MENU

ދި ގްރޭޓް "ވީ އައި އޭ"

އޭ-380 އޭ ބުނުމުން ހިތައްއަންނަކީ ކީކޭތޯއެވެ؟ އާއެކެވެ. މިދައްކަކީ ދުނިޔެ މިހާތަނަށްދެކުނު އެންމެބޮޑު ދަރުތުވެރިންއުފުލާ މަތިންދާބޯއްޓުގެ ވާހަކައެވެ. ސުޕާރ ޖަންބޯ ޖެޓް ގެ ނަމުން މަޝްހޫރު މި ބޯއްޓުގެ ދިގުމިނުގައި 72.7 މީޓަރު އަދި ފުޅާމިނުގައި އެއް ފިޔައިން އަނެއް ފިޔާގެ ކޮޅަށް 79.8 މީޓަރު ހުންނައިރު އުސްމިނުގައި 24.1 މީޓަރު ހުރެއެވެ. ކެބިންގައި އެކަނިވެސް ފުޅާމިނުގައި 6.5 މީޓަރު އަދި ދިގުމިނުގައި 50 މީޓަރު ހުންނަ މި ބޯއްޓުގެ ދެ ފަންގިފިލާގައި އެއްފަހަރާ 853 ދަތުރުވެރިން އުފުލުމުގެ ޤާބިލުކަން ލިބިގެން ވެއެވެ.

 

ނަމަވެސް ސުވާލަކީ ރާއްޖޭގެ މައި ދޮރާށި ވެލާނާ އިންޓަރނޭޝަނަލް އެއާރ ޕޯޓް 3 ފްލޯގެ ގެއެއްވަރު މި މަތިންދާބޯއްޓައް ކަތާނެތޯއެވެ؟ ނޫނެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާރ ޕޯޓް ބޮޑުކޮށް ޓައިޕް އެފް ގެ އެއާރ ކްރާފްޓްތަށް ޖެއްސޭވަރަށް ތަރައްޤީކޮށްގެން ނޫނީ ރާއްޖޭގެ މައި ދޮރައަށިން މިވަރުގެ "ގޮލައެއް" އެތެރެ ކޮއްލުމަކީ ވާނޭ ކަމެއް ނޫނެވެ. ރާއީސް ޔާމީން ދިވެހިންގެ އެއާރ ޕޯޓް ދިވެހިންނަށް ހޯއްދަވައިދެއްވާ ނިއްމަވައިލެއްވީއެއް ނޫނެވެ. ވީއައިއޭ ޒަމާނީ ބޮޑު އެއާރޕޯޓަކަށް އެގެންދަވަނީ ބަދަލު ކޮށްދެއްވަމުންނެވެ.

އައު ރަންވޭ

ވެލާނާ އިންޓަރނޭޝަނަލް އެއާރ ޕޯޓުގައި މިހާރު ބޭނުންކުރާ ރަންވޭއަކީ 3200 މީޓަރު ދިގު އަދި 45 މީޓަރު ފުޅާ ރަންވޭއެކެވެ. ނަމަވެސް މިއީ ޒަމާނަށް އައި ތަރައްޤީއާއި އޭވިއޭޝަންއަށް އައި ތަހުޒީބަށް ބަލާނަމަ ކުޑަ ރަންވޭއެކެވެ. ދުނިޔޭގެ އެންމެ ބޮޑު ދަތުރުވެރިން އުފުލާ އޭ-380 އަށް ފައިޖައްސައިލެވޭވަރަށްވުރެ ކުޑަ ރަންވޭއެކެވެ. ރައީސް ޔާމީންގެ ދުރުވިސްނުންފުޅާއިއެކު ވީއައިއޭއަށް ގެންނަވަމުންގެންދަވާ ތަރައްޤީއާއިއެކު އަލަށް އަޅާ ރަންވޭގެ ދިގުމިނުގައި 3400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރު ހުރެއެވެ. މިޢި އެންމެ ބޮޑެތި ކާގޯ މަތިންދާބޯއްޓު ތަކަށްވެސް ޖެއްސޭ ފެންވަރުގެ އެއާ ޕޯޓެކެވެ.

އެއާރ ކާގޯ

ވީއައިއޭ އަށް ގެންނަވަމުންގެންދަވާ ތަރައްޤީއާއިއެކު އަލަށް ހަދާ އެއާރ ކާގޯ ފެސިލިޓީސް ވެގެންދާނީ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް އެންމެ ބޮޑު ނަފާއެއް ހޯދައިދޭނޭ އެއް ހިދުމަތެވެ. ޒަމާނީ ފެންވަރުގެ އެންމެ ފަހުގެ ޓެކްނޮލަޖީ އާއިއެކުއެވެ. މިހާރުގެ ޓަރމިނަލަށްވުރެ 3 ގުނަ ބޮޑުކޮށް ހަދާ އައު ކާގޯ ޓަރމިނަލް ނިމިގެންދާއިރު ކާގޯ އުފުލުމަށް ހާއްސަ ޖެޓީއެއްވެސް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އެއާރ ކާގޯގެ ހިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެންދާނޭ ބޮޑު ލުޔެކެވެ.

އައު އިންޓަރނޭޝަނަލް ޓަރމިނަލް

2018 ވަނަ އަހަރަކީ ހުރިހާގޮތަކުންވެސް ހާއްސަ އަހަރެކެވެ. ރާއްޖެއަށް ދިވެހި ތާރީހުގައިވެސް އެއް މިލިޔަން ފަތުރުވެރިން އައީ ދާދި މިދާކަށް ދުވަހުއެވެ. ނަމަވެސް ދިވެހިން ގެ ހިތްހެޔޮ މެހުމާންދާރީ އަހަރަކު އެއް މިލިޔަން މީހުންނަށް ދީގެން އަތްއުރައިގެން ތިބުމުގެ ބަދަލުގައި 7 މިލިޔަން ފަތުރުވެރިންނަށް ދިވެހިން ހިދުމަތް ދިނުމަށް މިދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް މައި ދޮރާށީގެ މިކަމަށް ފައްކާކުރަން އެބަޖެހެއެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ތަރައްޤީކުރާ ޕަސިންޖަރ ޓާރމިނަލްގައި 40 ގޭޓް ބަހައްޓައި، 36 އިމިގްރޭޝަން ކައުންޓަރ ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އަދި ސީދާ ޕަސެންޖަރ ޓަރމިނަލުން މަތިންދާބޯޓަށް ދެވޭގޮތަށް އެއިރޯ ބްރިޖްވެސް އައު ޓާރމިނަލްގައި ހުންނާނެއެވެ. އާ ޓަރމިނަލް އެޅުމަށް 78 ހާސް އަކަމީޓަރގެ ބޮޑު ބިމެއް ގައި ވަނީ މަސައްކަތްތަށް ފަށާފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާރ ޕޯޓަށް ގެންނަ ޒަމާނީ ތަރައްޤީއާއިއެކު ދިވެހިރާއްޖެ އިގްތިސޯދީގޮތުން މެކުހަށް ޖަހާނެއެވެ. މިއީ ފަތުރުވެރިކަމަށް އަންނާނޭ ބޮޑު ބޫސްޓެކެވެ. އޭ-380 އަށް ދިވެހިން މަރުހަބާ ކިއުމަށް ތައްޔާރުވަމުން ދާއިރު އެވަރުގެ ބޯއްޓުފަހަރަށް ބޭނުންވާވަރުގެ ޖެޓް ފިއުލްއަކީ ދަތިތަކެއް ނެތި ރާއްޖެއިން ލިބެން ހުންނަންޖެހޭނެ އެއްޗެކެވެ. ރައީސް ޔާމީންއަކީ ދުރު ވިސްނޭ ބޭފުޅެކެވެ. ފަހުން ވެދާނެ ތާއްޓަށް ވިސްނަވާ ބޭފުޅެކެވެ.

އައު ފިއުލް ފާމް

އަލަށް ގާއިމްކުރެވިގެންދާ ފިއުލް ފާމުގައި 15000 ކިއުބިކް މީޓަރުގެ 3 އޭވިއޭޝަން ފިއުލް ޓޭންކަކާއި 500 ކިއުބިކް މީޓަރުގެ ދެ ޑީސަލް ޓޭންކަކާއި 50 މީޓަރުގެ ދެ ޕެޓްރޯލް ޓޭންކް ހިމޭނެއެވެ. މީގެ އިތުރުން އެންމެ ޒަމާނީ ޕަންޕު ސްޓޭޝަންތަކާއި ފިއުލް ލޯޑިން ސްޓޭޝަންތަށް ހުންނާނެއެވެ. މިއާއިއެކު ބޯއްޓުތަކަށް ތެޔޮއެޅުމުގައި ބޭނުން ކުރެވިގެންދާނީ ފިއުލް ހައިޑްރެއިޓް ސިސްޓަމެއް ކަމުން ބޯއްޓުތަކަށް ތެޔޮއެޅުމުގައި އަދި އުފުލުމުގައި ކުރިޔަށްވުރެ ރައްކާތެރިވެގެންދާނެއެވެ.

މިހާހިސާބުން ހިތުގައި ޖަހާލަނީ އެއް ރާގެކެވެ.

މިއީ ދިވެހި ތާރީހު އުފަލުން ފަވާލާ

މިއީ އައި ތަރައްޤީގެ ފެށުމޭ ކިޔާލާ

މިއީ އެތަނަކީ  އެތަނަކުން  އުދުހިލާ

މިއީ މާ ދޮރައައްޓޭ ތަނަށް ވަދެނިކުމެވާ

COMMENTS: 2
  1. September 14, 2018 by އާދަމް Reply

    ދިގުމިނަށްވުރެ ފުޅާމިން ދިގޭ

  2. September 14, 2018 by ފަޔަޒް Reply

    ޥ. ފައްކަލޭ

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.