MENU

" މެޑަމް ފާތުން " ބްރޭންޑެއް

ފާތުމަތު އިބްރާހިމް ދިދީ "މެޑަމް ފާތުން" އެއީ ބްރޭންޑެކެވެ. ކުލުނުވެރިކަމާ އޯގާތެރިކަމުގެ ރަމްޒެކެވެ. މެޑަމް ފާތުންނަކީ ޝަބްނަމީ އިބްރާހިމް މުހަންމަދު ދީދީ އާއި އައިޝަތު މޫސާގެ ރެހެންދި ކަމަނާއެވެ. ބައްޕާފުޅުގެ ތަނަވަސްކަމާއެކުވެސް ޒުވާންއުމުރުގައި އެކަމަނާގެ ދީލަތިކަމަށް އަރާހުންނެވި ކަނބަލެކެވެ. ރަހުމަތްތެރިންގެ އިތުރުން އަވައްޓެރިންނާއި، މުހުތާދުތަށް ޖެހިފައިވާ ހިތްތަކުންވެސް " އޯގާތެރިއެއް " ގެ ލަގަބު ދެވިފައިވާ ކަނބަލެކެވެ.

މެޑަމް ފާތުން އަކީ މިހާރު ދިވެހި ރާއްޖޭގައި ހުންނެވި އެންމެ ވަރުގަދަ އަންހެން ޝަހުސިއްޔަތެވެ. ސިޔާސީ ރޮގުންނާ އިޖްތިމާއި ރޮގުންނާ ހިދުމަތުގެ ރޮގުންވެސް އެކަމަނާއާއި ގޮންޖައްސަވާ ނުކުންނަންކެރޭ ލީޑަރަކު ނެތެވެ. ރާއްޖޭގެ ސިޔާސީ ބޮޑެތި ލީޑަރުން ފަހަތަށް ޖައްސަވާ މެޑަމް ފާތުން މިވަނީ ދިވެހިންގެ ހިތްތަށް ފަތަހަ ކޮށްފައެވެ. ދިވެހިންނަށް ލޯތްބާ އޯގާތެރިކަމާ ކުލުނުވެރިކަމަކީ ކޮބައިކަން ކިޔައިދެއްވާފައެވެ. މީގެ އިތުރުން މެޑަމް ފާތުންނަކީ ގެވެހި މުރާލި މަންމަ އެކެވެ. އޯގާތެރި ނަމޫނާ އަންބެއްކެވެ.

" މަހާރެހެންދީގެ " ހައިސިއްޔަތާއެކު މެޑަމް ފާތުންގެ ހަރަކާތްތައް ދިޔައީ އިތުރަށް ފުޅާވެގެނެވެ. އެގޮތުން ރާއްޖެއަށް އިޖުތިމާއީގޮތުން ބޮޑެތި ހިދުމަތްތަކެއް އެކަމަނާ ވަނީ ކޮއްދެއްވާފައެވެ. ލާލުގައި ޖެހިފައިވާ އެތަކެއް ހާސް ބަޔަކަށް އެކަމަނާ ވަނީ އެހީތެރިވެދެއްވާފައެވެ. ރައްޔިތުންގެ ގާތަށް ވަޑައިގެން އެ ރައްޔިތުންގެ ހާލު ބައްލަވަމުން އެފަރާތްތަކަށް ހިތްވަރުދެއްވާ އެފަރާތް ތަކުގެ އަޑު ކަމާގުޅުންހުރި ވުޒާރާތަކާ ހަމަޔަށް ހޯރުކޮއްދެއްވާފައެވެ. ބަލިއެނދުގައި ނިކަމެތިކަމާއެކު ތިބި އެތަކެއް ރައްޔިތުންގެ އަރިހަށް ގަވާއިދުން ޒިޔާރަތްކޮށް ހާލު އަހުވާލު ބައްލަވާ ހައްދަވައެވެ. އިޖްތިމާއީ ބޮޑެތި ކަންކަމުގައި"ޓީމް މެޑަމް" ގެ ވޮލެންޓިޔަރުންނާއިއެކު އަރުއްވާ ޖަހާލައިގެން ނިކުމެ އެކަންކަމުގައި ދަނީ އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ސިޔާސީ މައިދާނުގައި މެޑަމް ފާތުނަކީ ސިޔާސީ ޕާޓީތަށް ސިއްސުވާލާވަރުގެ ވަރުގަދަ ޝަހުސިއްޔަތެކެވެ. ރައްޔިތުންގެ ހާލުބެލުމަށް ރައްރަށައް ކުރައްވާ ދަތުރުފުޅުން މިކަން ވަރަށް ރަނގަޅަށް ހާމަވެގެން ދާނެއެވެ. ބޮޑެތި ސިޔާސީ ޕާޓީތަކަށް ނުލިބޭވަރުގެ ތާއީދެއް ހަމަ އެކަނި މެޑަމް ފާތުންނަށް ދަނީ ލިބެމުންނެވެ. ވަރުގަދަ ސިޔާސީ ލީޑަރުން އެކަމަނާ ސިފަކުރަށްވާފައިވަނީ " ކުޅެދޭ މީހުން ނުކުޅެދޭ މީހުނަށް ހައްދަވާ ރާނީ" ގެ މިސާލުގައެވެ. ރަނގަޅެވެ. އާރާ ބާރާ މަގާމާ ބުންވަރާ ޝަހުސިއްޔަތާ ފައިސާޔާއި މުދަލުގެ ތަނަވަސްކަން ލިބި ،ރައްޔިތުންނަށް އަޅާނުލާ ތިބުމަށްވުރެ ބޮޑު ނުކުޅެދުންތެރިކަމެއް ނޯންނާނެތާއެވެ.

ސިޔާސީ ވާހަކަޔަކީ ކޮންމެ ތަނަކަށްވެސް ހެޔޮވަރު ފުޅިމަދު އުނގުރިޔެކެވެ. 2018 ވަނަ އަހަރުގެ އިންތިހާބީ ވިލާގަނޑުގެ ރޯޅި ހުޅަގުން އެހެރަގެން ޖެހެނީއެވެ.

ދުވަހެއް ދުވަހަކަށް ވައި ބާރުވެ ވިލާތަށް ދަނީ ފުސްވަމުންނެވެ. އެއާއިއެކު ސިޔާސީ މަސްރަހުގައި ދެއްކުންތެރިން ގިނަވާން ފަށައިފިއެވެ. ރާއްޖޭގައި ހުންނެވި ހަމަ އެކަނި މަހުޖަނު ޤާސިމް އިބްރާހީމްގެ އައިޝާ  "މެޑަމް ފާތުން " ކޮޕީ ކުރަން މިވަނީ ފަށަފައެވެ. ވާނީވެސް އެހެންތާއެވެ. ވަރުގަދަ ޝަހުސިއްޔަތު ނަކަލު ކުރާނޭ މީހުން އަބަދުވެސް ބައިވަރު ތިބޭނެއެވެ.

އައިޝާއެވެ. ކަމަނާއަށް ނަސޭހަތެއް ދެންތޯއެވެ. ރާއްޖޭގެ ރާއްޔިތުންގެ ފަރާތުން މެޑަމް ފާތުނަށް އެ ލިބޭ ލޯތްބަކީ ހޯދަން އުނދަގޫ އެއްޗެކެވެ. ރިޔާސީ އިންތިހާބާއި ދިމާކޮއް އަދި މެޑަމް އައިޝާ ހެދި، ހިލޭފިރިހެނުން ގޮވައިގެން އަތޮޅުތެރެޔަށް ވަޑައިގެން ރައްޔިތުންނާ ސަލާން ކުރަމުން ގަދަކަމުން ރައްޔިތު މީހާ ގައިގައި ބައްދައިގަތެއް ކަމަކު  މެޑަމް ފާތުންނަށް ލިބޭ ލޯތްބާއި އިހުތިރާމެއް ނުލިބޭނެއެވެ.

ޤާސިމް އިބްރާހިމްގެ ތަނަވަސްކަމުގައި ގެޔަށްގެނައި ޓީޗަރާ ހިތާވެގެން މިވީހާ ދުވަހު އުޅުއްވުމަށްހަފު ރައްޔިތުން ފެނުނީ މިއަދު ތޯއެވެ؟ ހަނދާންކުރަށްޗެވެ. ކަމަނާޔަށް މިޔަދަކު ރައްޔިތުންގެ ފަރާތުން "މެޑަމް އައިޝާ " ގެ ލަގަބެއް ދެވޭކަށް ނެތެވެ. ނަމަވެސް " ރަނޑި " އެއްގެ ލަގަބު ކަމަނާޔަށް ހައްގެވެ.

 

COMMENTS: 12
  1. August 11, 2018 by ޙަސަން Reply

    އައިޝާ އަކީ ފައްކާ ވަގެއް، ރަންޑިއެއް

  2. August 11, 2018 by މެޑަމެ ގެ ފޭނެއް Reply

    މެޑަމް އެ ޖަވާހިރެއް. މަ ވަރަށް ލޯބިވޭ މެޑަމްދެކެ

  3. August 11, 2018 by ހޯރަފުށި Reply

    ޢައިޝާ އަކީ ވ ބަޑި މަންޖެޔެއް

  4. August 11, 2018 by ހޯރަ Reply

    ޢައިޝާ އަކީ ސްކޫލް ދުވަސްވަރު މަ ވަރަށް ތެޅި މަންޖެޔެއް

  5. August 11, 2018 by ޝުދާމާ Reply

    މެޑަމް އަކީ ޖަވާހިރެއް

  6. August 11, 2018 by ކަމަނަ Reply

    މެޑަމް ދެކެ ވަރަށް ލޯބިވޭ

  7. August 11, 2018 by ޒަކިއްޓެ Reply

    ޒުވާނުންގެ ހިތްތަކުގެ މެޑަމް، މެޑަމް ފާތުން ހަމަ ސަޅިޔޭ

  8. August 11, 2018 by ކަމަނަ Reply

    މެޑަމް އަކީ ޖަވާހިރެއް އެކަހަޅަ މެޑަމް އެއް ޅިބުނީތީ ފަޚްރު ވޭ

  9. August 11, 2018 by މިނާ Reply

    މެޑަމް އަކީ ހަމަ ޖަވާހިރެއް

  10. August 12, 2018 by ޙީތު Reply

    މެޑަމް ކީއްވެގެންތޯ ޖަލްސާ ތަކުގައި ވާހަކަ ނުދައްކަވަނީ. ސިޔާސީ ގޮތުން ކުރިއަރައިގެންދާ މީހެއް ވައްތަރު ނުޖަހާ

  11. August 12, 2018 by ާަަ Reply

    މެޑަމް ފާތުމަތު އިބްރާހިމް އަކީ ދިވެހިގައުމު ފަހުރުވެރިވާ މަހާރެހެންދިއެއް،

  12. August 12, 2018 by ާަައަރީފު. Reply

    މެޑަމް ފާތުމަތު އިބްރާހިމް އަކީ ދިވެހިގައުމު ފަހުރުވެރިވާ މަހާރެހެންދިއެއް،

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.