MENU

މާފުށީ ޖަލު އެން ސްޕާ މޯލްޑިވްސް

އަޅުގަނޑަކީވެސް ތަނެއް އޮތީޔާއި ބޯކޮއްފާލާ މީހެކެވެ. ދަތުރުފަތުރުކޮއް ތަފާތު ތަޖުރިބާތަށް ކުރުމަށް ޝައުގުވެރިވާ ޒުވާނަކީމެވެ. މިގޮތުން މާފުއްޓަށް ކުރެވުނު ދަތުރެކެވެ. ހެނދުނު ސަޔައްފަހު ނިކުމެ ރަށުތެރެ ބަލައިލަން ހިނގައިގަތީ ރަށުތެރޭގެ ކަންކަން ހުރިނެތްގޮތް ހޯދައިލާ  އަތޮޅުތެރޭގެ ރަށަކުން ލިބެދޭ ހިތްގައިމުކަން ހޯދައިލުމުގެ ނިޔަތުގައެވެ. މަޑު ހިނގުމެއްގައި އަތިރިމަށްޗަށް މިސްރާބު ހިފާލިތަނުން ދިމާވީ މާފުށީ ޖަލުގެ އޮފިސަރަކާއެވެ. ޒަމާންވީ ނަމަވެސް ގެއްލިފައިހުރި ރައްޓެއްސަކާއިއެވެ. އޮލަ ވާހަކައަކަށްފަހު ޖަލުތެރެ ބަލައިލުމަށް އަހަރެން އޮފިސަރު ކައިރިން އެދުނީމެވެ. ވަރަށް ފަސޭހައިން އޮފިސަރު މިކަން ހަމަޖައްސައިދީފިއެވެ. އަދި މެންދުރުގެ ކެއުމަށްވެސް ޖަލު އޮފިސަރުންނާއިއެކު ޖަލަށް ދައުވަތު އެރުވިއެވެ.

ބުނި ގަޑިޔަށް އަހަރެން މާފުށީ ޖަލަށް ޒިޔާރާތް ކޮށްފީމެވެ. އޭރު އަހަރެންގެ އިސްތިގުބާލުގައި އޮފިސަރަކު މަޑުކޮށްލައިގެން ހުއްޓެވެ. އެކުވެރިގާތް މީހަކަށް ދުލެއް ނުކުރެއެވެ. ރީތިކޮން ބުނާނަމަ އަނގަ ހުއްޓައި ނުލައެވެ. ޖަލުގެ އެކަމެއް ޖަލުގެ މިކަމެއް ކިޔާދެމުން ދިޔައީ އަހަރެންގެ ބޮލަށް އުނދަގޫވާހާ ވަރަށެވެ.

ފުރަތަމަ އަހަރެމެންގެ ބައްދަލުވުން އޮތީ ޖަލުގެ އިސްވެރިން ތަކަކާއިއެކު މާފުށީ ޖަލުގެ ކަމޭޒު ދޮށުގައިއެވެ. މިއީ އަހަރެންގެ އަމަޔަށް ބުނާ ކުޑާމިސް ބަހެއް ނޫނެވެ. އެކަމަކު ޖަލުން ކޭހާ މީރު ދިވެހި ރަހަތަކެއް އަހަރެންގެ ހަޔާތުގައި އަދި ނުކަމެވެ. އެހާމެ ފުރިހަމައެވެ. ކެއުމަށްފަހު ރަހުމަތްތެރިޔާ އާއިއެކު ޖަލުގެ ތަންތަން ބަލާލުމަށް އަހަރެން ހިނގައިގެންފީމެވެ.

ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ރާނަންތިބި ބައެކެވެ. މި ބަންގާޅިންގެ ކަންތަށްވެސް ބޮޑޭ ބުނެލީ ހަގީގަތުގައިވެސް ކަންބޮޑުވާތީއެވެ. ނަމަވެސް އަހަރެންނަސް ރަހުމަތްތެރިޔާގެ ކިބައިން ލިބުނީ ހީކުރި ޖަވާބެއް ނޫނެވެ. އެއީ ދިވެހިންނެވެ. އެކި ކުށްތަކުގައި ޖަލަށް ލާފައިތިބި ކުއްވެރިންގެ ތެރެއިން އަހުލާގު ރަނގަޅު މީހުންނަށް އާދައިގެ ދިރުއުޅުމެއް އިހްސާސްކޮއްދިނުމަށް މޯލްޑިސް ކަރެކްޝަނަލް ސާރވީސް އިންދޭ ފަސޭހައެކެވެ. އުފާވެރިކަމެއް އިހްސާސް ކުރުވީ ދެންތާއެވެ.

ވަކިހިސާބަކުން އަނެއްކަވެސް ދިމާވީ މިރުސް ގަސްތަކަކަށް ފެންދޭން ތިބި ދެމީހަކާއިއެވެ. އެކުވެރިޔާގެ ފަރާތުން މައުލޫންމާތު ލިބުނުގޮތުގައި ޖަލުގައި ގައިދީން މިރުހާއި ކިއުކަންބާގެ އިތުރުން ކޮޕީފަތް ފަދަ ފަސޭހައިން ހެއްދޭ ތަރުކާރީގެ ބާވަތްތަށް ހައްދައެވެ. އަދި އެތަކެތި ވިއްކައިގެން ލިބޭ ނަފާ ގައިދީންގެ އެކައުންޓުތަކަށް ޖަމާކުރެއެވެ. އަދި ތަފްސީލް ގައިދީންނާއި ހިއްސާކުރެއެވެ. ކޮންފަދަ ފަސޭހައެއްތޯއެވެ؟ މުޖުތަމައަށް ނިކުންނައިރު އަޅާލާނެ ޔާރެއް ނެތި ކުރާނެ މަސައްކަތެއް ނޭގި ތިބެން ނުޖެހޭނެތާއެވެ.

މާދުރަކަށް ނުދެވުނެވެ. ކްލާސްރޫމެއްގައި ކިޔަވަންތިބި ބަޔަކުފެނުނެވެ. އޮފިސަރުގެ ފަރާތުން އެނގުނު ގޮތުގައި ގައިދީންނަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ފަރާތުން ޤިރާއަތު ކޯހާއި، ފެހުމުގެ ހުނަރާއި ،އައިޓީ ގެ އިތުރުން ދަނޑުވެރިކަން ކުރާނެ ގޮތާއި، އަތްތެރި މަސަތްކަތާއި، ރޭނުގެ މަސައްކަތް ޕްރޮފެޝަނަލް ލެވަލެއްގައި ދަނީ ދަސްކޮއްދެމުންނެވެ. ޖަލު ހުކުމުން ބަރީއަވެގެން މުޖުތަމައަށް ނިކުންނައިރު ބޭނުންތެރި ބަޔަކަށް ހެދުމުގެ މަޤުސަދުގައި ކަރެކްޝަނަލް ސާރވިސް އިން ދޭ އިޖްތިމާއީ ހިދުމަތެކެވެ.

މީގެ އިތުރުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ތާރީހުގައި ޖަލެއްގައި ގައިދީންތަކެއް އެސް އެސް ސީ އިމްތިހާނުގައި ބައިވެރިވެ ވަނީ ހުރިހާ ބައިވެރިން ފާސްވެސް ވެފައެވެ. މިއީ ގައިމުވެސް ޖަލުތަކުގައި ހުކުމްތަށް ތަންފީޒުކުރަމުން އަންނަ ފަރާތްތަކަށް ހެޔޮމަގަށް އެޅުމަށް ލިބިގެންދާނެ ބޮޑު ބާރެކެވެ. އެފަދަ ފަރާތްތަކަށް ލިބިގެންދާނެ އުންމީދެކެވެ.

އަނގަމައްޗަށް ޖަހައިގެން ހުރެ މި ޓްއާރ ނިންމާލުމަށްފަހު ވަދާއުގެ ސަލާމަކުން ސަލާންކޮއްލާފައި ނިކުމެގެން އައީ މޯލްޑިސް ކަރެކްޝަނަލް ސާރވީސްގެ މުވައްޒަފުންނާއިމެދު ފަހުރުވެރިވަމުންއެވެ. މީގެ ކުރިން އިވުނީ ޖަލުތަކުގައި ޖައްވަށް ފަޒާޔަށް ވައިގެތެރެޔަށް ބަޑިޖަހާ ގައިދީންނަށް އަނިޔާކުރާ އަޑެވެ. ނަމަވެސް ރާއްޖެގެ ވެރިކަމަށް އައި ހެޔޮ ބަދަލާއިއެކު ރާއްޖެ ތަރަށްޤީގެ ހަތް ތަރީގެ ބާބެއް ލިޔަމުން ދާއިރު ފެނިގެން މިދިޔައީ ޖަލުތަށްވެސް ފަސްތަރީގެ ތަންތަނަށް ބަދަލުވެގެން ދިޔަތަނެވެ.

COMMENTS: 2
  1. June 12, 2018 by މުހައްމަދު Reply

    ގުޑު

  2. August 23, 2018 by އުސްމާން އަލީ Reply

    މަ ހިތަށް އަރާ އަހަރެންގެ އާއިލާ މީހުންނަށް މިހާ ފަސޭހަ ގޮތަކަށް އާއިލީ ބައްދަލުވުން ހަމަޖައްސާ ނުދެނީ ކީއްވެބާއޭ! އާއިލީ ބައްދަލު ވުމަށް 3 މަރުހަލާ.... ތިޔަ ބޭފުޅާއަށް ޖަލަށް ޒިޔާރަތް ކޮއްލުމަށް ފޯރމް އެއް ވެސް ފުރާލަން ނުޖެހުނު. ނުވިތާކަށް ދުވަހަކު ނުކާ ވަރުގެ ކެއުމެއްވެސް... ކޮބާ އިންސާފު...

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.