MENU

މައުމޫނު ޖަލަށްލުން، ޒުވާނުންގެ ހުވަފެނެށް

"ޅައިރުންސެރެ މިއީ އަހަރެން އިންތިޒާރުކުރި ވަގުތެވެ. އަހަރެންގެ ބައްޕަޔާއި ބޮޑުބޭބެއަށް މައުމޫނު ޖެއްސި ހާލު އަދިވެސް ހަނދާން އެބަހުއްޓެވެ. ބައްޕަޔާއި ބޮޑުބޭބެ ޖަލުގައި އޮތްހެން މައުމޫނުވެސް ޖަލުގައި އޮންނަތަން ދެކެން އަހަރެން ބޭނުމެވެ. " މިއީ ޒުވާނެއްގެ ޝުއޫރުވެ. މިއަދު ފޭސްބުކް ވޯލް ފުރިފައިއޮތީ މިފަދަ ޝުއޫރުތަކުންނެވެ.

މައުމޫނުގެ ވެރިކަމުގެ 30 އަހަރަކީ އެތަކެއް ނިކަމެތި ރައްޔިތުންނަކަށް ނުހައްގުން އަނިޔާލިބުނު 30 އަހަރެކެވެ. ޅަދަރިނާއި އަބިން ރޮއެރޮއެ ތިއްބާ އެބައިމީހުންގެ ފިރިން ޖަހާގަނެގެން ޖަލަށްލައި އަނިޔާކުރިއެވެ. ކިރިޔާވެސް ތައުލީމީ މީހެއްވިއްޔާ މައުމޫނުގެ ޕަޕެޓަކަށް ހަދައެވެ. ބުނާގޮތެއް ނަހަދައިފިނަމަ ޝިކާރަކޮއް ލަނީ ޖަލަށެވެ. އެމީހުންނަށްވެސް ލިބެނީ މައުމޫނުގެ " އޯގާތެރި "ފިރުމުންތަކެވެ. ވެރިކަމުގެ ހިނގުމުގެ ނިޒާމަށް ކިރިޔާވެސް "އުއްފު" ބުނެފި ނަމަ ލިބިގެންދަނީ ކުޑަ ގޮޅީގެ ހިދުމަތެވެ.

ފަޑިޔާރުގެ އާއި ހުރަގެއަކީ ރަން 30 އަހަރުގައި މައުމޫނުގެ ތަރިކަ މުދަލެވެ. ހިތު ހުރިގޮތަކަށް ހުކުމްތަށް ފަޑިޔާރުންނަށް މަޖުބޫރުކޮއްގެން ނެރެމުން ދިޔައީ ބާރުހުރީތީއެވެ. ކިރިޔާވެސް ނު ގޮތެއް ހަދާލާފި މީހަކަށް ތަހައްމަލު ކުރަންޖެހެނީ ހުރަގޭ ބަނޑޭރީންގެ ހިދުމަތެކެވެ. އަނިޔާއެވެ. ލާ އިންސާނިޔަތުކަމެވެ.

ދުނިޔެ ހިނގާނީ ތޮށަލި ދުޅައަށޭ ބުނެއެވެ. އާރާ ބާރަކީ އަބަދު ދެމިހުންނާނޭ އެއްޗެއް ނޫނެވެ. ކޮންމެވެސް ދުވަހަކުން ބާރުތަށް ފިލައިގޮސް ނިކަމެތިވާނޭ ދުވަހެއް އަންނާނެއެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނަ އުސޫލުންނެވެ. ޤާނޫނުގެ ބާރު މުށު ތެރޭގައި ގެންގުޅުނުދުވަސް ފަސްދީފިއެވެ. ޤާނޫނު އޭގެ ހަމަ އިސްކޮޅަށް ދެމިލައިފިއެވެ. ތަދުބީރު ކުރިނަމަވެސް ތަޤުދީރެއް ބަދަލެއް ނުކުރެވޭނެއެވެ. ދިވެހިނަށް އަޑިގަނޑަށްފަހު އުސްގަނޑު މިއޮތީއައިސްފައެވެ. ޤާނޫނުގެ ދިގުއަތް ކޮންމެ މުޖުރިމެއްގެ މައްޗަށް މިވަނީ ދަމާލެވިފައެވެ. ކަރެއް ކަނދުރާއެއް ސީދީއެއް ދީދީ އެއްގެ ދަރިއެއް ބެލުމެއްނެތެވެ.

މިއަދަކީ ދިވެހި އެތަކެއް ޒުވާނުން ދެކެމުންއައި ހުވަފެނެއް ހަޤީގަތަކަށް ވީދުވަހެވެ. އެކުދިންގެ މައިންބަފައިންނާއި އާއިލާއަށް 30 އަހަރުގެ ހުދުމުހުތާރު ވެރިކަމެއްކުރި މައުމޫނުގެ ވެރިކަމުގައި ނުހައްގުން ދިން އަނިޔާގެ ބަދަލު ލިބިގެންދިޔައީއެވެ. ހަށިފުރާ ނޭވާއެއް އެފަދަ ކޮންމެ ޒުވާނަކު ލާނޭކަން ކަށަވަރެވެ. " މިތުރުންގެ ހިތަށް ދަތިކުރި ކަޅު ކޮންމެ ރެއެއްވެސް ފިތުރަތުގެ އުސޫލުން ނިމެނީ ފަތިހަށެ އަމުދުން" ބުނާ އުސޫލުންނެވެ.

މަޢުމޫންގެ ފޯނު ތަހްޤީގަށް ނުދިން މައްސަލައިގައި ކޮށްފައިވާ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވިގެން ދިޔައީ މިއަދެވެ. މީގެ އިތުރުން ދީނީ ނަސޭހަތް ދިނުމައި، ގާނޫނީ ވަކީލުކަން ކުރުމަށް އަހްލާގީ ގޮތުންނާއި ސުލޫކީ ގޮތުން އެކަށީގެން ނުވާތީ އެ ކަންތައް ކުރުމުގެ ހުއްދަވެސް ވަނީ ބާތިލްކޮއްފައެވެ.

މިއީ އޭރުގައި ޗިލީސޯސް އުނގުޅައި ތުނބުޅި ބާލުވާ ލަދުވެތި ގުނަވަންތަކުގައި ހަކުރުފެން އުނގުޅައި ދަންވަރު ހިނި ދައިގަންނަން ވަލުތެރޭ ބަނދެފައި ބޭތިއްބި ކޮންމެ އިލްމުވެރިއެއްވެސް ދެކެން ބޭނުންވާނޭ ދުވަހެއްކަން ކަށަވަރެވެ. ޖައްވަށް ފަޒާއަށް ވައިގެތެރެއަށް ބަޑިޖަހާ މަރާލި ކޮންމެ މީހެއްގެ އާއިލާއިން ދެކެން ބޭނުންވާނޭ ދުވަހެކެވެ.

މިހާހިސާބުން ދެން އުފެދެނީ ބޮޑު ސުވާލެވެ. އެއީ މައުމޫނު ކުށެށް ނުކުރާނަމަ ތަހުޤީގަށް ފޯނުދޭން ދެކޮޅުހެދީ ކީއްވެތޯއެވެ؟ ޖިނާއީ ކުށެއް ނުކުރާނަމަ ތަހުޤީގަށް އެއްބާރުލުން ނުދިނީ ކީއްވެތޯއެވެ؟ ފޯނުގައި ނުބަލަންޖެހޭވަރުގެ އެއްޗެއް ހުރީތޯއެވެ؟ މުސްކުޅިވި މުސްކުޅިވިހެން " ނޯޓީ " ވަނީތޯއެވެ؟ އަދިވެސް ވަގު ބިޓުން ނާއި ގުޅުން އޮންނަނީތޯއެވެ؟ ނުވަތަ އޮރިޔާން ކާޑު ގެންގުޅެނީތޯއެވެ؟

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.