MENU

ސަރުކާރުން, އީދުގޮން ރައްޔިތުންގެ ބޮލަށް!

ރައީސް ޔާމީންގެ ސިޔާސަތުތަކުގެ ތެރެއިން އުފާވެރި ދިރިއުޅުމެއް ރަށްޔިތުންނަށް ހޯއްދަވައިދެއްވުމަކީ އެމަނިކުފާނު ނުހަނު އިސްކަމެއް ދެއްވާ ކަމެކެވެ. މިކަން އެންމެ ރަނގަޅަށް ހާމަވެގެންދަނީ މާލެއާއި އަތޮޅުތެރޭގައި ހިތްފަސޭހަ ކޮއްލުމަށް ގާއިމްކޮއްދެއްވަމުން ގެންދަވާ ޕާކްތަކާ ފަންނު ތަކުންނެވެ.

ރަސްރަނި ބަގީޗާ އަކީ ރައީސް ޔާމީންގެ ވެރިކަމުގައި މާލޭގައި ދިރިއުޅޭ އަދި މާލެ ޒިޔާރަތްކުރާ ކުދި ބޮޑު ލޮލުގައި އެންމެ ފަސޭހައިން އަޅާގަންނާނޭ އެއްތަނެވެ. ޖައްގައްޔެއްހެން އޮތް ރަސްރަނި ބަގީޗާ މިސަރުކާރުގައި ޒަމާނީ ފެންވަރަށް ތަރަށްޤީ ކޮއްދެއްވާފައި ވަނީ ކުޅިވަރާ މަޖަލުގެ ތެރެއިން އުގެނުމުގެ ފުރުސަތު ލިބޭނެހެނެވެ. ދިވެހިންނަށް އައު އެތަށް ކަމަކާއި އެކުއެވެ. ދިވެހިން އާސޯހުކޮއްލާފަދަ ރީތި ތަނެއްގެ ގޮތުގައެވެ.

ފިޔަވަހިތަކަކަށް ބަހާލާގެން ކުރިޔަށް ގެންދާ މި ޕްރޮޖެކްޓްގެ މަސައްކަތް އަދި އެއްކޮން ނިމުނީކީ ނޫނެވެ. ފުރަތަމަ ފިޔަވަހީގައި ނިންމާ ރައްޔިތުންނަށް ހުޅުވާލީ ބަގީޗާ އައީ ކުޅިވަރާ އުނގެނުމަށް ހާއްސަ ކުރެވިފައިވާ ތަންތަނެވެ. ފެން އަރުވާ ވަޑާމާ، މަސް ފެންގަޑުގެ އިތުރުން ހަނދުފަޅި އުދޯލިތަކަކީ މިހާރުގެ ޒުވާނުންގެ "ސެލްފީ"ތަކުގެ ބެކްރައުންޑަށް މިވަނީ ވެފައެވެ. ބަލާލަން ހިތް ގައިމެވެ. ސަޅިއެވެ.

ރަސްރަނި ބަގީޗާ ހުޅުވިގެން ދިއުމާއިއެކު އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެގެން ދިޔައީ ވިންޓަރ ޕާކު ނުހުޅުވުމުންއެވެ. އެފަދަ ފަތާރްތަކުންދިޔައީ ދިވެހިންގެ ހިތްތަށް މަރާލައި ސަރުކާރުން ރައްޔިތުންނަށް ދައްކަނީ ދަޅަކަމުގައި ބުނަމުނެވެ. ރަނގަޅު ވާހަކައެކެވެ. ފުރަތަމަ ހުޅުވަން ކަނޑައެޅި ތާރީހަށް ވިންޓަރ ޕާކް ހުޅުވޭގޮތެއް ނުވިއެވެ. ސަބަބު ތަކެއްވެސް ހުރުމާއިއެކުގައެވެ. ސަކް ސަމިޓަށް 3 ދުވަހުން ކޮންވެންޝަން ސެންޓަރާ ފުވައްމުލަކު އެއާރ ޕޯޓުހެން އެއްޗަކަށް އެއްޗެއް ހަދާލައި ހުޅުވާލަން މިސަރުކާރުން ބޭނުން ނުވާތީއެވެ.

ދިވެހިނަކީ އަބަދުވެސް ފިނި ތަންތަނަށް ދަތުރުކުރާހިތްވާ ބައެކެވެ. ސްނޯމަތީ މަޖާކޮއްލާ އައިސް ސްކޭޓް ކޮއްލާހިތްވާ ބައެކެވެ. ނަމަވެސް ގުދުރަތީގޮތުން ރާއްޖެ އޮންނަ ސަރަހައްދަކީ ފިނި މޫސޫން އަންނަ ސަރަހައްދެއް ނޫނެވެ. އެންމެ ކައިރިންވެސް މިފަދަ ތާކަށް ދާންބޭނުންވެއްޖެނަމަ ދާންޖެހެނީ އަވައްޓެރި އިންޑިއާގެ ޝިމްލާ އަށެވެ. އެފަދަ ތަނަކަށްގޮސް ސްކޭޓް ކޮއްލަން ބޭނުން ކަމުގައި ވަނީނަމަ ނިސްބަތުން ކުރަން ޖެހެނީ ބޮޑު ހަރަދެކެވެ.

"އަޅުގަނޑަކީ ހުވަފެން ދެކޭހިތްވާ މީހެއް، އަދި އެހުވަފެންތަކުގައި ކުލަޖެއްސޭތޯ މަސައްކަތް ކުރާމީހެއް" މިއީ ރައީސް ޔާމީންގެ "ސަޅި" ތަންކޮޅެވެ. ދިވެހިން އުންމީދުތަކެށް ކޮއްފިނަމަ ރައީސް ޔާމީން ހުވަފެންތަކެއް ދެކެއެވެ. އަދި އެ ހުވަފެންތަކުގައި ކުލަޖެއްސޭތޯ މަސައްކަތް ކޮއްދެއްވައެވެ. ވިންޓަރ ޕާކާއިއެކު ދިވެހިން ދެކެމުންއައި ހުވަފެނަކަށް ރައީސް ޔާމީން އަނެއްކާވެސް މިވަނީ ނިމުމެއް ގެނެސް ދެއްވާފައެވެ.

ވިންޓާ ޕާކް ފިތްރު އީދު ދުވަހު ހުޅުވުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތަށް މިހާރު ކުރިއަށް ދާއިރު ދިވެހިންނަށް ރާއްޖޭގައި ތިބެގެން ފިނި މޫސުން އިހްސާސްކޮއްލާ އެ މޫސުމުގެ ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ފަހިވެގެން ދިޔައީއެވެ. އެހެންކަމުން ދެން މިއޮތީ އަހަރުމެންނާއި ޖެހިފައެވެ. މިފަހަރު ތިންއީދު ދިވެހިންނާއި އެއްފަހަރު މިއޮތީ ލައިގެންފައެވެ. މިއަހަރުގެ ފިތުރު އީދާއި ހުކުރު ދުވަހުގެ އިތުރުން ފިނިމޫސުން ލައިމިގަތީ އެއްދުވަހަކަށްތާއެވެ. އީދުގޮން ސަރުކާރުން މިފަހަރު ޖެހީ ދިވެހިންގެ ބޮލުގައެވެ. އެހެންކަމުން އީދު ދުވަހު މާލެއަށް ސްނޯ ފައިބަން ފަށާއިރު އީދުހެދުމަށް ގަންނަން ރަނގަޅީ ފިނި ހެދުމެކެވެ.

 

COMMENTS: 1
  1. June 12, 2018 by ޢައިންތު Reply

    ސަޅި އިނގޭ

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.