MENU

ރީނދޫ ފިކުރު ފޮހެވިއްޖެ

މިއީ އުފާވެރި ހަބަރެކެވެ. އިސްލާމްދީނަށް ލިބިގެންދިޔަ ވަރުގަދަ ނަސްރެކެވެ. އެތަކެއް ބައެއްގެ ދުވަސްވީ ޖިހާދެކެވެ. އެ ވަބާއަކުން ދިވެހިން މިންޖު ނުވެވިގެން އުޅުނު ރީނދޫ ފިކުރުން މިގައުމު އަދު ސަލާމަތްވެއްޖެއެވެ. ރާއްޖޭގައި އަސުރުމަލުގެ ރީތި ފިޔާތޮށިކުލައިގެ ސާލެއް ފަތުރާލާފިއެވެ. ތަރައްޤީގެ އައު ބާބެއް ދިވެހިން ލިޔަންފަށައިފިއެވެ.

އެމްޑީޕީއާއި ދިވެހިން ދެކޮޅުވީ ކީއްވެ ؟

ރީނދޫ ފިކުރަކީ ލާދީނީ ފިކުރެއް ކަމަށް ދިވެހިން މިއަދު ކަނޑައަޅާފިއެވެ. ރަނގަޅެވެ. ދިވެހި ބަހުގައި "ލާދީނީ" މިއީ އޮތް ބަހެއް ނޫން ނަމަވެސް "ލާދީނީ" އޭ ބުނުމުން ކޯންޗެއްކަން ދިވެހިންނަކަށް އޮޅުވައެއް ނުލެވޭނެއެވެ. އެއީ "އެމް ޑީ ޕީ" އެވެ. އެމްޑީޕީ އަކީ މާތްވެގެންވާ އިސްލާމްދީނާއި ފާޅުގައި ގޮންޖަހާ އެތަކެއް ވާހަކަތަކެއް ދެއްކި ރީނދޫ ފިކުރެވެ. އެއީ ބަނގުރަލާ މަސްތުވާ ތަކެތީގެ ވަބައިގައި ދިވެހިން ޖެއްސުމަށް މަސައްކަތް ކުރި ލާދީނީ އެމްޑީޕީއެވެ. އެއްޖިންސުން ގުޅުން ހިންގުމަށް ހިއްވަރުދިން އެމްޑީޕީއެވެ. އަރަބި އިސްލާމީ ތައުލީމު މި ފަސްގަނޑުން ފޮހެލަން މަސައްކަތް ކުރި އެމްޑީޕީ އެވެ. މިސްކިތްތަކާއި އިމާމުންގެ ބޭނުން ކަނޑުވާލައި ރާއްޖޭގައި ފައްޅި އެޅުމަށް ފޫގަޅާލި އެމްޑީޕީ އެވެ. ދީނީ މިނިވަންކަމަށް ގޮވާ ރާއްޖޭގައި ބުދު ބަހައްޓާ ރަސޫލާއަށް ފުރައްސާރަކުރި އެމްޑީޕީއެވެ. މި ކަންކަމާއި ހުރެ ދިވެހިންގެ ހިތްތަކުން ރީނދޫ ފިކުރު ފޮހެވިއްޖެއެވެ.

ދިވެހިން ބަނޑަށް ޖައްސާލުން

ދިވެހިންނަކީ ޒަމާނުންސުރެ ސާދާ ދިރިއުޅުމެއް އުޅެމުން އަންނަ ބައެކެވެ. ދިވެހިންގެ ސާދާ ދިރިއުޅުން އެފުއް މިފުށައް ޖަހައިލީ ރީނދޫ ފިކުރެވެ. ވެރިކަމަށް ފާވުމަށްފަހު ފުރަތަމަވެސް ޑޮލަރުގެ އަގު ކޮއްލީ ބޮޑެވެ. އެއާއިއެކު ރާއްޖޭގެ އިންފްލޭޝަން އަރައިގެން ދިޔައީ ފަތު އަޑު ކިޔާފައެވެ. ދިވެހިން އުޅެން ޖެހުނީ އަނގަޔާއި އަތާ ދިމާ ނުވެގެނެވެ. ދެން ފެނިގެން ދިޔައީ ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރަ ކުޑަކޮއްލިތަނެވެ. ރީތިކޮން ބުނާނަމަ ދިވެހިން ބަނޑަށް ޖައްސާލިތަނެވެ. އެވަރުން ފުއްދާލީ އެއް ނޫނެވެ. ގައުމު ދަރުވާލާ ދިވެހިންގެ ލޭ " ޓެކްސް " ގެ ނަމުގައި ބޯންފެށީއެވެ. މިއާއިއެކު ދިވެހިންގެ ހިތްތަކުން ރީނދޫ ފިކުރު ފޮހެވެން ފެށިއެވެ.

ގައުމު ވިއްކާލުން

ރީނދޫ ފިކުރާއިމެދު ދެވަނަ ފަހަރަށް ވިސްނާލަން މަޖުބޫރުކުރުވީ މި ސަބަބާއި ހުރެއެވެ. ކާބަފައިންގެ ހިތްވަރާ މިންނަތުން ދިންހާ އަތްވެއްގައި ވެހުނުހާ ވާރެއެއްގައި އެޅި ދިވެހިންގެ ފަހުރުކަމުގައިވީ ދިވެހިންގެ އެއާރ ޕޯޓް އަމިއްލަ މަންފާއަށް ބޭރުގެ ބަޔަކަށް ވިއްކާލީ ރީނދޫ ފިކުރުންނެވެ. އެވަރުން ނުފުދި ދިރާގާއި ފެން ކުންފުނި ވެސް ވިއްކާލީއެވެ. އަމިއްލަ ޖީބަށް ވައްނަ މަދު ލާރިކޮޅެއްގެ ދަހިވެތިކަމުގައި ދިވެހިންގެ ހަރު މުދާކޮޅު ބޭރުގެ ބަޔަކަށް ވިއްކާލީ ހަމަ ރީދޫ ފިކުރުގެ ބައިގަނޑެވެ.

ރައީސް ޔާމީންގެ ތަރައްޤީ

މިއީ ދިވެހިން ރީނދޫ ފިކުރާއިމެދު ނޫނެކޭ ބުނި މައިގަނޑު ސަބަބެވެ. ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގެ އުތުރުން ދެކުނަށް އަލިފުން ޔާއަށް ގެނެސްދެއްވި ތަރައްޤީ ފެނި ރީނދޫ ފިކުރުން ދެއްކީ ދަޅަކަން ދިވެހިން ގަބޫލު ކޮއްފިއެވެ. އެމްޑީޕީ އިން ކެއްކި އެއްވެސް ފޮލާއެއްގައި ފޮނިރަހަ އެއް ނުލިއެވެ. ނަމަވެސް ހަޤީގަތް ގަބޫލުކުރަން މަޖުބޫރުކުރުވީ ރައީސް ޔާމީން ގެންނެވި ތަރައްޤީގެ ފިނިރަހަ އަރުގައި ލާން ފެށުމުންނެވެ. އެއާއިއެކު ދިވެހިންގެ ހިތްތަކުން ރީނދޫ ފިކުރު ފޮހެވިގެން ދިޔައީއެވެ.

 

 

 

 

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.