MENU

ސިކުނޑި ބާއްވާފަ ވޯޓްލާން ނުދާތި!

ކީރިތިވަންތަ ﷲ ހެއްދެވި މަޙުލޫގުންތެރެއިން އިންސާނުންނަށް ވަނީ މަތިވެރި މަޤާމެއް ދެއްވާފައެވެ. އިންސާނުންގެ އަސްލަކީ ސީދާ އެކަލާންގެ އަތްޕުޅުން އުފެއްދެވި މަހުލޫގެކެވެ. އެކަލާންގެ އިންސާނުން މަތިވެރި ކުރަށްވާފައިވަނީ އިންސާނުންނަށް ދެއްވާފައިވާ ސިނކުޑިންނެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ އިންސާނުންނަށް ދެއްވާފައިވާ ވިސްނުމާއި، ބުއްދީގެ ނިއުމަތުގެ ސަބަބުންނެވެ.

އެކުވެރީންނެވެ. މިއޮތީ ވަގުތު އައިސް ޖެހިފައެވެ. އިންސާނުން އެހެނިހެން މަހުލޫގުންގެ މައްޗަށް މާތްކުރެއްވި ބުއްދީގެ ބޭނުން ހިފަންޖެހޭ ވަގުތު އައިސް ޖެހިފައެވެ. ޤާނޫނު އަސާސީގެ ފުރަތަމަ ބާބުގައި ބަޔާންކޮއްފައި ވާފަދައިން ދިވެހި ދައުލަތުގެ އެންމެހާ ބާރުތަށް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމުގައި ވީހިނދު، އެ ބާރުތަށް ދޭންވީ ކޮންބަޔަކަށްކަން ނިންމުމުގެ ވަގުތު ޖެހުނީއެވެ. ތިލަކޮން ދަންނަވާނަމަ ރިޔާސީ އިންތިހާބުގެ ވޯޓު ލުމުގެ ވަގުތު ޖެހުނީއެވެ.

ރައްޔިތުންނެވެ. މަ ބުނާނެ ވާހަކައެއް ނެތެވެ. ސިނކުންޑީ ބާއްވާފައި ވޯޓުލާން ނުދާށެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ސިނކުނޑި ބާއްވާފައި ގޮސް ވޯޓުލެވޭ މީހެއްގެ ސަބަބުން ކުރިޔަށް އޮތް ފަސް އަހަރު "ބަލާ ވެރިކަމެއް " މެދުވެރި ވެދާނެއެވެ. މުސީބާތްތަކާ ދުއްތުރާތަށް ކުރިމަތި ވެދާނެއެވެ. ނިކަމެތިކަމުގެ ސާލެއް ގައުމުގައި ފެތުރި މިނިވަންކަން ގެއްލި ހިނގައިދާނެއެވެ. ގައުމަށް އަންނަމުންދާ ތަރައްޤީ ހުއްޓި ބޭރުގެ އިންވެސްޓަރުން ރާއްޖޭއާއިމެދު ކުރާ އިތުބާރު ގެއްލި ހިނގައިދާނެއެވެ. ބޭރުގެ ފަރާތްތަކުން ރާއްޖެ އަށް ކުރާ އިތުބާރު ގެއްލި ހިނގައިދާނެއެވެ.

ދިވެހިންނަށް ލިބުނު އެންމެ ބޮޑު ނިއުމަތްކަމުގައިވާ އިސްލާމްދީން މި ގައުމުން ފޮހެލާ އެކި ދީންތަކަށް މިގައުމު ހުޅުވި ހިނގައިދާނެއެވެ. އިސްލާމްދީނުގެ ފަހުރު ކަމުގައިވާ މިސްކިތްތަކުގެ ބަދަލުގައި ބުދު ކޯލު ތަކާއި، ޗާޗް ތަކުގެ ސޮލީބުތަށް އުފުލި  ހިނގާދާނެއެވެ. މާލެއާއި އަތޮޅުތެރޭގެ ރަށްތަކުގެ މަގުތައްމަތީ ތުން ބޯ ޖޯޑުވެ އުޅެންފަށައިފާނެއެވެ. ރާއްޖޭގެ ކޯޓުތަކުގައި އެއްޖިންސުން ކައިވެނި ކުރުވަން ފަށައިފާނެއެވެ. ކީރިތިވަންތަ ﷲ ގެ ކަލާންފުޅުގެ ބަދަލުގައި ހުޅަނގުގެ ފޮތް ބޮނޑިއެއް ގެނެސްފާނެއެވެ.

ދިވެހިން ޒަމާނުންސުރެ ގެންގުޅެމުންއައި ރިވެތި ސަގާފަތް ނެތިކޮއްލަ ފާނެއެވެ. އެފަދަ ދެވަނައެއްނުވާ ދިވެހިންގެ ހިތްހެޔޮކަން ނެތިކޮއް ހުސްކޮއްފާނެއެވެ. ދިވެހިންގެ ހިތްހެޔޮކަމާ ހިތް ތިރިކަން ބޮޑާކަމާ ކިބުރުވެރިކަމަށް ބަދަލުކޮށް ގައުމު ބިކަކޮށްލައިފާނެއެވެ. ރާއްޖޭގެ ސުލްހަ މަސްލަހަތު ނަގާލާ ދާޙިލީ ހަނގުރާމައެއް ފައްޓުވަފާނެއެވެ. ހުޅަނގުގެ ޝަރާބުގެ މަސްތުގައި ދިވެހިން ޖައްސުވާ ހިކި އެއްޗެއްސާއި، ދިޔާ ތަކެތިން، ދިވެހި ޖީލެއް ފަނާކޮއްފާނެތެވެ.

އެހެންކަމުން ބުނެލަން އޮތީ ޤައުމީ މިފަދަ ބޮޑު ނިންމުމެއް ނިންމަން ދާއިރު ގޭގައި ސިކުނޑި ބާއްވާފައި ނުދާށެވެ.

 

COMMENTS: 1
  1. August 09, 2018 by * Reply

    ބަލާވެރިކަމަކީ މިހާރު މިއޮތް ވެރިކަން މަށަށް ހެޔޮ ޔާމީނު ނޫން ކޮންމެ މީހަކު ހޮވުނަސް

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.