MENU

ބަޑި އައިޝާ

އެއީ އަންހެނުންގެ ތެރެއިން ރީތިކަމަށް އަރާހުރި ކަނބަލެކެވެ. ޒުވާންފުރަޔަށް އަޅަމުންއައި އިރު ރީތިކަމަށް މުޅި ހޯރަފުއްޓާއި ހއ އަތޮޅަށް މަސްހޫރު މަންޖެއެކެވެ. ހިތް ދަމައިގަންނަފަދަ ވަނާތަކެއްގެ ވެރި ކަނބަލެކެވެ. ދޮން އަނބެއްފަދަ ދޮންކަމަކާއެކު ރަށާ އަތޮޅުގެ އެތަކެއް ޒުވާނެއްގެ ހިތް ކުދިކޮއް ކޮށާ އަޅާލި މަންޖެއެކެވެ. އެއީ ހއ ހޯރަފުށީ އަނބުގޯތި އައިޝާއެވެ.

މަހުޖަނު ޤާސިމް އިބްރާހިމް ހއ ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅެއްގައި ހޯރަފުށީ އަތޮޅު ތައުލީމީ މަރުކަރުގައި މަރުހަބާ ދެންނެވުމަށް އައިޝާ އާއި އިތުރު ކުދިންކޮޅެއްވަނީ ލަވައެއް ހުށައަޅާދީފައެވެ. ޤާސިމް އިބްރާހީމަށް އައިޝާ ފުރަތަމަ ފެނުނީ މި ހުށައަޅައިދިން ލަވައިނެވެ. އެއާއެކު މުސްކުޅިވި މުސްކުޅިވިހެން ވަރުއަރާފައިހުރި ޤާސިމަށް މަޑަކުން ނުހުރެވުނެވެ. ހއ އަށް ކުރާ ދަތުރުތަށް އިތުރުވާންފެށިއެވެ.

މަދަރުސީ ދައުރު ނިމި އައިޝާމެންގެ ނަށާ ގުރޫޕުވެސް ޤާސިމް އިބްރާހީމަށް ނަށައިދޭން މަނަފަރު ރިސޯޓަށްދާން ފަށައިފިއެވެ. ކޮންމެ ހަފްތާ ބަންދެއްގައި ޤާސިމް އިބްރާހިމުގެ ނާޗަރަންގީ ފިކްސް ކުރެވިފައިވަނީ މަނަފަރު ރިސޯޓުގައެވެ. ހޯރަފުށީ މީސްމީހުންގެ ތުންތުން މަތިން އެނގުނު ގޮތުގައި އައިޝާމެންގެ ނަށާ ގްރޫޕް ރޭގަނޑުގެ ޝޯ ނިންމުމަށްފަހު ރަށައް އަންނަ އިރު އައިޝާ މަޑުކުރެއެވެ. ފަތިހު އައިޝާ ހޯރަފުއްޓަށް މަނަފަރު ލޯންޗުގައި ގެނެސްދެއެވެ.

ޤާސިމް އިބްރާހިމުގެ މުއްސަނދިކަމުގެ އަވައިގައި އަނބުގޯތިމީހުންޖެހި އައިޝާ ޤާސިމް އިބުރާހީމަށް ވިއްކާލަން މާގިނަދުވަހެއް ނުނަގައެވެ. އައިޝާ އާއި ޤާސިމް އިބްރާހީމުގެ ކައިވެނި ކުރެވުނެވެ. އެދުވަސްވަރު ހޯރަފުށީގައި ދެކެވުނު ވާހަކަތަކަށް ބަލާއިރު އައިޝާ އާއި އިންނަން ޤާސިމް އިބްރާހިމަށް މަޖުބޫރުވީ ކަމަށްވެސް ބުނެވެއެވެ. މަނަފަރު ރިސޯޓުގައި ހަފްތާ ބަންދުތަކުގައި ޖެހި ސަކަރާތްގަނޑަށްފަހު އައިޝާ ބަލިވެ އިނީއެވެ. އެކަން އޮށްބާލަން އަނބުގޯތި މީހުން ޤާސިމަށް މަޖުބޫރުކުރީއެވެ.

ކޮންމެއަކަސް އައިޝާ އަކީ ޤާސިމް އިބްރާހިމްގެ އެންމެ ހަގު އަނބިމީހާއެވެ. އަދި ޤާސިމް އެންމެ ލޯބި ވަނީވެސް އައިޝާދެކެއެވެ. އައިޝާގެ ނަމުގައި ވަނީ މިސްކިތެއްވެސް ބިނާކޮއްފައެވެ. އަދި ޤާސިމް އިބްރާހިމްގެ ބާކީތިބި އަނބިންނާ ދަރިންގެ ނުޤަބޫލުގައި މުޅި މިލްކިއްޔާތުވަނީ އައިޝާގެ ހަގުދަރިއަށް ފަތްލިޔެ ހިބަކޮއް ދީފައެވެ.

އައިޝާއާއި ޤާސިމް އިބްރާހިމުގެ ލޯބީގެ ކުޅިގަނޑަށް ނިމުމެއްއައީ އައިޝާގެ ދަރިޔަކަށް ކިޔަވަދޭން އައި ހޯރަފުށީ މުސްތަބު ކިޔާ ފަންޑިތަވެރިއެކެވެ. ކޮންމެ ދުވަހަކު ކިޔަވައިދޭން އަންނައިރު އައިޝާ ފެނި މުސްތަބުގެ ހިތްވެސް އައިޝާއަށް ލޯބި ދެވުނެވެ. ފަންޑިތަހަދައިގެން އެނެމެފަހުން މުސްތަބު އައިޝާ ކާމިޔާބު ކުރިއެވެ. އަދި ޤާސިމް އިބްރާހީމް ކައިރިން އައިޝާ ވަރިވިއެވެ. ހަޤިގަތް މިއަދަކު ފޮރުވޭކައް ނެތެވެ. ޤާސިމް އިބްރާހީމް ބަލިވުމުގެ އަސްލަކީވެސް މުދަލުގެ ދަހިވެތިކަމުގައި އައިޝާޖެހި މަޅީގައި ޤާސިމް ބެދުމުންނެވެ.

ސދަރިފުޅުގެ ހައްޤުގައިކަމުގައިބުނެ އައިޝާ މިއަދު ހަރަކާތްތެރިވާން ފަށާފައިވަނީ ސިޔާސީމައިދާނުގައެވެ. އިދިކޮޅު ޕާޓީގެ ވެބްކެމް ސްޓާރުންނާ ބައިއަތު ހިފައިގެން ހުންނެވި ޤާސިމް އިބުރާހިމަށް އަނެއްކާވެސް އަނެއް ހިތާމަ ކުރިމަތިވަނީއެވެ. އައިޝާކަހަލަ ބަޑިއެއް މަގުމައްޗަށްނެރެ ކޯލީޝަން ކުދިންނަށް ދައްކާލުމުން އައިޝާ އާއި ވެބްކެމް ސްޓާރުންނަށް އަރާނޭ ވަރު އިހުސާސް ކޮއްލާށެވެ.

COMMENTS: 6
  1. June 26, 2018 by ތިލަފުށި Reply

    ބީޖީ އިއްލިބެއާ ގުޅާބަލަ ތިމަޖެޔާ ގާސިމާ އެސެންގެ ސްޓޯރީ އަޑުއަހާލަން

  2. June 26, 2018 by ނިކަމެތިން Reply

    ޢައިޝާ އަކި ގްރޭޑް 6 އަކުން ފެށިގެން މާލޭގެ އެމްއީއެސް ސްކޫލްގައި ކިޔަވަމުން އައި ދަރިވަރެއް. މީގައި މި ބުނެފައިވާ ތާރީހެއްގައި މަނަފަރު އެއީ އޮތް ތަނެއްވެސް ނޫން. މީހުންގެ އަބުރު ކަތިލަން ލާރިގަނޑު ނަނގާގެން އެހެންކަމެއް ކޮށްބަލަ.

  3. June 27, 2018 by ބަޑިވާނީ ބަޑިއަކަށް Reply

    ޡުންބަ

  4. June 29, 2018 by Anonymous Reply

    ޢިންސާނުންގެ ކަރާމާތަށް އަރައިގަތުމަކީ މި ނޫހުގެ އެޑިޓަރަށް ލިބޭ އުފަލެއް ބާ؟

  5. July 11, 2018 by Anonymous Reply

    ނަރަކަ އަށް ހުށައެޅޭ ދަރުތަކެއްގެ ގޮތުގައި ނުވެ ސަލާމަތައް އެދޭާށެ.. ...

  6. July 11, 2018 by ޕޭމް Reply

    ނަރަކަ އަށް ހުށައެޅޭ ދަރުތަކެއްގެ ގޮތުގައި ނުވެ ސަލާމަތައް އެދޭާށެ.. ...

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.