MENU

އިބޫއަށް ހަމަލާދިނީ އެމްޑީޕީންތަ؟

ކެމްޕެއިންގެ ހަރަކާތްތަށް ފަތުއަޑު ކިޔާފައި ދަނީ ކުރިއަށެވެ. ވެރިކަމާ ތަހުތުގެ ބޭނުމުގައި އެމްޑީޕީން ކޮށްފައި ނުކުރާނެ ކަމެއް ހަމަ ކަނާތުން ވާތަށްވެސް ނޭގޭނެއެވެ. ހެޔޮތާއެވެ. ބޭނުންވަނީ ބޭރުގެ އެކުވެރިންނަށް ދައްކާލަން ފޮޓޮއެކެވެ. އަމިއްލަޔަށް ދަންޖެހިގެންވެސް އެ ލިބިއްޖެއްޔާ އެމްޑީޕީ އަދި ހާއްސަކޮން އަންނިގެ އައުވާނުން ތިބޭނީ އުފަލުންނެވެ.

އިދިކޮޅު ފަރާތްތަކުން ރަސްމީކޮށް ކެމްޕެއިންގެ ހަރަކާތްތަކުގައި މިއަދު ހުޅުމާލެއަށް ދިއުމުން ވަނީ ލަދުގަންނަވާލާފައެވެ. ހުޅުމާލޭގެ ރައްޔިތުންނަކަށް ފްލެޓް ދޮންބެގެ ހޮޅި ވާހަކަތަށް އަޑުއަހަން ޝައުގެއް ނެތެވެ. އެއާއިއެކު ނިކުމެ އިދިކޮޅު ކެނޑިޑޭޓާއި ދެކޮޅަށް އަޑުއުފުލަން ފެށުމުން ކަންމަތީ ބޯއީ އަކަށް ލާރިކޮޅެއްދީ ގެނެސް ތަނުގައި ހައިޖާނު ހައްދާލިއެވެ. އަދި ބޭނުންވެގެން އުޅުނު ފޮޓޯ ނެގިއެވެ. ސުވާލަކީ އިބޫއަށް ހަމަލާދޭން އައި މީހެއް ނަމަ އަންނާނީ އެކަނިތޯއެވެ؟ އަނެއްކޮޅުން ބޯއީ އެތަނުން ދިޔައިރު ބޯއީ އަކައްވެސް އިބޫގެ ޓީމަށްވެސް އެއްވެސް ގެއްލުމެއް ލިބިފައި ނެތްކަމެވެ.

ކުޅިރަހަ މިވަރުން ނަޝީދަކަށް ކަމަކު ނުދިޔައެވެ.  އަނެއްކާ ތަޅާނެ ކުދިންކޮޅެއް ލައްވާ އަމިއްލަ ގަޔަށް ކަޅުތެޔޮ ޖެހިއެވެ. އެވަރުން ނުފުދިގެން އަމިއްލަ އަތުން މޫނުގައި ކަޅުތެޔޮ ހޭކީއެވެ. ހިތާމަ އަކީ އިބޫގެ ޓީމަށް އެއްކަމެއް ހަނދާނުން ކަހާލާގެން ދިޔަކަމެވެ. އެއީ މޫނުގައި ހޭކި ކަޅުތެލުގެ އިނގިލީގެ ނިޝާން މޫނުގައި އިނގިލިތަށް ހުރިގޮތަށް ހޭކިފައި ހުރިކަމެވެ. އުކި އެއްޗެއްނަމަ ގަޔަށް ބުރާނެ އެއްވެސް ހަމައެއް ފެންނަން ނެތްކަމެވެ.

މޫނުގައި އެތިކޮޅެއް ޓީޝާޓުގައި އެތިކޮޅެއް ފަޓުލޫނުގައި އެތިކޮޅެއް ހާކާއިލާގެން ދެންވެސް ނެގީ ހުޅަނގުގެ ކާފަރުންނަށް ދައްކާލަން ފޮޓޮއެކެވެ. ކޮންކަމަކާތޯއެވެ؟ ބޭރުގެ ކާފަރުންގެ ހަމްދަރުދީ ހޯދަން ތޯއެވެ. ދެން އަންނާނީ ހިންޏެވެ. ދަންނަވަން ތޯއެވެ. ދިވެހިންނަށް ތިޔައީ އައު ކުޅިއެއް ނޫނެވެ.

COMMENTS: 1
  1. July 11, 2018 by Anonymous Reply

    ޔާﷲ މިއަންނި ދައްޖާލު ގެ ކިބައިން ދިވެހިންނާ ދިވެހި ރާއްޖެ ސަލާމަތްކޮށްދެއްވާ ދެއްވާނަދޭވެ. ޢާމީން

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.