MENU

އަންނި ފާޅުގައި ދީނާއި ދެކޮޅަށް!

ރާއްޖެއަކީ އައި އެސް އައި އެސްއަށް ވާގިވެރިވެދޭ ގައުމެއްގެ އިތުރުން، އައި އެސް އަށް މީހުން ތަމްރީނުކުރާތަނެކެވެ. ދިވެހި ރާއްޖެއަކީ އިސްލާމްދީނުގެ ނަމުގައި ހައްދު ފަހަނައަޅާފައިވާ މީހުންތަކެއް ދިރިއުޅެމުން އަންނަ ގައުމެކެވެ. ރާއްޖެ ހަމަ މަގައް އެޅުވެން އޮތީ ދިވެހި ޒުވާނުން ހަމައިން ނެއްޓި މިއުޒިކު ޖަހައިގެނެވެ. ކީރިތި ޤުރުއާނާއި ސުންނަތް ފިޔަވާ އެހެން އެއްޗެއް ހޯދައިގެނެވެ. ދޮންމީހުން އުޅޭހެން ބުރަޔާ ޖަންގިޔަލުގައި މަގުތަކާއި، ކަންކަންމަތީ އެކަކު އަނެކަކު ތުންބޮއެ، ބައްދާ ހަދައިގެނެވެ. މިއީ މަބުނި ވާހަކައެއް ނޫނެވެ. މިއީ ގ.ކެނެރީގޭ އަންނި ބުނި ވާހަކަ އެކެވެ.

" ރައިސް ޔާމީން ރަނިން މޭޓަކަށް ހޮއްވެވި ޝަހީމަކީ އައި އެސް އައި އެސް އަށް މީހުން ތަމްރީން ކުރާ މީހެއް. ސައުދީ ސަފީރު ޝަހީމަށް ތާއީދު ކުރުމުން އެގެން ބޭނުންވި ހުރިހާކަމެއް ސާފުވެއްޖެ. ސައުދީއިން ރާއްޖޭގައި ހައްދުފަހަނަ އަޅާދިއުމަށް ހިތްވަރުދޭ. " މިއީ އިއްޔެގެ ވަގުތެއްގައި އަންނި ކުރި ޓްވިޓެކެވެ. ކޮންފަދަ ނުބައި ވާހަކައެއްތޯއެވެ. ކިޔެނީ ކީއްކަމެއް އެނގިލައްވާތޯއެވެ.

ލާދީނީ އަންނި ހޫނުފެނަށް ވެއްޓުނީ މިހިސާބުންނެވެ. ރާއްޖޭގެ ނަންހިނގާ، އެބޭބޭފުޅުންގެ އިލްމުވެރިކަމަށް ދެބަސްވެވެންނެތް އެތަށް ދީނީ އިލްމުވެރިޔަކު އަންނި އާއި ދެކޮޅަށް ތެދުވީ މިހައި ހިސާބުންނެވެ. އެބޭބޭފުޅުން މަތިވެރި ވަންތަ ﷲ ގަންދީ ހުވާކޮއް ރައީސް ޔާމީންގެ އިންތިހާބީ ބައިވެރިޔާ އަކީ އެފަދަ އަމަލެއް ހިންގަވާނޭ ބޭފުޅެއް ނޫންކަމަށް ވަނީ ހުވާކުރަށްވާފައެވެ. މީގެ ތެރޭގައި ހުދު އަންނިގެ ކޯލީޝަންގެ ނަންހިގާ ދީނީ އިލްމުވެރިން ހިމެނެއެވެ. އަންނިއެވެ. ތިޔަ މަގުން ހިނގާނަމަ ވެއްޓޭނީ ހޫނުފެނަށް އެކަންޏެއް ނޫނެވެ. ހޫނު އަލިފާނަށްވެސް ވެއްޓުން ދުރެއް ނޫނެވެ.

ރައީސް ޔާމީންގެ އިންތިހާބީ ބައިވެރިޔާ ޑރ. މުހަންމަދު ޝަހީމް އަލީ ސައީދަކީ އަލް އަޒުހަރު ޔުނިވާރސިޓީއިން އަރަބި ކޯސް، އިސްލާމިކް ޔުނިވާރސިޓީ އޮފް މަދީނާއިން ބެޗެލާރ އިން އިސްލާމިކް ޝަރީއާރ ، މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާރސިޓީއިން މާސްޓަރ އޮފް އިސްލާމިކް ޝަރީއާރ އަދި އިސްލާމިކް ރިވީލްވްޑް ނޮލެޖް އެން ހެރިޓޭޖް ހައްދަވައި، 2013 ވަނަ އަހަރު ފިލޯސަފީ އިން އިސްލާމިކް ރިވީލްވްޑް ނޮލެޖް އެން ހެރިޓޭޖް އިން ޑޮކްޓަރުކަން ހާސިލްކޮށް ދީނީ އަދި އިލްމީ އެތަކެއް ތަޖުރިބާ ހޯއްދަވާ ދުނިޔޭގެ ނަންހިނގާ މަސްހޫރު އެތަކެއް ދީނީ އިލްމުވެރިންގެ ލޯތްބާއި އިހްތިރާމް ލިބިލައްވާފައިވާ ބޭފުޅެކެވެ. އިސްލާމީ ދުނިޔޭގައި އެންމެ ނުފޫޒުގަދަ 500 އިލްމުވެރިންގެ ލިސްޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްވެސް މެއެވެ.

ހުޅަނގުގެ ދޮންމީހުން ރުއްސަން ޓުވީޓް ކުރާ އަންނި މިފަހަރު އެމީހުން ރުއްސަން ކޮށްލި ޓްވިޓުން ސިޔާސީ އެކުވެރިންވެސް ފެޔަށް ޖެހި ދެވަނަ ވިސްނުމަކުން ވިސްނާކަން މިއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ޖުމްހޫރީ ޕާޓީ އިން ރަނިންމޭޓަކު ނުނެރި ލަސްކުރާކަމީ މިކަމުގެ ދަލީލެކެވެ. ޖުމްހޫރީ ޕާޓީއާއި، އުމަރު ނަސީރާ، ޖަމީލުގެ އިތުރުން މަލީހާއެކު ވަކި ކޯލީޝަނެއްގައި ނުކުންނަން ދަނީ ވިސްނަމުންނެވެ. އެއީ އަބަދުވެސް ސިޔާސީގޮތުން ޖުމްހޫރީ ޕާޓީއަށް ކާންލިބެނީ އެމްޑީޕީ ކައިފައި ބާކީ ހުންނަ ބައި ކަމުންނެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.