MENU

ކެރަފާ އާއިލާ ދިވެހިން ލަދުގަންނަވާލައިފި

މިއީވެސް ދިވެހި މަތިފުށަކުން އައިސްތިބި ދިވެހިންތަކެކެވެ. ބަލާލަން ހަމަ "ދިވެހިން" ފަދަ ބަޔެކެވެ. ދިވެހި ލޭހިނގާ ގަރުދިޔައާއި ބަތް ކައިގެން އުޅުނު ދިވެހިން ތަކެކެވެ. ނަމަވެސް ތަފާތަކީ އެއީ ކެރަފާ އާއިލާއަށް ވީތީއެވެ. ދިވެހި ފަސްގަނޑުގައި ބޮޑުވި ދިވެހިންތަކެއް ނަމަވެސް ޒަމާނުންސުރެ ކެރަފާ އާއިލާ އަކީ ޣައްދާރުން އުފަންވަމުން އައި އާއިލާޔަކަށް ވާތީއެވެ. ހިތުގައި ހުއްބުލް ވަތަނުގެ ލޯބި ނެތް ބަޔަކަށް ވީތީއެވެ. ޒަމާނުންސުރެ ކެރަފާ އާއިލާއަކީ ވެރިކަމަށް ފެންބޮވައިގެންފައި ތިބި ބައެކެވެ. ގައުމާ، ދީނިއްޔަތާއި މިނިވަންކަމާ ޖަހައިގެން ވެރިކަން ކާން ބޭނުންވާ ބައެކެވެ.

ކެރަފާ ދޮންމަނިކާއި ހިސާބުން ފަށަމާއި އަންނާށެވެ. ޑިމޮކުރަސީގެ ބަފައޭ ތިޔަ ވިދާޅުވާ އަންނިގެ ކާފައެވެ. 1952 އަހަރު ވެރިކަމުގައި ހުންނެވި މުހައްމަދު އަމީން އަށް ވަޅިން ހަމަލާދީ ގަތުލިކޮއްލަން މަސައްކަތް ކުރިއެވެ. ކޮން މަޤުސަދެއްގައި ތޯއެވެ؟ އެއަށްފަހު 1976 ވަނަ އަހަރު އިބްރާހިމް ނާސިރުގެ ވެރިކަމުގައި އަންނިގެ ބައްޕަ ކެރަފާ އަބްދުއްސައްތާރު ފިސްތޯލައެއް ބޭނުންކޮއްގެން އިބްރާހިމް ނާސިރު އަވަހާރަ ކޮއްލަން މަސައްކަތް ވަނީ ކޮއްފައެވެ. ކޮން މަޤުސަދެއްގައި ތޯއެވެ؟ އޭގެފަހުން އަންނިގެ ބޮޑުބޭބެ ކެރަފާ ނަސީމް 1980 ވަނައަހަރު އަދި 1988 ވަނަ އަހަރު އަންނިގެ ތުއްތު ދޮންބެ ބޮޑު ސިއްކަ ވަނީ އޭރުގެ ރައީސް މިހާރުގެ އަންނިގެ އެކުވެރިޔާ މައުމޫނު މަރާލަން މަސައްކަތްކޮއް ބޭރުގެ ބަޔަކާއިގުޅިގެން ކުށެއްނެތް އެތަކެއް ދިވެހިންނެއް ޝަހީދުކޮއްލާފައެވެ. ކޮން މަޤުސަދެއް ހާސިލް ކުރުމަށްތޯއެވެ؟ ވެރިކަމުގެ ދަހިވެތިކަމުގައިކަން މިއީ ދިވެހިން ޝައްކުކުރާ ކަމެއް ނޫނެވެ.

އޭގެ ފަހުން 2008 ވަނަ އަހަރު ކެނެރީގޭ ނަޝީދެވެ. މިފަހުން ދިވެހި ގައުމަށް ފާވި " ބޮޑު ބާޣީ" އެވެ. މިއީ ޓެކްނޮލަޖީގެ ޒަމާންކަމުން ބާޣީ ނަޝީދު ގަސްތުކުރީ ކަނޑި ބަޑިން ހަނގުރާމަ ކުރާކުރުމުގެ ބަދަލުގައި ޒަމާނުގެ ޓެކްނޮލަޖީގެ އެއީގައި ދިވެހި ގައުމަށް ގެއްލުންދީ އިހާނެތިކުރުމަށެވެ. ދިވެހިންގެ ސިކުނޑިތަކަށް ވިހަލާ މަރާލުމަށެވެ.

ރާއްޖެއަކީ މީސްކޮޅު މަދު ކުޑަ ގައުމަކަށް ވުމުން އިރު ހުޅަގު އުތުރު ދެކުނުން ދުނިޔޭގެ ބޮޑެތި ބާރުތަކުން ދިވެހި ރާއްޖެ އިސްތިއުމާރުރުމަށް ނަޝީދުގެ އެހީއާއިއެކު ކެރަފާ އާއިލާއިން ހާއްސަކޮން ކެނެރީގޭ ނަޝީދު ގެންދަވަނީ ދިވެހިންގެ މައިނާރު ކަނޑާލުމުގެ މަސައްކަތް ކުރަމުނެވެ. އެގޮތުން ދިވެހިރާއްޖެ އަކީ ބިރުވެރި ތަނެއްގެ ގޮތުގައި ބޭރުދުނިޔޭގައި ދަނީ ސިފަކޮއްދެމުން ނެވެ. ރާއްޖޭގެ ފަތުރުވެރިކަން " ފުނޑާލާ" ރާއްޖެ އިނދަ ޖައްސާލުމަށް ދަނީ ބޮޑެތި މަސައްކަތް ތަކެއްކުރަމުނެވެ.

އެގޮތުން މިއަދަކީ ކެރަފާ އާއިލާއިން އަނެއްކާވެސް ދިވެހިން ލަދުގަންނަވާލި ދުވަހެކެވެ. އދ. ގެ މެމްބަރަކަށް ރާއްޖެ ވިތާ 50 އަހަރުގެ ތެރޭގައި، ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލި ފުރަތަމަ ފަހަރު ދިވެހި ގައުމާއި ދިވެހިނާއި ދެކޮޅަށް ބޮނޑިބަތް ޖަމީލާއި ކެރަފާ އާއިލާއިން މިވަނީ ކެމްޕެއިން ކޮއްފައެވެ. މި ވޯޓުގައި ބައިވެރިވެރިވި 190 ޤައުމުގެ ތެރެއިން މި އިންތިޚާބުގައި މިރޭ ނެގި ވޯޓުން ރާއްޖެއަށް ލިބުނީ 46 ޤައުމެއްގެ ތާޢީދެވެ. ގޮނޑި ކާމިޔާބުކުރަން ހޯދަން ޖެހެނީ 127 ޤައުމެއްގެ ވޯޓެވެ. މިއީ ކެރަފާ އާއިލާއަށް ލިބުނު ނަސްރެއް ކަމަށް ދެކުނު ނަމަވެސް ކުޑަކުޑަ މި ދިވެހިރާއްޖެ ދެކެމުން އައި ހުވަފެން މިވަނީ ވިއްސި ވިހާލިވެފައެވެ.

އިދިކޮޅު ފަރާތްތަކުން ލިބުނު ނަސްރެއްގެ ގޮތުގައި މީސްމީޑިއާގައި މިކަން ފާހަގަކުރަމުން އަންނަ އިރު ހަޤީގަތުގައި މިއީ ހަމަ ކަލޭވެސް މަވެސް ލަދުގަންނަންޖެހޭނެ ކަމެކެވެ. އެކަމަކާ ހިތާމަކުރަން ޖެހޭނެ ކަމެކެވެ. ހުއްބުލް ވަތަނުގެ ލޯބިނެތް ތިޔަފަދަ ޣައްދާރުން އަދި މޭފުއްޕާލާފައި ނުކުތެއް ކަމަކު ލަދުގަންނަން ޖެހެއެވެ.

އޭ މިތިބަ ބީތާއިނެވެ. މިއީ ފިކުރީ ކަމެއް ނޫނެވެ. މިއީ ގައުމީ ކަމެކެވެ. އދ.ގެ ސަލާމަތީ ކައުންސިލްގެ ގޮނޑިއަށް ރާއްޖެ ނުހޮވުނެއް ކަމަކު ބަލަ ޔާމީނަށް ކެހެރުވަކެކޭވެސް ހީނުވާނެއެވެ. ޔާމިނު މޮޅު ހޯއްދަވާއިދެއްވަން އުޅުނީ ކަލޭމެނަށެވެ. ޔާމިން އަމިއްލަ ނަފްސަކަށް ނޫނެވެ. މި ގޮނޑި ކާމިޔާބުވި ނަމަވެސް ޔާމީން އަށް ވާން އޮތީ ކޮން މޮޅެއް ތޯއެވެ؟ ނަމަވެސް އަމިއްލަ ނަފްސާއި ސުވާލު ކޮއްލަބަލާށެވެ. މިކަމުން ގެއްލުން ލިބޭނީ ހަމަ ކަލެޔަށް ނޫން ހެއްޔެވެ؟ ކެރަފާ އާއިލާއިން ދިވެހިން މިއަދު ލަދުގައްނަވާލުމުން ނިކަން ފެވިފައި ތިޔަ ތިއްބެއް ކަމަކު މާދަމާ ހޭރެންވެސް ޖެހިދާނެކަން ދަންނާށެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.