MENU

މައުމޫނުގެ ބޮޑު ކެކުރި

ދައްކަން މިއުޅެނީ އިންސާފުގެ ވާހަކަ އެވެ. ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގައި ކިތަންމެ ކުޑަ ކެކުރިއެއް އޮތް މީހެއް ނަމަވެސް އަދި ކިތަންމެ ބޮޑު ކެކުރިއެއް އޮތް މީހެއް ނަމަވެސް ހަމަ ހަމަ އެވެ. ޤާނޫނު އަސާސީގެ ކުރިމަތީގައި އިންސާފު ޤާއިމު ކުރުމަށް ބަލަނީ އަތުގައި އޮތް ކެކުރީގެ ކުޑަ ބޮޑު މިނަކަށް ނޫނެވެ.

ރާއްޖޭގައި އެންމެ ދިގު ވެރިކަމެއް ކުރި ބޭފުޅަކީ ކުރީގެ ރައީސް މައުމޫނެވެ. މިއީ އެމަނިކުފާނަށް ހައްޤު ލަޤަބެކެވެ. މިއާއިއެކު ނުހައްޤުން އެންމެ ގިނައިން މީހުން ޖަލައްލީ ވެރިއަކީވެސް މައުމޫނެވެ. މިއީވެސް އެމަނިކުފާނަށް ހައްޤު ލަގަބެކެވެ. ޑަކްޓަރުންނާ މުދައްރިސުންނާ އާދައިގެ ނިކަމެތި ރައްޔިތުންގެ އިތުރުން އެތަކެއް ޝޭހުނެއްވަނީ މައުމޫނުގެ ވެރިކަމުގައި ހައްޤަކާއިނުލާ ޖަލައްލެވިފައެވެ. މިއިން ކޮންމެ މީހަކު ބަންދުކޮށް ގެންގުޅެފައިވަނީ 4ފޫޓު 4 ފޫޓުގެ ޓިނު ގޮޅިއެއްގައެވެ. ދޭހާ އަތްވެއްގައި ގަދަ ހޫނުގައެވެ. ނަޖިހުން ތަތްތެޅި ފޯވެފައެވެ. އިރުގެ އަލިކަމެއް ދުވާލެއް ރޭގަނޑެއް ވަކިނުވާ ހާލުގައެވެ. ބޭސްފަރުވާއެއް އެހެނިހެން އިންސާނީ ހައްޤެއް ނެތެވެ. ފެންފޮދެއް ކާއެއްޗެއް ދިނަސް އެވެސް ހަދަނީ ދެވޭ އަޒާބަކަށެވެ.

މަތިފަޑިމަތީ ރައްޔިތުންގެ ލާރިން ބޮޑެތިވި ދަރިންނަށް ފަހަރުގައި ހަމަބިމުގައި ކަންހިނގާ އުސޫލެއް ނޭގި ހިނގައިދާނެއެވެ. ނަމަވެސް ހަޤީގަތަކީ ޔުމްނާ މައުމޫނުގެ ބަފާ ނޫނަސް ޖަލުގައި މީހުން އެބަތިބިކަމެވެ. ނަސްރީނާގެ ބޮޑު ކެކުރި ނޫނަސް މީސްމީހުންގެ ފިރިން ޖަލުގައި ތެޅުވިކަމެވެ. އެހެންވީއިރު މިއަދު އަޑުގެ ކޮޅަށް "ހޭރެންވީ" ކޮން ކަމަކާތޯއެވެ؟ އާއިލާއެއް އޮތީ ކަލޭމެންގެ އެކަނިތޯއެވެ؟ ހިތަކާ ވޭނާ ކެކުޅުން ދަންނަކީ ކަލޭމެން އެކަނިތޯއެވެ؟

ޖަލުގައި މައުމޫނަށް ދޭ "އިހާނެތި އަނިޔާ" ފަސްތަރީގެ ފެންވަރު އެބަހުއްޓެވެ. މައުމޫނަށް ޓަކައި ވަކިން ޖަލުގައި ގަނޑުވަރެއް ބިނާކޮއްފައި އެބަހުއްޓެވެ. އެމަނިކުފާނު ބޭނުން އިރަކު ބަގީޗާ އިންދަންވީއެވެ. އެމަނިކުފާނު މަރުވާއިރުވެސް ކިޔާ ނުނިމޭހާ ފޮތް އެބަހުއްޓެވެ. ލިޔާނެވަރަކަށް ލިޔަން އެއްޗެހި އެބަހުއްޓެވެ. ނުވިތާކަށް ނަސްރީނާއަށް ގުޅުންހިންގަން ބޭނުންވާ ކޮންމެ އިރަކު އެކަންވެސް އޮންނަނީ ފަހިވެފައެވެ. ޖަލުގައި އެމަނިކުފާނަށް ހާއްސަކޮން ޝެފުން ތިބެއެވެ. ޑޮކްޓަރުންނާއި ނަރުހުން ތިބެއެވެ. 7/24 އެމަނިކުފާނަށްޓަކައި އޮފިސަރުން އެލާރޓުގައި ބައިތިއްބައެވެ.

ބަފާ ކައިރިން އެދުރުވި ދުންނާ މިއަދު ޓީވީތަކުގައި ހޭރުނެއް ކަމަކު ޙަޤީގަތެއް އޮޅުވައެއް ނުލެވޭނެއެވެ. ނަމަނާގެ ބަފަޔަށް ޖަލަކީ ފަސްތަރީގެ ހޮޓަލެކެވެ. ނުލިބޭ ހިދުމަތެއް ނެތެވެ. ނުވިތާކަށް މި ރާއްޖޭގައި އެއްމެ މީހަކަށްޓަކައި ހުޅިވި އައި ކުލިނިކުވެސް ހުޅުވީ ކަމަނާގެ ބަފަޔަށްޓަކައި މާފުށީޖަލުގައެވެ. އަގުބޮޑެތި މެޝަނަރީޒްތައް އެހެރީ ކަމަނާގެ ބަފަޔަށްޓަކައެވެ. ހަޔާތެއް އަގަލެއް ކޮބައޮތޯއެވެ؟ އަނގައެއް އޮތަތީ ފުޅާކޮއް ވާހަކަ ދައްކާއިރު ޖަލުގައި ދެންތިބި މީހުންގެ ހައްޤުތަށް ކޮބައިތޯއެވެ؟ ލަދުގަނެބަލާށެވެ.

ކަމަނާގެ ބަފާ ކުށެއް ކުރީތީ އެކަމުގެ ބަލާ ޤައުމުގައިތިބި އެންމެނަށެވެ. ރައްޔިތުންނަށް ހަމަނިދި ނިދާލެވެނީކީ ނޫނެވެ. މުސްކުޅިވެ އަދުތޯ މާދަންތޯ ވީއިރުވެސް ވެރިކަމާ ބަގުޑި ބައްދަނިއެވެ. މިއީ ގައުމަށް ޖެހިފައިއިތް ކޮންފަދަ ބަލާވެރިކަމެއްތޯއެވެ؟ ޖަލަށްލީތީ އެކަމުގެ ނޮފޮރުއްޕާން ގައުމުގައި ތިބިހާ ޑޮކްޓަރުންނަށެވެ. ޖަލުބަލަހައްޓާ އޮފިސަރުންނަށެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.