MENU

ނަޝީދަށް ގުރުސްފެންމަތިވުން

ހުވަފެނަކީ ބިލާހެކެވެ. ހުވަފެނަކީ ތިމާ އޭގެ ސަބަބުން، ބިރުވެރިކަމެއްގެ ގެރެއަށް ނުވަތަ ފޮނި އުއްމީދުތަކަކާއި ޚިޔާލުތަކެއްގެ ތެރެއަށް ހޭލައްވާލަދޭ ކަމެކެވެ. ފޮނި ހުވަފެންނަ ދުވަހަކީ ތިމާ އާދަޔާ ޚިލާފަށް އުފާވެރިކަމާއިއެކު ހެލިފެލިވެ އުޅޭ ދުވަހެއްކަމުގައި ވެގެންދެއެވެ. ހުވަފެން ތިން ބަޔަކަށް ބަހާލެވިދާނެއެވެ. އެއީ ﷲ ގެ ހަޒުރަތުން އަންނަ ހެޔޮ ހުވަފެނާއި ބިރުގެންނެވުމަށް ޓަކައި ޝައިޠާނާގެ ފަރާތުން އަންނަ ނުބައި ހުވަފެނުގެ އިތުރުން ސިކުނޑީގައި ހުންނަ ޚިޔާލުތަކުގެ ސަބަބުން ފެންނަ ހުވަފެނެވެ.

އަބިދާގެ ނަޝީދަށްވެސް މިފަދަ ފޮނި ހުވަފެނެއް ފެނުނެވެ. އެއީ ގުރުސްފެންމަތިވެގެން އުޅުނީތީއެވެ. ޝައިތާނާގެ ވަސްވާހުން ފޮނި އަވާމެންދުރެއްގެ ތެރެޔަށް ގެބިގެން ދިޔައީއެވެ. ގުރުސްފެންމަތިވުމޭ ބުނެވެނީ ނަކަތްތެރިން ބަލާ ކަންތައްތަކުގެ ތެރެއިން، ފަސްކަމެއް ނުވަތަ ތިންކަމެއް އެންމެމޮޅަށް ދިމާވާ ވަގުތުއައުމެވެ. އެވަގުތު ވަޅުގެ ފެން ކެކިގެން އަރާނެއެވެ. އެ ފެނުން ފެން ވަރައިފި މީހަކަށް އެވަރަށް މުދަލާ ފައިސާއާއި ތަނަވަސްކަން ލިބޭނެކަމަށް ބުނެވެއެވެ. ކެނެރީގޭ ނަޝީދަށްވެސް ފެނުނީ މިފަދަ ހުވަފެނެއް ކަމަށް ބުނެވެއެވެ.

އެ ހުވަފެނަކީ ނިދާފައި އޮއްވާ މާމުތް އާރެއްގެ ތެރެއަށް ނަޝީދު ގެނބޭތީއެވެ. އަދި ކެނެރީގޭ ގަސްގަހުގެ ކުރިޔަށް ކަފިހިބޮލި މަސްލައި އަރާ ދުވާތީއެވެ. އިހުގެ މުސްކުޅީން ބުނެ އުޅެއެވެ. ހުވަފެނެއްގައި މާމުތާއި ކަފިހި ބޮލި ފެނުމަކީ މުއްސަނދިކަމާ ފައިސާޔާއި ނަސީބު ލިބޭނޭ ކަމެކެވެ. ފެނުނު މި ހުވަފެނުގެ ތައުބީރު ކަހީނެއްގާތު އޮޅުން ލިބިގެންދިޔަ ފޮނި އުންމީދާއިއެކު ނަޝީދުހުރީ އުފަލުން ކެކި އުތުރި އަރާފައެވެ.

މިހާހިސާބުން ހުވަފެން ނިމުނީކީ ނޫނެވެ. ދެން ފެނުނީ ބަޚުތު ޖަމާލު ހެދި ފަދަ ތަޚުތެއް މަތީގާ ނަޝީދަށް ނިދުނީތީއެވެ. އަދި ކުޑައިރު ކުޅެން އުޅުނުއިރު އަތިރިމަތީ އިން ގަލެއްގެ މަތީ އިށީންދެ ގާހަކަ ފަޅިއަކުން ތާޖެއް ބޮލުގައި އެޅުނީތީއެވެ. މީގެ އިތުރުންވެސް ކެނެރީގޭ ދޮށުން ޖަވާހިރު ކޯދުލާ ފޮޅިގެން އަރާ ރަސްދަނބު ރުކަކު އެތެއް ފޮޅޭތީ ނަޝީދަށް ފެނުނެވެ. އާމުކޮއް ނުވާ މިކަންކަން ފެނުމަކީ ވެރިކަމާ ޤަދަރުވެރިކަމުގެ އިތުރުން ތަނަވަސް ދިރިއުޅުމެއް ލިބޭނެ ކަމެއްގެ ގޮތުގައި ކަހީނު ބުނުމުން ވެރިކަން ހޯދުމަށް މަސައްކަތް ފެށިއެވެ.

ރައީސްކަމުގައި ނަޝީދު ހުރިއިރު މި ހުރިހާކަމެއްވެސް ފުރިހަމަވިއެވެ. އުޅެމުން އައީ ތަނަވަސް ދިރިއުޅުމެކެވެ، ދައުލަތުގެ ހަޒާނާ އަންބޮނޑިއަށް ޖަހާލިއެވެ. ވެރިކަމުގެ ތަހުތުގައި އިނީ އާރާ ބާރުގައެވެ. ރައްޔިތުންގެ ކަރުގައި ހިފާ ނޭވާހާސްކޮއް ނޭވާ ހޮޅިޔަށް އެޅުވިއެވެ. ވެރިކަމުގެ އާރާ ބާރުތަށް މުށުތެރޭގައި ބޮނޑިކޮށް ރަސްކަމަކަށް ރާއްޖޭގެ ރިޔާސީ ނިޒާމު ގެންދަން މަސައްކަތް ފެށިއެވެ.

ނަމަވެސް ނަޝީދަށް ފެނުނު ހުވަފެނުގައި ހަނދާން ނެތިގެންދިޔަ އެއްބައެއް އެބަ އޮތެވެ. އެއީ ކެރަފާ ސައްތާރު ގާތުގަ ބުނި ވާހަކައެވެ. ނަޝީދަށް ހުވަފެނުގައި ޚަފާ މާރިނދަ ގޮވާތީފެނުނު ވާހަކައެވެ. ހަޤީގަތުގައި އެ މާރިނދަ އަކީ ދިވެރި ރައްޔިތުންނެވެ. އަނގަޔާއި އަތާ ދިމާނުވި ދިވެހިންނެވެ. އަނިޔާ ވެރިކަމެއްގައި ހަނާވަމުންދިޔަ ދިވެހި ރައްޔިތުންގެ އަޑެވެ. އަޅާ ނުލާ ދޫކޮއްލެވުނީތީ އެންމެފަހުން އެ މާރިދު އަރާ ނަޝީދު ވެރިކަމުން ބޭލުވީއެވެ.

 

 

 

 

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.