MENU

"ސޭޓު" ހިތްހަމަ ޖައްސާލަދީފި

ހިނގަމުން މިދަނީ ބަރަކާތްތެރި ރަމަޞޯން މަހެވެ. މަސްތަކުގެ ތެރެއިން އެންމެ މަތިވެރި މާތް މައްސަރެވެ. އެއްބަޔަކު އަޅުކަމައިގެން އުޅެނީ އަވަދިނެތިއެވެ. ޒައްރެއްގެ މިންވަރުވެސް ހެޔޮކަމެއް ކޮއްލުމަށް ތިބީ ފެންބޮވައިގަނެފައެވެ. ކެރި ކުޅަދާނަ ކަން ލިބިގެންވާ މީސްތަކުން މިދުނިޔެ މަތީގައި އެންމެ މާތްކުރެވިފައިވާ ކައުބަތުލްﷲ ގެފުޅުގެ ކައިރީގައި ސަޖިދައެއް ޖަހާލުމަށް ވަނީ ކެތްމަދުވެފައެވެ. ނަމަވެސް ހިތާމައަކީ މުއްސަނދިންގެ ފައިސާގައި "ބުދު ކޮއްކޮ" ހެދިގެން އުޅޭ މީހުންނަށް ޖަޒުބާތުގައި ޖެހި ކުރެވޭ ނުކުރެވޭއެއް މި ބަރަކާތްތެރި މައްސަރުގައިވެސް ނޭނގޭ ކަމެވެ. މައްކާގެ ހުރުމަތްތެރި ވެގެންވާ ބިމާއި ކައުބަތުލްﷲ ގެފުޅުގެ މާތްކަން ދެނެ ނުގަނެވޭތީއެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ.
"ހަމަކަށަވަރުން، މީސްތަކުންނަށްޓަކައި ފުރަތަމަ ލެއްވި ގެޔަކީ، މައްކާގައިވާ ގެފުޅުކަން ކަށަވަރެވެ. ބަރަކާތް ލައްވާފައިވާ ތަނެއްގެ ގޮތުގަ އެވެ. އަދި، ޢާލަމްތަކަށް ތެދުމަގެއް ކަމުގަ އެވެ."

ޒަމާނުންސުރެ މި ދިވެހިރާއްޖޭގެ ވެރިކަމަށް ފެންބޮވައިގެންފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރަކީ ދެއްކުންތެރި ބޭފުޅެކެވެ. "ދީލަތިކަމުގެ" ފަރުދާގައި ދިވެހިންގެ ހިތްތަށް އަތުލަމުން އަންނަ ބޭފުޅެކެވެ. ކޮންމެ އަހަރަކުވެސް އެބޭފުޅާގެ ހަރަދުގައި ކެރިފޯރުންތެރިކަން ނެތް ފަރާތްތަކުން ހައްޖާއި އުމްރާއަށް ފޮނުވައެވެ. އެގޮތުން މިއަހަރުވެސް ވީޓީވީގެ މުވައްޒަފުންތަކެއް މިވަނީ އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ފޮނުވާފައެވެ. ނަމަވެސް ހިތާމައަކީ މި ޖުމްހޫރޫ ޕާޓީގެ "ބުދު ކޮއްކޮ"މެނަށް މި ތިބެވުނީ ކޮންފަދަ މާތް ބިމެއްގައި ކޮންފަދަ މާތް ތަނެއްގައިކަންވެސް ދެނެގައްނަން ނޭގުމެވެ.

މަތީގައިވާ ދެ ތަސްވީރަށް ވިސްނާލަ ބައްލަވާށެވެ. ކާޑު ބޯޑުގައި މާކަރަކުން " ޔާ ﷲ ! ޔާމީން ފިރުއައުނުގެ ވެރިކަން ހަލާކުކޮއްދެއްވާންދޭވެ " ލިޔެ ކައުބަތުއްﷲ ގެފުޅަށް ފުރަގަސްދީގެން ޖުމްހޫރީ ޕާޓީގެ " އެކްޓިވިސްޓުން ނަގާފައިވާ ތަސްވީރެކެވެ. އެންމެ މާތް ބިމުގައި އަމިއްލަ އަނބިދަރިންނާ މައިންބަފައިންނަށް ހެޔޮ ދުއާކޮއް ފާފަ ފުއްސެވުމަށް އެދި ދެންނެވުމުގެ ބަދަލުގައި ކުރަން އެނގުނީ ބަދުދުއާ ހެއްޔެވެ؟ މުސްކުޅިވެ ގައިބާރުދެރަވެ "އަދުތޯ މާދަންތޯ" ވި ދުވަހު އުމްރާއެއްގެ މަތިވެރި އަލުކަމަށް ދެވުމުން ފާފަފުއްސަވާ ދަރިންނަށް ހެޔޮދުއާއެއް ކޮއްލުމުގެ ބަދަލުގައި ކުރަން އެނގުނީ ބަދުއާހެއްޔެވެ؟

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

”އަދި ޘަވާބުލިބުމުގެ ތަނެއްކަމުގައްޔާއި، އަމާންކަން ލިބިގެންވާ ތަނެއްކަމުގައި މީސްތަކުންނަށްޓަކައި ތިމަންރަސްކަލާނގެ ކަޢުބަތުﷲ ގެފުޅުލެއްވިހިނދު ހަނދުމަކުރާށެވެ.”

މިފަދަ މާތް ބިމެއްގައި ކުރަން މިއީ ހިތާމަ ހުރި ކަންކަމެވެ. ކޮންމެ ބަޔަކު ކުރިނަމަވެސް މިއީ " ސަޅި " ކަމެއް ނޫނެވެ. މިކަމުގެ ސަބަބުން ޔާމީން އަށް ކުރާނޭ ގެއްލުމެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރައީސް ޔާމީން ކުރަނީ ތިޔަބުނާ "އަނިޔާ ވެރިކަމެއް" ނަމަ މި ވެރިކަން  ނިމިދިޔަތާ ކިތަންމެ ދުވަހެކެވެ. އެހެންކަމުން މިއީ މިފަދަ މާތް ބިމެއްގައި ކޮންމެ ޕާޓީއެއް ކޮންމެ މީހަކު ކުރި ނަމަވެސް ވަރަށް "ކަޑަ" ކަމެކެވެ. ދެއްކުންތެރިކަމުގެ އަމަލެކެވެ. އުމްރާއަށް ފޮނުވި "ސޭޓު" ހިތްހަމަ ޖައްސާލަން ކުރި ކަމެކެވެ.

 

 

 

 

 

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.