MENU

އަނގަފެޅީ މިއަދުތަ؟

މިއީ އަޖައިބެއް ޖަހަލަ ކަމެކެވެ. އެކުގައި އުޅުނުއިރު "އެ" ވަރެއް ނެތެވެ. ޅެން ފަރިހިން ކިޔާ މޮޅު ސަނާތަކާއި، ދަށު ނާރުން އަޑު ނެރެ ލީ ހަޅޭ ތަކުން ރައްޔިތުން ތިބީ ފިއްކަނޑާގެންދާވަރު ވެފައެވެ. އޭރު އެޔަށްވުރެ ރަނގަޅުމީހަކުވެސް ނެތެވެ. ލަފާ މީހަކުވެސް ނެތެވެ. ކޮންފަދަ އަޖައިބެއްތޯއެވެ.

ދައްކަން މިއުޅެނީ ރައީސް ޔާމީނާއި، އެންމެންގެ "ބުރޯ" ގެ ވާހަކައެވެ. ރައީސް ވަހީދާއި، ރައީސް ޔާމީންގެ ވެރިކަމުގައި ޓްވަރިޒަމް މިނިސްޓަރުގެ މަގާމު އަދާކުރެއްވުމަށްފަހު ނައިބު ރައީސް ކަމުގެ މަގާމަށް އަދީބު އައްޔަނު ކުރެވިގެން ދިޔަ ދިޔުން ވެގެން ގޮސްފައިވަނީ އޭރުވެސް މިހާރުގެވެސް ސަރުކާރާ އިދިކޮޅު ފިކުރުތަކުގެ މީހުންނަށް ހަޖަމުކުރަން ފަސޭހަ ކަމަކަށް ނޫނެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ދެން ފެށީ ރައްޔިތުންގެ ކުރިމަތީގައި އަދީބުގެ އަގު ވައްޓާލުމުގެ މަސައްކަތެވެ. އެގޮތުން އަހުމަދު އަދީބުގެ ބޮލުގައި ވައްކަމާ، ހިޔާނާތާ، މީހުން މެރުމުން ފެށިގެން މަގާމުގެ ބާރު ބޭނުންކޮއްގެން ނުފޫޒު ފޯރުވަމުގެ އިތުރުން މަސްތުވާ ތަކެއްޗާ ބަނގުރާ ޒުވާނުންނަށް ބައްސަވާ ކަމުގެ އެތަކެއް ތުހުމަތުތަށް އިދިކޮޅު ފަރާތްތަކުން ދިޔައީ ހަރުއަޑުން ޕޯޑިއަމްތަކާއި، ޓީވީތަކުގެ އިތުރުން މީސް މީޑިއާގައި ގޮވަމުންނެވެ.

އަދި ކިޔެއްތޯއެވެ. ޒުވާން އަންހެން ކުދިންގެ ވިޔަފާރި ކުރުމުގެ އިތުރުން، ނޫސްވެރިޔާ ރިލްވާން އަދި މަސްހޫރު ދީނީ އިލްމުވެރިޔާ އަދި ކުރީގެ އުނގޫފާރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަފްރާސީމް އަލީ އަވަހާރަ ކޮއްލުމަށް ހިންގި ލާއިންސާނީ އަމަލުތަކުގެ ޒިންމާ ނަގަންޖެހޭނީ އަހްމަދު އަދީބުކަމަށް އިދިކޮޅު ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. މާލެތެރޭގައި ހިންގާ ނުރައްކާތެރި މާރާމާރީތަކުން ފެށިގެން ދެމީހަކު ވަރިވިއަސް އިދިކޮޅު ލީޑަރުން ތުހުމަތުގެ އިނގިލި އޭރު ދިއްކުރަމުން ދިޔައީ އަހުމަދު އަދީބަށެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ ނުރައްކާތެރި ކުއްވެރިންނާ ގުޅުވައިގެން ދެއްކި ވާހަކަތަށް މަދެއް ނޫނެވެ. އެހެނަސް ތޯއެވެ. މިއީ ދުނިޔޭގައި ހަމަ ކަން ހިގާ އާދައެވެ. ހާއްސަކޮށް މި ދިވެހި ރާއްޖޭގެ ތަސައްރަފު ނުފުދޭ ސިޔާސީ މައިދާނުގައެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި ފަދައިން އަހުމަދު އަދީބު މަގާމުގެ ނުފޫޒު ބޭނުން ކޮއްގެން ކުރަމުންއައި ވިޔާނުދާ އަމަލުތަކާއި، ދައުލަތުގެ މުދަލާއި، ފައިސާޔަށް ހިޔާނާތްތެރިވާކަން ކަމާބެހޭ ފަރާތްތަކަށް ރޭކާއިލުމާއެކު އަދީބަށް އަދަބު ދެވިގެން ދިޔައެވެ. އެއާއިއެކު އިދިކޮޅު ސިޔާސީ ލީޑަރުން ކުރަމުން އައި ޓްވިޓްތަކާއި، ގޮވީހާ އެއްޗެހި މުޅިން ބަދަލުވިއެވެ. އިދިކޮލު ފަރާތްތަކުން އަހުމަދު އަދީބުގެ ބޮލުގައި އެޅުވި ތުހުމަތުތައް އިސާހިތަކު ސަނާޔަށް ބަދަލުވިއެވެ. ދެންއޮތީ ބޮޑު ވާހަކައެވެ.

އަދީބު ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވިކަން ސައްކެއްނެތް މިންވަރަށް އެވަނީ ސާބިތުވެފައެވެ. އެއާއެކު އަދީބައް ހުކުމްކުރެވި ޖަލުގައި އެގެންދަނީ ހުކުމް ތަންފީޒު ކުރަމުންނެވެ. ޖަލައް ލުމާއިއެކު އަދީބަށް ބޮޑެތި ބަލިތަށް ޖެހެން ފެށިއެވެ. މީހާ މުޅިން ބަދަލުވެ މިޒާޖުވެސް ބަދަލު ވީއެވެ. މީގެކުރިން ނުމޮށޭ ގުރައެއްގެ ގޮތުގައި އުޅުއްވުމަށްފަހު މިއަދު އަޑު ފެޅީއެވެ.

މިހިސާބުން ގޯސްވީ ރައީސް ޔާމީނެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ. ޤާނޫނު އަސާސީގައި ބަޔާންކޮއްފައިވާހެން ކުޑަ ކެކުރިއެއް ބޮޑު ކެކުރިއެއް ބެލުމެއްނެތި އެންމެންގެ މައްޗަށް ހުކުމް ތަންފީޒު ކުޅެއީތާއެވެ. ދިވެހި ރާއްޖޭގައި ޒަމާނުންސުރެ އޮތް ބޭފުޅު ކަމާއި ނިކަމެތި ރައްޔިތުންގެ ފަރަގުކުރުން ނައްތާލާ އެ ސުންޕާ އާދަ ނިންމުމަކަށް ގެނައީ ޔާމީން ތާއެވެ. އަދުލު އިންސާފު ގާއިމްކުރުމުގެ ބޮޑު ޖުރުމް ރައީސް ކުރެއްވީތާއެވެ. ބާރުހުރި ދުވަހު އަދީބަށް ރައްޔިތުންނާ ހަމަޔަށް ތިލަކޮއް ނުދެވުނު ވާހަކަތަށް މިއަދު ތިލަކޮއްދެއްވަން މަސައްކަތް ތިޔަކުރައްވަނީ ކޮން ފައިދާއެއް އޮތީމަތޯއެވެ. ކޮން ހަޤީގަތެއް އޮތީމައިތޯއެވެ. މުޅި ސިފައިންގެ އިންޓެލިޖެންސް ކޮންޓްރޯލް ކުރައްވަމުން ގެންދެވާ، މާލޭގައި ގަޓުހުރި ޒުވާނުން މަނިކުފާނުގެ އެންމެ ކޯލަކަށް ނަށަމުން ގެންދިޔަ ދުވަސްވަރު ތިޔަވާހަކަތަށް ތިލަކޮއް ނުދެވުނީ ކީއްވެތޯއެވެ؟ ރައީސަކީ އަދި ނައިބު ރައީސަކީ ކޮބައިކަން އޮޅޭ ހިސާބައް މަނިކުފާނު ފުންމަމުންދިޔަ ދުވަސްވަރު މަނިކުފާނުގެ އަރުން އަޑު ނުނިކުތީ ކީއްވެތޯއެވެ؟

ޖަވާބު ވަރަށް ސާފެވެ. ނައިބު ރައީސްކަމަށް ހުންނެވިއިރު އަހުމަދު އަދީބު ރާއްޖެ މަނިކުފާނުގެ މުށުތެރޭގައި ކޮންޓްރޯލްކޮއް މަނިކުފާނުގެ އެންމެ އިޝާރާތަކަށް އެތަށް ބަޔަކު ފިދާވާން ތިބިއިރު ތިޔަ ވާހަކައެއް ނުދެއްކުނީ ކީއްވެތޯއެވެ؟ ތިޔައީ ހަޤީގަތެއް ނެތް ވާހަކަޔަކަށް ވީމައި ތޯއެވެ؟.ދެން އައްސަވާށެވެ. މިއަދު ތިޔަ ދައްކާ ވާހަކަ ގަބޫލުކުރާނެ މީހަކު ސިޔާސީގޮތުން ފައިދާ ނަގާނެ ބަޔަކު ފިޔަވާ މި ގައުމަކު ނެތެވެ.

 

COMMENTS: 1
  1. July 23, 2018 by Anonymous Reply

    ޑޮގު

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.