MENU

އިބޫ ކޮށްފިނަމަ ޒިނޭވެސް ހަލާލު

ސިޔާސީ ކަންކަމަކީ ވަރަށް އެހެންކަހަލަ ކަމެކެވެ. ތިމާގެ ޖީބަށް ބަރު ނުވާނަމަ ކިތަންމެ ކަހާގަނެފައި އޮތަސް ހިރުވާވެސް ނުލާ ތިބެދާނެއެވެ. ކިތަންމެ ބައިވަރެއް ކާޅުކެޔަސް ސޮއް ނުގޮވާ ތިބެދާނެއެވެ. ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށް ދައުވާކުރައްވާ ޑރ މުހަންމަދު އިޔާޒު އަބްދުލް ލަތީފަކީ މިފަދަ ބޭފުޅޭކެވެ. އިސްލާމިކް ނޮލެޖް އިން ޕީއެޗްޑީ ހާސިލްކޮށްފައި ވިނަމަވެސް ފާސިޤެކެވެ.

ޑރ. އިޔާޒަކީ ރާއްޖޭގައި ހަމައެކަނި ފާޅުގައި ދީނަށް ފާޑުކިޔާ ފުރަށްސާރަކޮއް ކީރިތި ޤުރުއާނާއި ސުންނަތްނޫން އެހެން އެއްޗެއް ބޭނުންކަމަށް ވިދާޅުވާ އިސްތިއުފާދެއްވާ ވަޑައިގެންނެވި ނަޝީދަށް ތާއީދުކުރައްވާ ބޭފެޅެކެވެ. ދީނީ އިލްމުވެރިން އޮރިޔާންކޮށް އެމީހުންގެ ފިރިހެން ހަށީގައި މިރުސް އުނގުޅައި އަދަބު ދެއްވި މައުމޫނަށް ތާއީދުކުރައްވާ ބޭފުޅެކެވެ. ޤާސިމް އިބްރާހިމްގެ ފައިސާ ގެ އިތުރުން އޮރިޔާން ހާލުގައި ތިއްބެވި އުރަމަތިބޮޑެތި އިދިކޮޅު ޖަޒީރާ ޒުވާން ކަނބަލުންގެ ޖާދޫގައި ޖެހިވަޑާއިގެން ހުންނެވި މުނާފިޤެކެވެ. ފައިސާއަށް ހުކުމް ވިއްކަވާ ފަތުވާނެރެ ޓްވިޓް ކުރައްވާ ޑރ.އިޔާޒަކީ އިލްމުވެރި ބޭފުޅެއް ނަމަވެސް އެ އިލްމުގެ ފައިދާ ނަންގަވަމުން އެގެންދަވަނީ ނަޖާއިޒު ގޮތުގައެވެ. ޖީބަށް ބަރުކޮށްލުމުގެ ނިޔަތުގައިކަން ކަށަވަރެވެ. ފަނާކުރުވަނިވި މި ދުނިޔޭގެ މަދު ލާރިކޮޅަކަށްކަން ކަށަވަރެވެ.

ރައީސް ޔާމިންގެ އިންތިހާބީ ބައިވެރިޔާ އަދި ޑރ. އިޔާޒުގެ އެކުވެރިޔާ ޑރ.ޝަހީމް ތާއީދު ހޯއްދެވުމަށް ވޭތުވެދިޔަ ހަފްތާގައި ވަނީ ތިނަދޫއަށް ވަޑައިގެންފައެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން ތިނަދޫގައި ގާއިމްކޮއް ފިނިޝިންގެ މަސައްކަތް ކުރިޔަށްދާ އިސްލާމީ މަރުކަޒުގައި ސަޕޯޓަރުންނާއެކު ނެންގެވި ހަނދާނީ ފޮޓޯއިން ރާއީސް ޔާމީނަށް އޮތް ތާއީދުން ފެނި ޑރ. އިޔާޒުގެ ހިތްޕުޅަކާ ނުވިއެވެ. އެއީ އިސްލާމްދީނަށް ކުރި މަލާމާތެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. ނަމަވެސް ހިތާމަޔަކީ ޑރ. އިޔާޒް އަކީ އިސްލާމިކް ނޮލެޖް އިން ޕީއެޗްޑީ ނަންގަވައިގެން ހުންނެވިއިރުވެސް މިސްކިތަކީ ހަމަ އެކަނި ނަމާދު ކުރަން ހުންނަ ތަނެއް ނޫންކަން އެނގި ނުލެއްވީމައެވެ. ދީނީ އިލްމު ފެތުރުމާ ޖަމާއަތުގެ ގުޅުން ބަދަހިކުރުމާ އެއްބައިވަންތަ ކުރުމުގައި ވެސް މިސްކިތް ބޮޑު ރޯލެއް ކުޅޭކަން ޑރ. އިޔާޒަށް އެނގި ނުލެއްވީމައެވެ.

 

ޑރ. ޝަހީމްގެ ނެންގެވި ފޮޓޮޔަށް މާގިނަދުވަހެއް ނުވެއެވެ. ޑރ. އިޔާޒުގެ ދީނަށް ލޯބިކުރަށްވާ ކެނޑިޑޭޓް ވަނީ ރަށެއްގެ މިސްކިތު މިންބަރަށް ތެޅޭނެހާތާކު ތެޅިބޭލުމަށްފަހު އައިސް އަރާފައެވެ. ކޮންފަދަ ހުތުރު އަމަލެއްތޯއެވެ. ނަމާދެއް ނުކުރާތާ މިސްކިތަށް އިހުތިރާމް ކުރުން ރަނގަޅެވެ. އިންތިހާބާ ދިމާކޮއް ވިޟޫކުރާކަން ދައްކަން ކޮނޑުމަތީ ދާނި ބާއްވާ އުޅަނބޮއްޓަށް ވުރެ ތިރިޔަށް އަތްކުރި އޮޅުއްވައި ވުޟޫކުރުމުން ބަހެއް ބުނަން  ޑރ. އިޔާޒަށް ކެރިވަޑައިނުގެންނެވީ ކީއްވެތޯއެވެ؟ އުރަމަތި ބޮޑު އައިޝާ އެ ސިޔާސީ މަންފާއަށް އެކަމަނާގެ ދެކިރު ޖައްސާ ބާރައް ބައްދާ ސަލާންކުރުން އެއީ ދީނުގައި އޮތް ގޮތްތޯއެވެ؟

 

ޑރ. އިޔާޒުގެ ވާހަކަ ދައްކާއިރު ފާހަގަ ކޮށްލަން މިއަދު ޖެހޭކަމަކީ އެބޭފުޅާ އަރުއްވާ ޖައްސަވާ ނަންގަވައިގެން ހުންނެވި ފަޅިއަކީ ރަސޫލާއާއި މުސްލިމުންނަށް ހަޖޫޖެހި ފަޅިއެވެ. ސުންނަތާއި ޤުރުއާން ދޫކޮށް ހުޅަނގުގެ ފޮތެއް ހޯދާ ބޭފުޅުން ތިއްބެވި ފަޅިއެވެ. އެއްޖިންސުން ކައިވެނިކޮއް ދަނޑި ދަމާ ތަގަރި ތަޅަން ހިތްވަރުދޭ ފަޅިއެވެ. ބަނގުރަލާ މަސްތުވާތަކެތިން ފޯރިނަގާ ބުރަޔާ ޖަންގިޔަލުގައި ބިރަކާނުލާ އަންބަރާކުރާ ފަޅިއެވެ. ފާޅުގައި އެތިސްޓުންނާއި ދީން ގަބޫލު ނުކުރާ މީހުންގެ އިތުރުން ކަލެއްކަމަށް އަދި ރަސޫލެއްކަމަށް ދައުވާކުރާ މީހުންތިބި ފަޅިއެވެ.

 

ޑރ. އިޔާޒުގެ ޑިގްރީއަކީ ގަނެފައިވާ އެއްޗެއްކަމަށް މީގެ ކުރިން އެމްޑީޕީން ދިޔައީ ބުނަމުން ނެވެ. ނަމަވެސް އެ ޕާޓީއިން އެދޭފަދަ ސިޔާސީ މަންފާއެއް ހޯދުމަށް ބަސް ބުނަންފެށި ހިސާބުން ޑރ. އިޔާޒަށްވުރެ މޮޅު ދީނީ އިލްމުވެރި އަކު ނެތެވެ. އެޔަށްވުރެ ދަންނަ ބޭކަލަކު ނެތެވެ. ނަމަވެސް ހަޤީގަތަކީ ދީނަކީ ކުޅޭ ކުޅޭ ކުޅިވަރެއް ނޫންކަމެވެ. ޑރ އިޔާޒަށް ކެނެރީގޭ ދަރިންނާ ދަނބިދަރިން އުޅުއްވާ ޖަޒީރާ ވަންތަކަށް ކަމުގޮސް ޓީ ޖަންގިލަލުގައި އުޅުއްވާ ކެނެރީގޭ ކުދިން ޑރ އާއި ޒިނޭކށްް ލިވާތުކޮށް ސިހާޤު ކުރަން ޔޫރަޕަށް ވަޑައިގަންނަވާށެވެ. ޓީ ޖަންގިޔަލާ ބުރަލާ ބަނގުރަލާ ގަނޖާ ހިއްޕެވުމަކީ އިސްލާމްދީން މަތިވެރިކުރުން ކަމުގައި ވާނަމަ އަދި މިކަންކަމަކީ ޑރ އެކަންކަމާ ދެކޮޅަށް ބަސްބުނަން ނުޖެހޭ ކަންކަން ކަމުގައި ވާނަމަ ޑރ އިޔާޒަށް އިބޫ ކޮށްފިނަމަ، އިސްލާމްދީނުގައި ޒިނޭވެސް ހަލާލުވެދާނެއެވެ.

COMMENTS: 3
  1. August 22, 2018 by ފަސީހު Reply

    މީ ފައްކާ މަލްއޫނެއް. މީބއަށް އެގޭނީ ކޮން ދީނެއް؟ މީ އެމެތިކާ ސައޫދީގައި ވިއްކާ ހަނމަ ވިއްކާ ޕީއެޗްޑީ ހިފައިގެން އެމެތިކާ ބޭނުންވާގޮތަށް ގައުމުތައް ހަލާކުކޮށް ސަލަފީ ގެ ނުބައި ވާޝަން އާދޭ މުޖްތސމައު ފަސާދަކޮށް ތަރއްގީއާ ދެކޮޅު ޖަމަލު ފިކުރު ފަތުރަން ފޮނުވާފަ ހުރި ޖާހިލެއް. އައިއެސް އަކްގާއިދާގަ އުޅެނީ މި ބަގަ.

  2. August 22, 2018 by ޢިބޫ Reply

    ތީ ހަމަ ފައްކާ ނަގޫބަޅެއް ޑރ އަމާފުއި ތީ

  3. August 23, 2018 by ޥަޤު Reply

    އަމާަ ފުޔޭ ކިޔާބަލަ

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.