MENU

އަޑު އަހާނަމެވެ

ކެމްޕެއިން ފޯރި ދުވަހެއް ދުވަހަކަށް މިދަނީ ގަދަވަމުންއެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ދުލެއް ދިނުމެއް ނެތެވެ. އެއްބަޔަކު ވެބްކެމް ކުރިމަތީ ކެމްޕެއިންކޮށް ނަގަނީއެވެ. އަނެއްބަޔަކު ނެރޭނެ ކެނޑިޑޭޓެއް ހޯދުމަށް އަތްފުނާއަޅަނީއެވެ. އުޑުން ތަރިބާލަދީ ހަނދުގައި ގަނޑުވަރު ބިނާކޮއްދިން ފާޓު ފުޅާ ކޯލީޝަން ފޭވި ފޭވީނުން ކައްގަނޑު ވަނީ ފަޅައިން ގޮސްފައެވެ.

މިއާއި ހިލާފަށް ވެރިކަން ކުރާ ޕީޕީއެމް ގެ ކެމްޕެއިން ހަރަކާތްތަށް ވަރަށް ރޭވުންތެރި ކަމާއިއެކުދަނީ ކުރިއަށެވެ. 2013 ވަނަ އަހަރު 2018 ވަނަ އަހަރަށް ފެށި ކެމްޕެއިން "ތަރައްޤީ" ދަނީ "ޔާނު" ސްޕީޑުގައި ކުރިޔަށެވެ. ރަށްތަކުގެ ރަށްޔިތުންނާއި ބައްދަލު ކުރުމާއި ކެމްޕޭނަށް ކުރަންޖެހޭ އެހެނިހެން ތައްޔާރީތަށް ކުރެވެމުންދާއިރު ޕާޓީގެ ރޫހު އިތުރުކުރުމަށް ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުން އެވެ.

އެގޮތުން މިދިޔަ ހަފްތާ ބަންދުގައި މިވަނީ އަނެއްކާވެސް އިދިކޮޅު ފަރާތްތަށް ސިއްސުވާލާފައެވެ. " ގޯއްޗަށް" ނަމުގައި ކުރިޔަށް ގެންދިޔަ ވަރުގަދަ ޑޯ ޓު ޑޯ މިވަނީ އިދިކޮޅަށް ހަޖަމަށް ކުރަން އުނދަގޫ ކަމަކަށް ވެފައެވެ. ރައީސް ޔާމީންގެ ހާއްސަ މެސެޖަކާއިއެކު ވަޒީރުން ރައްޔިތުންގެ ގެތަކަށް މިވަނީ ޒިޔާރާތް ކޮއްފައެވެ. އެ ގެތަކުގައި މީހުން ދިރިއުޅޭ ހާލާއި ދިމާވެފައިވާ ދަތިތަށް ސީދާ މިނިސްޓަރުންގެ ކަންފަތްތަކުން ވަނީ އައްސަވާފައެވެ. ސަރުކާރުން މާލެ އާއި އަތޮޅުތެރެޔަށް ގެންނަވަމުން ގެންދަވާ ތަރައްޤީގެ ފޮނި ރަހަ ރައްޔިތުންގެ އަރުގައި ލަނީ ކިހާވަރަކަށްތޯ ރައްޔިތުންގެ ވަޒީރުން މިވަނީ ބައްލަވާފައެވެ.

މިއީ އިދިކޮޅު ފަރާތްތަކަށް ކެމްޕެއިނަށް ފަތިގަނޑު ފިރުކައިނުލެވިގެން އުޅޭއިރު ކެތްވާނޭ މަންޒަރެއް ނޫނެވެ. ރައްޔިތުންގެ ތާއީދު ރައީސް ޔާމީނަށް އޮތްތަންބަލަން އިދިކޮޅުން ތިބީ މޭބޮޑު ކޮއްފައެވެ. މުޅި މީސް މީޑިއާ ފްލަޑް ވެފައިވަނީ "ގޮއްޗަށް" ކެމްޕެއިނުންނެވެ. އިދިކޮޅުފަރާތްތަކުން ފާރަވެރިވަމުން އަންނަ ވަގުތު ޖެހުނީއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ އިސް އަދި އެންމެ އެކްޓިވް ވަޒީރު ސައީދާއި ދިމާލަށް ރައްޔިތެއްގެ ސުއޫރު ބަންޑުން ކޮއްލި ހިސާބުންނެވެ. ސާދާ ހިނިތުންވުމަކައިގެން އަތާ އަތް ޖޯޑުކޮއް ފުރަތަމަވެސް ވަޒީރުވަނީ އެފަރާތާ ސަލާންކޮށް ވާހަކަފުޅު ދައްކަވާފައެވެ. އަދި އެ ރައްޔިތުމީހާގެ ޝުއޫރުތަށް ނުހަނު ރަނގަޅަށް އަޑު އެއްސެވިއެވެ. އަދި ހައްލު ކޮއްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށްފަހު ބައްދަލުވުން ނިންމާލެއްވީ އިސްލާމީ ރިވެތި ސަލާމުންނެވެ.

ކޮންފަދަ ނަމޫނާއެއް ހެއްޔެވެ. އިދިކޮޅު ފަރާތްތަކުން މޮޅުވީކަމުގައި މީސް މީޑިއާގައި ގުންފައި ޖަހާގަތެއް ކަމަކު ހަޤީގަތުގައި މޮޅުވީ ރައީސް ޔާމީން އާއި ވަޒީރުންގެ ޓީމްތަކެވެ. ކީއްވެތޯއެވެ؟ އެންމެ ފުރަތަމަ ކަމަކަށް ރައީސް ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންގެ އަޑު އެހުމަށްކަމަށް ވިދާޅުވެއެވެ. ރައްޔިތުންގެ ހާލު ބައްލަވައިނޭކަމަށް ވިދާޅުވެއެވެ. އެހެންވީރު ޖަޒްބާތުން ފުރިގެންވީ ރައްޔިތެއްގެ އަޑު އެއްސެވުމަށް އެމަނިކުފާނާ އެމަނިކުފާނުގެ ވަޒީރުންގެ ޓީމަށް މާކަ ބޮޑު ކަމަކަށް ނުވާނޭތާއެވެ.

2013 ވަނަ އަހަރު ސޯ ކޯލް " ރައްޔިތުންގެ ވެރިޔާ" ކަމަށް ވިދާޅުވެ ކެންޕެއިން ކުރެއްވި ނަޝީދު ރައްޔިތުންނާ ބައްދަލުކޮއް އުޅުނު ޗި ގޮތް ޔޫޓިއުބްގައި އެހުރީ ފެންނާށެވެ. އަމާ ބަފަޔަށް ގޮވާ ރައްޔިތުންނަށް ބޯންދީ ނަޝީދަށް ކޮއްދިންކަމެއް ނޯއްނާނެކަމަށް ބުނެ ހދ. ކުޅުދުފުށީ ހޮޅުއައްޓެއްގައި ވަނީ ރައްޔިތުންނާ ޒުވާބުކޮއްފައެވެ. ސިވިލްސާރވީސް މުވައްޒަފުންނަށް މުސާރަ ދެވެން ނެތްކަމަށްބުނެ ސިވިލްސާރވަންޓުންނަށް ބަވާފައެވެ. މިއީ ރައްޔިތުންގެ ރައީސް ކަމަށް ދައުވާކުރާ ނަޝީދުގެ ހާލެވެ. އަނގަ އެރުވުމާ ޒުވާބުކުރުމާ ހަޖޫޖެހުމަކީ އަޝީދުގެ ކަށީގައި ހިފާފައި ހުރި ކަންކަމެވެ. ގޮތްކުޑަކަން ރައްޔިތުންނަށް ދެއްކުމީ ނަޝީދު ގަބޫލުކުރާ ތަރައްޤީއެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.