MENU

ހުރަގޭ ބަނޑޭރީންނޭ، ބުނަމޭ މިތަޅުނައްޓާދޭށޭ!

2003 ވަނަ އަހަރުގެ ސެޕްޓެމްބަރު 20 ގެ ހާދިސާގެކުރިންވެސް މައުމޫނުގެ ސަރުކާރުން ހުރަގޭގައި މީހުން މަރާ ވާހަކައާއި އަނިޔާ ކުރާ ވާހަކައަކީވެސް ރައްޔިތުން ދައްކަމުން އައި ވާހަކަތަކެވެ. ނަމަވެސް މިކަމުގެ ހަޤީޤަތް އޮތީ ފޮރުވާފައެވެ. މައުމޫނުގެ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް އޮތް ޝަޒާއަކީ ޖަލުތަކުގެ ތޭރިތަކުތެރޭ މައުމޫނުގެ އަނިޔާވެރިކަމާ ކުރިމަތިލުން ކަމަށްވާތީ މިވާހަކަތަށް ދެއްކުމަކީ ރައްޔަތުން ބިރުގަންނަ ކަމެކެވެ. އޭރު މިވާހަކަތައް ދައްކަމުންއައީ ސިއްރިއްޔާތުގައެވެ.

އެއީ ދިވެހި ރާއްޖޭގެ ތާރީހުގައި ކަޅު ދުވަހެކެވެ.  މައުމޫނުގެ އަނިޔާވެރިކަމުގައި ދިވެހި ޖަލުތަކުގައި ވޭނީ އާހުގެ ކެކުޅުންތަށް ކެކުޅަމުން ދިޔަ ދުވަހެވެ.  މައުމޫނު އަޑީގައި ހުރެ އޭނާގެ ސަރުކާރުން ރަހުމެއްނެތި 2003 ސެޕްޓެމްބަރ 19  ވަނަ ދުވަހު މައުމޫނުގެ ސަރުކާރު ހުރަގޭ ބަނޑޭރީން އިވާން ނަސީމް ރަހުމެއްނެތި މަރާލާ އެހާދިސާ ސިއްރުކުރަން އުޅުމުން ޖަލުގައި ހިނގާދިޔަ ހާދިސާ ތަކުގައި އޭރުގެ ސަރުކާރުން ޖައްވަށް ފަޒާޔަށް ވައިގެ ތެރެއަށް ބަޑިޖަހާ އެތަށް ގައިދީނެއް މަރާލި ދުވަހެވެ.

ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ ރޭ އިވާން ނަސީމް ޖަލުގެ ގޮޅީގައި ހުއްޓާ ބަނޑޭރީންގެ އެތައް ބައަކު ގޮޅިއަށް ވަދެ ގަދަކަމުން ގޮޅިން ނެރެގެން ގެންދިއައީ ޢާންމުކޮށް މީހުންނަށް ބޮޑެތި އަނިޔާތައްކުރާ ސަރަހައްދަށެވެ. އެ ސަރަހަށްދަށް އޭނާ ގެންދިއުމަށްފަހު  އޭނާއަށް އަނިޔާކުރަނީ ކޮންބައެއްކަން ނޭނގޭނެގޮތަށް ސަތަރިގަނޑެއްގައި އޮޅާލުމަށްފަހު މައުމޫނުގެ އެންގެވުމުގެމަތިން ވަކިގޮތެއް ނުބަލައި ތަޅާ އަނިޔާކުރީއެވެ. އެއަނިޔާތަކުގައި އޭނާ މަރުވެދިއައިރުވެސް މަރުވިކަންވެސް އަނިޔާކުރި ބަނޑޭރީންނަކަށް ނޭނގެއެވެ. މަރުވުމުންވެސް އަނިޔާކޮށް ގައިގެ އެކިތަންތާގައި އަލިފާން ޖައްސާ ހެދިއެވެ.  މައުމޫނުގެ ސަރުކާރަކީ މިފަދަ ރަހުމެއްނެތް އަނިޔާތަކުގެ ސަބަބުން އޮހޮރުނު ލެއިން ފޯވެފައިވާ ސަރުކާރެކެވެ.

އީވާން ނަސީމް މަރާލި ޚަބަރު ޖަލުގެ ގައިދީންނަށް ލިބުމާ ގުޅިގެން ޖަލުތަކުގެ ގޮޅިތަށް ފަޅާލާ ނިކުމެ މައުމޫނުގެ އަނިޔާވެރި  ބަނޑޭރީންނާއި ހިންގި ހަމަނުޖެހުންތަކުގައި ބަނޑޭރީން ބަޑިޖަހާ އެތަށް ގައިދީންނެއް މަރާލާ އެތަށް ބަޔަކު ޒަހަމް ކޮއްލިއެވެ. މި ޒަހަމްތަކާއެކު ބައެއްމީހުން ނުކުޅަދޭ މީހުންނަށް ވިއެވެ. އީވާން ނަސީމްގެ މަރުގެ ޚަބަރާއެކު ވެރިރަށް މާލެ ކެކެން ފެށިއެވެ.

ސިއްރިޔާތުގައި ވަޅުލަން އުޅުނު އީވާން ނަސީމުގެ ހަށިގަނޑު ވަޅުލިޔަ ނުދީ  ރައްޔަތުން ނުކުމެ ހިފެހެއްޓިއެވެ.  ކެކި އުތުރެމުންދިޔަ ރައްޔަތުންގެ ސަފުތަށް މާލޭގެ މަގުތަކަށް ނުކުމެ ސަރުކާރުގެ އެތަށް އިމާރާތްތަކަކަށް ގެއްލުންދީ އިމާރާތްތަކުގައި ހުޅުޖަހާ  ވެހިކަލްތަކަށް ގެއްލުން ދިނެވެ. ރައްޔިތުން އެދެމުން ދިޔައީ މައުމޫނުގެ އަނިޔާވެރިކަމުން ޖަލުތަކުގައިތިބި ގައިދީން ސަލާމަތްކޮށް ދިނުމަށެވެ. ރައްޔިތުން އެއް އަޑަކުން ގޮވަމުން ދިޔައީ "ހުރަގޭ ބަނޑޭރީންނޭ، ބުނަމޭ މި ތަޅުނައްޓައިދޭށޭ" މިހެންނެވެ. އަނިޔާވެރި ސަރުކާރާމެދު ރުޅިގަދަވެފައިވާ ރައްޔަތުންތައް މައިތިރި ނުކުރެވުމުން އޭރުގެ ޓީވީއެމް މެދުވެރިކޮށް މައުމޫނު މުޅިގައުމާ މުހާތަބުކުރެއްވިއެވެ. އެ ހިތާބުގައި މައުމޫނު އޭނާގެ ބަނޑޭރީން ދިފާއުކޮށް ބުނީ ވަޔަށް ޖައްވަށް ފަޒާޔަށް އުންޑަ ޖެހީކަމުގައެވެ. އެވަރުން ކޮންޓްރޯލް ނުވެގެން ގައިދީންނާ ދިމާލަށް ޖެހީކަމުގައެވެ.

މައުމޫނުގެ މިވާހަކަ ތަކުން ދޭހަވީ ބަޑިޖެހުމަށް އަމުރު ނެރުނީ ހުދު މައުމޫނު ކަމެވެ. ނަމަވެސް އެހާދިސާއާ ގުޅިގެން ހިންގި ތަހުގީގުތަކަށްފަހު ކޯޓުގައި ޝަރީއަތް ހިންގާ އެމައްސަލާގައި ކުއްވެރިކުރީ ބަޑިޖެހި ބަނޑޭރީންނެވެ. ރާއްޖޭގެ ސްޕްރީމް ފަނޑިޔާރަކަށް ހުރެ  ދިން ތަގްރީރުގައި ބަނޑޭރީން ދިފާއުކުރުމަފަހު ހިންގި ޝަރީއަތުގައި އެމީހުންނަށް މަރުގެ ހުކުމް އިއްވުމުން އެތަށް ސުވާލުތަކެއް އުފެދުނެވެ. ފަހުން މަރުގެ ހުކުމް މައާފުކޮއްދީ، އުމުރަށް ޖަލަށްލުމަށް އޭރުގެ "ސްޕްރީމް ފަނޑިޔާރު" މައުމޫނު ނިންމެވިއެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.