MENU

ގަށާލައިފި

ބަރަކާތްތެރި ރަމަޞާން މަސް އަޅުގަނޑުމެންނާއި އަލްވަދާއުކީއެވެ. އަޅުކަމުގެ މި މާތް މައްސަރަށްފަހު ދެން މިއޮތީ އީދެވެ. އީދުގެ އުފަލާއި މަޖާކުރުން ޒަމާނުންސުރެ ތިން ދުވަހަށް ދިވެހިންގެ ތެރޭގައި ދެމިގެން ދެއެވެ. ފެންކުޅުމާއި ބޮޑުމަސް ބޭނުންފަދަ ފޯރިގަދަ ކުޅިވަރުތަށް ކުޅެ އުޅެއެވެ. ސްޓޭޖް ޝޯ ތަކުގެ އިތުރުން ތަފާތު ކެއްކުންތަކަކީ ދިވެހިން އީދުފާހަގަ ކުރުމަށް ކޮއްއުޅޭ ކަންކަމެވެ.

ނަމަވެސް މިއަހަރު އީދުގެ ފޯރި ތަންކޮޅެއް ކުޑަވެއްޖެއެވެ. މުޅިންވެސް އިވިގެން ދިޔައީ "ހަދާ" ވާހަކައެވެ. މަޖާކޮއްކޮއްފައި ކޮފީ މޭޒުތަކުގައިވެސް ޒުވާނުން އެއްވާނަކަށް ދެއްކީ އެއްޗެއް "ހަދާ" ވާހަކައެވެ. ނުވަތަ އެ އެއްޗެއް "ގަށާލި" ވާހަކައެވެ. ކުރުގޮތަކަށް ބުނާނަމަ ކުޑަވަރެއްގެ ބޮލުގަ ރިހުމަކަށް މި ހަދާލި ވާހަކަ އާއި ގަށާލި ވާހަކަ ވެއްޖެއެވެ. ނުހުރެވިގެން މި ކޯޑުތައް ރައްޓެއްސެގެ ފަރާތުން އޮޅުން ފިލުވައިލައިފީމެވެ. މަވެސް ހީކުރީ އެއީ ހަމަ "ހަދާ" ވާހަކަ ކަމަށެވެ. ޕަކަ ޕަކަ އަޅާފައި ހޭން ފެށުނީ މިހާހިސާބުންނެވެ. ހީފުޅު ތިޔަކުރެއްވީއަދި ރަނގަޅަކަށްނޫނެވެ.

ނުހޭންވީ ސަބަބެއް ނެތާއެވެ. ހަދައި ނިންމަނީ ތަރައްޤީގެ ބޮޑެތި އިމާރާތްތަކެވެ. ބޮޑެތި ފާލަންތަކާއި ހިއްކި ބިންތަކެވެ. މާސިންގާ ސްކޫލްތަކާއި ޕާކުތަކެވެ. ބަނދަރުތަކުންފެށިގެން ދިގު މަގުތަކެވެ. ފެނާ ނަރުދަމާއާއި ބޮޑެތި ޓަވަރުތަކެވެ. އުންމީދުތަކުން ފުރި ކުލަޖެހި ހަޤީގަތަކަށްވި ގްރެފިކްސްތަށް ތާއެވެ. ކޮފީމޭޒުގައި މުޅިންވެސް މި ދެއްކީ ހަދާލި ތަރައްޤީގެ ބިޔަ ބޮޑެތި މަސްރުޢޫތަކުގެ ވާހަކަތާކާއި ގަށާލި އުވައޮޑި ތަކުގެ ވާހަކަތައްތާއެވެ.

2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ހަވާލުވެ ވަޑައިގަތުމާއިއެކު މި ފެށުނީ ތަރައްޤީގެ ކުޅިގަނޑެވެ. ދިވެހިން ދުވަހަކުވެސް ހުވަފެނުން ހިޔާލަށް ނުގެނެވޭހާ ތަރަށްޤީ މި ވެރިކަމުގައި ގެނެސްދެއްވައިފިއެވެ. ވަކި ދާއިރާއެއް އިސްތިސްނާ ކުރުމެއްނެތި ތަރައްޤީ އާމުވެގެން ދިޔައީއެވެ.

5 ކިލޯގެ ފޮތްދަބަސް ދަމަމުން ސްކޫލަށް ދިޔައިރު ޓެބްލެޓުން ކިޔަވާދޭނެ ދުވަސް ދެކޭނޭ ކަމަކަށް އުންމީދެއް ނުކުރަމެވެ. ޗޯކު ކުނޑިން ހުދުފުއް ޖެހޭއިރު ޑިޖިޓަލް ކްލާސްރޫމުތަކަކީ ކޯންޗެއްކަމެއް ނޭގެއެވެ. ފެރީއެއްގައި ބައިގަޑިއިރުން ހުޅުލެޔަށް ދެވުނުއިރު ބްރިޖް ކިޔާއެއްޗެއް ވިސްނުމަކަށް ނާދެއެވެ. ދެފޫޓު ތިންފޫޓު ކޮޓަރިގަނޑުގައި ދުމަށިޖަހައިގެން ނިދިއިރު 25 ބުރީގެ ފްލެޓް ޓަވަރެއް ނޭގެއެވެ. ވާނީވެސް އެހެންނޫންތޯއެވެ. ކުރިން ވެރިކަންކުރި އެއްވެސް ވެރިއަކަށް މިގޮތަށް ތަރައްޤީ ގަށާލައި، ހަދާލާކަށް ނޭގުނުތާއެވެ.

 

 

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.