MENU

ސައިޒުފެނި ކޮޅުވީ ކޮން ކުދިންނެއް؟

18 ސެޕްޓެމްބަރ 2018 އަކީ ހުރިހާ ގޮތަކުންވެސް ބޮޑު ދުވަހެކެވެ. ދިވެހި ތާރީހުގައި އެޅިގެންދިޔަ އެންމެ ބޮޑު ރަންވޭ ހުޅުވިގެންދިޔައީ 18 ސެޕްޓެމްބަރ 2018 ގައެވެ. ދުނިޔޭގެ އެންމެ ބޮޑު ދަތުރުވެރިން އުފުލާ މަތިންދާބޯއްޓު އެއާރބަސް އޭ-380 ދިވެހި ފަސްގަނޑުގައި ފައިޖައްސައިލީވެސް ހަމަ 18 ސެޕްޓެމްބަރ 2018 ގައެވެ. ނުވިތާކަށް ދިވެހިން އެ ކުޅިވަރަކަށް މަރުދޭ ސަރަހައްދީ އެންމެ ބޮޑު އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތުގެ ތައްޓައިގެން ދިވެހި ގައުމީ ފުޓުބޯޅަ ޓީމު މާލެ އައީވެސް ހަމަ 18 ސެޕްޓެމްބަރ 2018 ގައެވެ. މީގެ އިތުރުން ދިވެހި ތާރީހުގައި ބޭއްވި އެންމެ ބޮޑު އެއްވުން ބޭއްވީވެސް ހަމަ 18 ސެޕްޓެމްބަރ 2018 ގައެވެ.

އެއީ މީގެ 11 ދުވަސް ކުރިޔެވެ. ހަމަ މިމަހުގެ 8 ވަނަ ދުވަހު ހެންވޭރުކޮޅުގައި އިދިކޮޅު ފަސް ލީޑަރުން އެއްވެ މުޅި ރާއްޖެއިން މީހުން ގެނެސް 68000 ސްކޮޔާ ފީޓުގެ ކާނިވާ ސަރަހައްދުގައި 12000 މީހުން އެއްކޮށްގެން ބޭއްވި ޖަލްސާއެއް ބޭއްވިއެވެ. އިދިކޮޅު އެކްޓިވިސްޓުން އެއް މަސްދުވަހު އިސްތިހާރުކޮށް އަޑުގަދަކުރާއިން ގޮވައިގެން މުޅި ރާއްޖެއިން އެއްކުރެވުނީ ހަމަ އެންމެ 12000 ހެވެ. އަނެއްކޮޅުން ޖަލްސާއަށް ގެނައި މީހުން މަގުމަތިކޮށް ކޭން ބުއިމާ ނިދާނެތަނެއް ނުދީ މަގުމަތި ކޮށްލިއެވެ. ރާއްޖޭގެ ހުރިހާ ރަށަކުން އަތްފުނާ އަޅައިގެން އިދިކޮޅު އިއްތިހާދަށް ލިބުނީ އެންމެ 12000 މީހުނެވެ. އެމްޑީޕީގެ އެކްޓިވިސްޓް އަދި ހިސާބުޖަހާ އައްބާސްގެ ލަފަޔާއިއެކު މީހުން ގިނަކަމަށް ދެއްކުމަށް ކޮންމެ ގޮނޑިއެއްގެ ދެމެދުގައި ބައި ފޫޓު އަދި ކޮންމެ ދެބަރި ދެމެދުގައި ދޮޅުފޫޓުން ގޮނޑިޖަހާ ބޭއްވި ޖަލްސާ ނިންމާލީ އިދިކޮޅުން ސައިޒު ދައްކާލީ ކަމަށްބުނެ ވެރިކަންކުރާ ޕީޕީއެމަށް ޗެލެންޖެއް ކޮށްފައެވެ.

ޕީޕީއެމަކީ ޗެލެންޖެއް ކުރަން ހެޔޮވާވަރު ބައެއް ނޫނެވެ. ޕާޓީގެ ޖޯޝާ ފޯރިޔަގައި ހަމަ ކޮންމެ ކަމެއްވެސް ކޮށްފާނެ ބަޔެކެވެ. އިދިކޮޅު އިއްތިހާދުން ކުރި ޗެލެންޖާއިއެކު މީހުން އެއްކުރެވެނީ ކޮން ބަޔަކަށްކަން ދައްކާލަން ޕީޕީއެމް އިން އިއުލާންކުރިއެވެ. އެއާއިއެކު މުޅި ރާއްޖެ ކެކި އުތުރި އަރައިގަތެވެ. 30 ހަކަށް މީހުން ގެންނާން އަންގާލި އަތޮޅުތަކުން 400 މީހުން، 50 މީހުން ގެންނަން ބުނީތީ 500 މީހުން މާލެއަށް ބަނދަރު ކުރިއިރު ދޯނިތަކުގައި ތިއްބެވެ. ޖަލްސާއަށް މީހުން ފާޅުކުރި ތާއީދާއި ދެއްކި ހިތްވަރުން އިދިކޮޅުގެ ހިތް މަރުވެއްޖެއެވެ. އިދިކޮޅުން ޗެލެންޖް ކުރި ފޮޓޯ ޕީޕީއެމުން އެއައްވުރެ ހަތަރުގުނަ މީހުންނާއި އެކު ނަގާ ދައްކާލިއެވެ.

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެބޮޑު ޖަލްސާ 50000 މީހުންނަށްވުރެ ގިނަ ބަޔަކާއިއެކު މާފަންނު ސްޓޭޑިއަމްގައި ބޭއްވިގެންދިޔައިރު ހަޤީގަތުގައިވެސް ޕީޕީއެމްގެ ސައިޒް އިދިކޮޅަށް ފެނިގެން ހިގައްޖެއެވެ. ޖެހިލުންވެ މޭކަރާގޮތް ވެއްޖެއެވެ. އެއާއިއެކު އިދިކޮޅު މަޖިލިސް މެންބަރުންނާއި އެކްޓިވިސްޓުން ގޮތްހުސްވެއްޖެއެވެ. ރޭގެ ޖަލްސާއި އެކެއްގެ ބައްޓަމަށް އަޅާފައި އިން ސްޓޭޖް އިދިކޮޅު ފަރާތްތަކުން އެޑިޓް ކޮށް އެކެއްގެ ބަދަލުގައި ފިރިހެން ހަށީގެ ސޫރަ ލައިގެން ޓްވީޓް ކުރައްވަމުން ގެންދަވާއިރު ހަޤީގަތުގައިވެސް ރޭގެ ބޮޑު ޖަލްސާގެ ސައިޒުފެނި އިދިކޮޅުން ކޮޅުވެއްޖެއެވެ.

ނޯޓް: ދިވެހިބަހުގެ ރަދީފްގައި ކޮޅުވުން މިބަހުގެ މާނާ ތިރީގައި އެވަނީއެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.