިފައިންނާހެދި އެއްޗެހި ނައިސް ޓައިޓްވީމާ ގުރާމެއްގެ އަގު 5000 ރުފިޔާއަށް އެރިއެވެ. އެއީ 9 ހާސް ޑޮލަރަށް ގަނެފަ އެއާޕޯޓުގަ އުޅޭ ނެރެދިން ގުރޫޕަށް 1 މިލިއަން ރުފިޔާ ދީފައިވެސް 3 މިލިއަނަށްވުރެ ގިނަ ރުގިޔާގެ ފައިދާ އެކެވެ.. 1 ކިލޯ ހެރޮއިން ހުސްވާން މަލޭގައި މާގިނައިރެއް ނުނަގާނެއެވެ. ރާއްޖޭގެ ޑިމާންޑަށް ބަލާއިރު ދުވާލަކަށް 3 ކިލޯ ހުސްކޮށްލުމަކީ އެއްވެސް ކަމެއް ނޫނެވެ. ކޮންމެޔަކަސް މިފައިސާ ނުލިބޭތީ އިންވެސްޓަރުން ރުޅިގަދަވީއެވެ. އެހެންވެގެން ކަނޑުގެ ސަރަހައްދު ދިވެހިން އަމިއްލަޔަށް ބަލަހައްޓަން ލަފާދިނީ އެވެ. ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، އެމްއެންޑީއެފް އާއި ޕޮލިސް އަދި ހުޅުލޭ މައި އެއާޕޯޓާއި ކަސްޓަމްސްގެވެސް ސީނިއާ ފަރާތްތަކެއް ޑުރަގު ނެޓްވޯކާއި ގުޅިފައިވާތި، އިންޑިއާ އައުޓްވެއްޖެނަމަ މިއެންމެނަށްވެސް ޑުރަގުން ލާރި ލިބޭނެތީއެވެ. އިންޑިއާ އައުޓް ކެމްޕޭން ޖެއްސީ ހަމައެކަނި މިސަބަބާ ހެދިއެވެ.

ދިވެހިން ކަނޑު ބަލަހައްޓަން ފެށުން

ޑުރޯން ގެނެސްގެން ސަރަހައްދު ބަލަހައްޓަން ތިބޭނީ ސިފައިންގެ ތެރެއިން ކަނޑައަޅަފައިތިބޭ ވަކި ބަޔެކެވެ. އެއީ މާކުރިން އެކަމަށް ހަމަޖައްސަން ބަޔަކު ދިން ލިސްޓެކެވެ. އެލިސްޓުގައި ތިބި މީހުން ޑުރަގު ބޯޓު ރާއްޖެއާ ކައިރިކުރާއިރު ކެމެރާތަކުގެ ރެކޯޑިންގ ކަނޑާލާނެއެވެ. އޭރުން ރާއްޖެއަށް ޑުރަގު ވެއްދުނީއެވެ.

ދިވެހި އުޅަނދުތަކުގައި ޓުރެކިންގ ޑިވައިސް

ިދޯނިފަހަރާއި ސަފާރިތަކާއ ލޯންޗުތަކުގައި ޓުރެކިންގ ޑިވައިސް ހަރުކުރަނީ ރާއްޖޭގެ ސަރަހައްދުން ބޭރުން ގޮސް ގެއްލިދާނެތި ނުވަތަ އަރަބިއަން ސީ އިން ބޯޓުތަކާއިން ބައްދަލުކޮށް މަސްތުވާ ތަކެތި އެތެރެ ކޮށްފާނެތީއެވެ. އެކަމަކު މިއީ ވަކި ބަޔަކަށް ޑުރަގު އެތެރެވިޔަދީ

އަދި ވަކިބަޔަކަށް އެތެރެ ނުކުރެވޭނެ ގޮތް ހެދުމަށެވެ. މޮނިޓަރ ނުކުރާ ހިޑެން ޕޮއިންޓެއް އަރަބިއަންސީއާ ދިމާލުން އޮވެއެވެ. އެހެންނަމަވެސް ޑުރޯންގެ ކެމެރާތައް އޮފްކޮށްލާފަ ރައްޖޭގެ ބުޑަށްވެސް ޝިޕްމެންޓު ގެނެސްދެވޭނެ ގޮތް މިހާރު މިއޮތީ ހަދައިދީފަ އެވެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post

5 thoughts on “ތަހުގީގު: ޑުރޯން އަށްފަހު، ރާއްޖެ މަސްތުވާތަކެތީގެ ހަބަކަށް ހެދުމުގެ ނުރައްކާތެރި ޕްލޭން”
 1. Thikan kurany Yaameen aaai Adeeb aai AdanZahir wawathi adhi Redwawe Saleem.

  Yaameen ge kanthakuga kurin ulhuny Jagiyaa Nazım aaai Wawathi AdanZahir . AdanZahir ge boy akah ulhuny Chika.
  Rewave saleemge boy aky Baarashu Shuja. Shuja ge boys akü eynaage anhenunge kokko Ippa aai Shafaa

  Adeeb ge boy Aly MasOdi Shiruhan.

  1. އެހެންތާ. ދެން ކޮބާ އެއާޕޯޓާއި ސިފައިންގެއާ ކަސްޓަމް؟

 2. އިންޑިއާ އައުޓް ކިޔަން ތިބީ ހުރިހާ ގޭންގުތަކުން.އެމްއެންޑީއެފްގެ މަސްތުވާ ތަކެތީގެ ވިޔަފާރީގަ އުޅޭ 4 ސިފައިން ވަރަށްފަހުން ތުރުކީ އަށް ދިޔަ. ޑުރޯން ޓެސްޓު ކުރުމަށް. އެމީހުންގެ މުސާރައަށް 20 ކިރިޔާ ލިބޭއިރު އެކަކު އަތުގަ ރޭ4 ކާރެއް އޮވޭ. ދިރިއުޅެނީ 23 ހާސް ރުފިޔާގެ ކުލި ދައްކާ އެޕާޓެއްގަ 4 ކޮޓަރި ހުރޭ. ގޭގައި ނޭޕާލް މެއިޑެއް ހުރޭ. ސިފައިންގެއިން ލިބޭ މުސާރަ ފިޔަވައި ދެން ލާރި ލިބޭ އެހެން ވަސީލަތެއް ނެތް މަސްތު ކުޅިވަރު ފިޔަވާ. އެނގޭތޯ މިބުނަނީ.

 3. މިތަނުން ފޮޓޯގަ އެހެރަ އެކަކު ޕޮލިހުން ހައްޔަރުކޮށްފި. ޕާލަމެންޓު މެމްބަރެއް. ދެންތިބީވެސް ހަމަ އޭގެ މީހުންތަ؟

 4. ހަކުރު ވިއްކާ މުއްލާ އިން ތައް ތީ. މަޖިލީހުގަވެސް ގައުމުގެ ވެރިންގެ ގޮތުގާވެސް. އިންޑިއާ އައުޓް ކޮށްފަ އަހަރެމެންގެ ދަރިންތައް ހަލާކުކޮށްލަނީ. ބަލާއެއްނު

Leave a Reply

Your email address will not be published. Required fields are marked *